މި މަހުގެ ހަވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބަސް ދުއްވަން އިން މީހާ ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފިއެވެ.

އޭނާ ދޫކޮށްލާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކަމަށް މައުލޫމާތު ލިބެއެވެ.

އެ ހާދިސާ ހިނގި ގޮތައް ބަލާއިރު ކަމާބެހޭ އޮފިޝަލުން ވިދާޅުވެފައިވަނީ ބަސް ކޮންޓްރޯލް ނުގެން ގޮސް ޔޫކްރޭން ފަތުރުވެރިއާގެ ގައިމަށްޗަށް އެރީ ބަސް ދުއްވަން އިންޑްރައިވަރަށް ނިދުމުން ކަމަށެވެ.

މި އެކްސިޑެންޓްގައި މަރުވި 31 އަހަރުގެ އަންހެން މީހާ ގެ ހަށިގަނޑު މިހާރުވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފައެވެ.

ބަސް ދުއްވަން އިން ޑްރައިވަރަކީ ލައިސެންސް އޮތް މީހެކެވެ. އޭނާ އަކީ އެމްޕީއެލްގައި މަސައްކަތްކުރާތާ ދެ އަހަރުވެފައިވާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕާޓޭ ގެ ޑެޑީ

    ކަންވެ ނިމުންއިރު އެމްޕީއެލްގައި މަސައްކަތްކުރާތާ ދެ އަހަރުވެފައިވާ މީހެއް ކަމަށްމިވީ