ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާ އަމިއްލަ ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާއި ގުޅިގެން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް އާއި ހަވާލާދީ، ކުޅިވަރުގެ ޚަބަރުތައް ގެނެސްދޭ "މައިސްޕޯޓްސް" ނޫހުގައި ބުނެފައި ވަނީ، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން އެފްއޭއެމަށް ފޮނުވި ޗެކެއް އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި، އެކަން ހައްލު ކުރުމަށް އުނދަގޫތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

މި ފައިސާއަކީ ޔޫތު މިނިސްޓްރީން އެފްއޭއެމަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދޫކޮށްފައިވާ ފައިސާ ކަމަށްވާއިރު، ފައިސާ ޖަމާކޮށްފައި ވަނީ ރަޝީދު ނަމަކަށް ކިޔާ މީހެއްގެ އެކައުންޓަށް ކަމަށް މައިސްޕޯޓްސް ނޫހުގައި ބުނެފައި ވެއެވެ.

އެފްއޭއެމްގެ ފައިސާ، އަމިއްލަ ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައެއް ފެންމަތިވެފައި މިވަނީ، އެ އެސޯސިއޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ މިދިޔަ މަހުގެ މުސާރަ އާއި ރޯދަ އިނާޔަތް ނުދީ ލަސްވި މައްސަލައެއް ވެސް ހޫނުވެފައި ވަނިކޮށެވެ.

މީގެ އިތުރުން އެމްއޭއެމް އާއި ޔޫތު މިނިސްޓްރީގެ ގުޅުންވެސް މިފަހުން ވަނީ ގޯސްވެފައެވެ. އެގޮތުން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވަނީ އެ އެސޯސިއޭޝަންގެ މެނޭޖްމަންޓަށް ފާޑުވިދާޅުވެ މެނޭޖްމަންޓު ބަދަލު ކުރުމަށް މަސައްކަތް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޗާލު

    ދައުލަތުގެ ފައިސާ ވަގަށް ނަގަން ސަޅިގޮތެއް. އަދިވެސް ވަގަށް ގޮވަނީ ޔާމީނަށް. ވަގުންނަށް ތިޖޫރީއާހަމައަށް ނުދެވިގެން ވަގަށްގޮވީ. އަތުޖެހުނީމަ އެނގިއްޖެނުން އަދި މިއުޅެނީ ވެރިކަމަށް 100 ދުވަސް ނުވެގެން. ވަގުންވާނީ ހަމަ ވަގުންނަށް. ކިތައްމެވަރަކަށް ސާފުކޮށްފަ ނެރުނަސް ހަމަވަގަކަށްވާނީ

    44
    6
  2. ކޮރަލް

    އެފް އޭ އެމް ޗެކެއް އަމިއްލަ އެކައުންޓް އަށް ޖަމާވާނަމަ ބޭންކް ގެ މައްސަލައެއްވެސް އުޅޭހެން ހީވެއެވެ. ޗެކް ޖަމާވާނީ ނަން އޮންނަ އެކައުންޓް އަށެވެ. ތަހުގީގު ކުރަން ވީއެވެ.

    13
    1
  3. ދަރި

    އަޑަށްބާރުލާފައި ވައްކަންކުރާކަމަށްގޮވާ އެކަންހުއްޓުވުމަށް ގޮވިބޭފުޅުން ކަމާޙަވާލްވެލެއްވިފަހުން
    މިހާރުހުރިހާކަމެއްވެސް ފެންނަނީ ގޯހުންގޯހަށްދާމަންޒަރު މިއީ ގުދޯގުދޯގޮވުންކަހަލަކަމެއް ތިހެން
    ނުހައްދަވާ ބޭނުންފުޅުވީމަގާމްތޯ ނޫނީ ކަންކަން ރަގަޅުކުރަންތޯ ނަމަވެސް އަމިއްލަހާލަށްނުވިސްނާ
    ބައެއްބޭފުޅުންގެ އަބުރަށްއެރުމަކީ ވަރަށް ދެރަކަމެއް

    9
    1
  4. ތިމަންނަ

    " މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން އެފްއޭއެމަށް ފޮނުވި ޗެކެއް އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި، އެކަން ހައްލު ކުރުމަށް އުނދަގޫތަކާއި ކުރިމަތިވެފައިވާ ކަމަށެވެ." އެހެންވެދާނެ ، ސަބަބަކީ މައިސޯބް އެނބުރޭގޮތަށް ކުދިސޯބު އެނބުރޭނީ ...

    5
    1
  5. ސަރީ

    އެވާނީ ޑޮލަރު މާރުކުރަން ފޮނުވި ރުފިޔާކަމަށް!

    3
    1