މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.

އިންތިގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 21 ވަނަ ދުވަހާއި ހަމައަށެވެ.

އިންތިގެ ޕާސްޕޯޓު ހިފެހެއްޓީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއްވެ އުޅުމުގެ ގާނޫނު ސަސްޕެންޑުކޮށްފައި ވަނިކޮށް މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ހުރިހާ ރަށްތަކުން މަގުތަކަށް މީހުން ނިކުތުމަށާއި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރުމަށް ހިތްވަރުދީ ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅިގެންނެވެ.

ޕާސްޕޯޓު ހިފެހެއްޓުމަށް އިންތިއާއި ދެކޮޅަށް ފުލުހުން ހުށަހަޅާފައިވަނީ އިންޓެލިޖެންސް ރިޕޯޓަކާއި ތަހުގީގަަށް ލިބިފައިވާ ވީޑިއޯ ފުޓޭޖެކެވެ.

އިދިކޮޅު ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހު ބޭއްވި މުޒާހަރާއަށް ދިއުމަށް ހިތްވަރުދިން ކަމަށް ބުނެ މީގެކުރިން އިންތި ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ވެސް ނަގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަޙްމަދް

    الحمدالله އުފާވެރި ޙަބަރެއް.

  2. ކޮބާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ދެން ގޮސް ތިބެ ބަލަ އާރޓިފިޝަލް ބީޗް ސްޓޭޖްގެ ސިޑި މަތީގައި އިށީނދެގެން. ހުންނާނެ މިހާރު ރަނގަޅަށް އަލާފިލާފައި ދޯ.

  3. ޕޭބެކް

    މިހާރު ތަމެންނަށް އިނގެން ވާނެއޭ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރެއް ޖުޑިޝަރީ ތެރޭން ކޫ އެއް ގެނެސް ގެން ވައްޓާލަން އުޅުމުން އޭގެ އާރފްޓަރ މާރތް ޕްރޮސެސް ވަރަށް ރަނގަޅަށް. ތަމެން ދެން ޖެހޭނީ ހަމަ ތިޔާ ޒާތުގެ ކަންކަމާއި ކުރިމަތިލާން އެއަށް ކިޔަނީ ކްރޮސްކޮމްޕެންސޭޓް ކޮށް ދިނުން ދޯ. ތަމެން ޖެހޭނެ މަމެންގެ އިމޭޖް ތަމެން ޑިގްރޭޑް ކޮށް ފައިވާތީވެ އޭގެ ޕްރައިސް ޕޭބެކް ކުރަން. ނައު އިޓްސް ޕޭބެކް ޓައިިމް..

  4. ްްސަލީމް

    މީނަ ހައްޔަރުކުރަން މާބޮޑަށްވެސް ލަސްވެއްޖެ. ރޯނު އެދުރު މިއުޅެނީ އެމްޑީޕީގެ ދެން ނުފުނޑި އޮތް ތަންކޮޅުވެސް ފުނޑަން. އިބޫވެސް ޖަލަށް ފޮނުވާފައި މިކަލޭގެ އޮންނަނީ ފިލާ.

  5. ބާލިދީ

    މިހާރު ސަރުކާރުން ކުރާކަމަކީ ތިއެއްނު މީހުން ހައްޔަރުކުރުން ތިވެސްޚދުމަތެކޭ

  6. އަހްމަދް

    ވަރަށް ރަގަނޅު
    ތީ ކޮއްމެހެންވެސް ކުރަން ޖެހިފައި އޮަތްކަމެއް.

  7. ދަނުގުޑާ

    ޓެރަރިޒަމްގެ ދައުވާ ކުރި ބޭފުޅުންގެ އަޒުމެއް ނުގުޑާ، އަސާސެއް ނެތް ކަން ސާބިތުވާނެ ކަމަށް ތަމެން އެމްޑީޕީ އާއި ޖޭޕީ އާއި ޕްރޮޕެގެންޑާ ފެތުރި ނަމަވެސް މަމެން ނަށް އެކަން ގަބޫލުކުރަން ވަރަށް ދަތިއޭ. އަޒުމް އެއީ ކޯއްޗެއްތޭ އެއީ މާލޭގެ ހެންވޭރު ގެއަކަށް ކިޔާ ނަމެއް ދޯ އެއީ ގުޑާ އެއްޗެއް ނޫން ދޯ. އެހުންނަނީ ކޮންކްރީޓް އިން ހަދާފައޭ ނުގުޑާ ގޮތަށް އަނެއްކާ ތަމެން އެގެއަށް ގޮސް އެގޭގައި ބައްދައިގަނެގެން ތިބެނީ ތޭ އަޒުމް ނުގުޑާ އަޒުމް ނުގުޑާ އަޒުމް ނުގުޑާ އަޒުމް ނުގުޑާ އަޒުމް ނުގުޑާ ކިޔާލަ ކިޔާލާ. ހާއްހަހަހާހާހާހާ ހަހަހަހާާހާހާހާ ހޮހޮހޮހޮ..

  8. ނަޥީނު

    އެންމެންވެސް ކިޔާ އިންތި ސިހުރު ހަދައިގެން ހުންނާތީ ދުވަހަކުވެސް ހައްޔަރެއް ނުކުރާނެޔޭ،. ސިހުރު ބާތިލް ވާން އުޅެނީތާ؟