ދަތުރުކޮށްފައި ދަނިކޮށް ކަނޑުމައްޗަށް ހުއްޓި ހާލުގައި ޖެހުނު ދޯންޏަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ، ލ. އަތޮޅަށް ނިސްބަތްވާ އެ ދޯނި ހުއްޓުނީ ވ. ފެލިދޫ އާއި ހަ މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އެކަމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމަށް ދޯނިން އެދިފައި ވަނީ ރޭ 9:22 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ ހުއްޓުނު ދޯނީގެ ފަރާތުން ވ. ތިނަދޫއިން ހަމަޖެއްސި ޑީސެން ނަގައިގެން އެ ދޯންޏަށް ފޯރުކޮށްދީ އެ ދޯންޏަށް އަލުން ދަތުރުކުރެވޭނެ ގޮތް ހަދައިދީފައެވެ.

ރޭގެ ހަދިސާގައި ހާލުގައި ޖެހުނު ދޯނީގައި ތިބީ ކިތައް މީހުން ކަމެއް ނުވަތަ އެ ދޯންޏާއި ބެހޭ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ކަނޑުމަތިން ހާލުގައި ޖެހޭ ފަރާތްތަކަށް ކުރިންވެސް ފުލުހުން އެހީތެރިކަން ފޯރުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު