މާލެ ސަރަހައްދުގައި ފުލުހުން ކޮންމެ ދުވަހަކު ޓްރެފިކް އޮޕަރޭޝަންތައް ހިންގާ، ގަވައިދުން ވެހިކަލްތައް ޗެކް ކުރުން ކުރިއަށް ގެންދިޔަ ނަމަވެސް ޓްރެފިކް ޤަވައިދާއި ހިލާފުވާ މީހުންނާއި ހިނގާ އެކްސިޑެންޓްތައް މަދުނުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހަށް ޓްރެފިކް ޑިޕާޓްމެންޓުން މާލެ ސަރަހައްދުގައި ކުރި މަސައްކަތް އާއްމުކޮށް ފުލުހުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި ވެސް މާލޭގައި 54 އެކްސިޑެންޓް ހިނގިއެވެ. އެއެކްސިޑެންޓްތަކުގައި 20 މީހަކަށް އަނިޔާވިއެވެ. އެއީ ދުވާލަކަށް އެވްރެޖްކޮށް 7.7 އެކްސިޑެންޓެވެ.
TRAFFIC MANAGEMENT DEPARTMENT - Weekly Statistics (11th May to 17th May 2019).@TransportMV @MaleCitymv pic.twitter.com/Z6OEyFtpEx
— Maldives Police (@PoliceMv) May 19, 2019
އޭގެ ކުރީ ހަފްތާގައި 56 އެކްސިޑެންޓް ހިނގި އިރު 11 މީހަކަށް އެކްސިޑެންޓްތަކުގައި އަނިޔާވިއެވެ.
ފުލުހުން މިއަދު އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި ހަފްތާގައި 502 ވެހިކަލް ޗެކް ކުރިއެވެ. މިދިޔަ ހަފްތާގައި ވެސް އެންމެ ގިނަ މީހުންގެ ކިބައިން ފާހަގަ ކުރެވުނު ޤާނޫނާއި ހިލާފު އަމަލީ ލައިސަންސް ނެތި ވެހިކަލް ދުއްވުމެވެ. ލައިސަންސް ނެތި ވެހިކަލް ދުއްވުމުގެ 89 މައްސަލައެއް ފާހަގަ ކުރެވިފައި ވެއެވެ.
އޭގެ އިތުރުން ލައިސަންސް އަތުގައި ނެތި 47 މީހަކު ދުއްވާފައި ވާއިރު އިންޝްއަރެންސް ނެތި 18 ވެހިކަލް އަދި އަހަރީފީ ނުދައްކާ 25 ވެހިކަލް ވަނީ ހުއްޓުވާފައެވެ. ރޯޑްވާދިނަސް ނުދައްކާ 19 ވެހިކަލެއް ވެސް ހުއްޓުވާފައިވެއެވެ.
މިދިޔަ ހަފްތާގައި ވެސް އުމުރުން 18 އަހަރު ނުފުރޭ ކުދިން ވެހިކަލް ދުއްވުމުގެ ދެ މައްސަލަ ފާހަގަ ކުރެވިފައިވެއެވެ.
ޓްރެފިކް ނިޝާންތަކާއި ހިލާފުވި އަށް މައްސަލަ އަދި ޓްރެފިކް ލައިޓް ދިއްލިފައި ވަނިކޮށް ދުއްވުން ނުވަތަ ވަންވޭގައި އިދިކޮޅަށް ދުއްވުމުގެ 11 މައްސަލައެއް ފާހަގަ ކުރެވިފައިވެއެވެ.
ތަންފީޒު ނުކުރެވޭ ގަވާއިދު ހަދާ ތަނެއްގައި ، މިނޫން ގޮތެއް ނުވާނެ ….
ހެލްމެޓް އަލައެންނު؟ އޭރުން އެ ނިމުނީނު؟
ހެލްމެޓްގެ އިތުރުން އަތާ ފައިގަ ހުޅު ގާޑުވެސް އަލުވަންވީ
މިހާ ކަޑަ ޕޮލިހުން އުލޭ ތަނެއް ނޯންނާނެ
ހާދަ ފުލުހުންނެއް ވަޒީފާގައި އެބަ ތިއްބެވެ. ރައްޔިތުންގެ ނިސްބަތުން މިހާ ގިނަ ފުލުހުން ތިބި ގައުމެއް ދުނިޔެ އަކު ނޯންނާނެ. ފުލުހުން ހަމަ ގަމާރީ.
ބޭނުން އެއްޗެއްހަދާނޫ އެމީހުންތިބޭނޫ އަހިންނައް ވިކިދަރާފަ، އަނގަތެޅުއްވާ ތަޅަންހާވާނޫ.
ހެލްމެޓަކީ އެކްސިޑެންޓް މަދުކުރާ އެއްޗެއް ނޫން. ހެލްމެޓަކީ ބޮލަށް ލިބޭ އަނިޔާ ކުޑަ ކުރުމަށް ބޭނުން ކުރެވޭ އެއްޗެއް. މަޖުބޫރު ނުކުރިޔަސް އެޅުން ރަނގަޅު. ދިވެހިން އަމިއްލަ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރަނީވެސް މަޖުބޫރު ކުރުމުން.
ޢެކްސިޑެންޓްތައް މަދުނުކުރެވޭ ބުނާއިރު އެކްސިޑެންޓްތައް ގިނަވަނީ ސަރުކާރުން ނުވަތަ ފުލުހުން ކުރަންޖެހޭ ކަމެއް ނުކޮށްގެންތަ. ނޫނީ ޤާނޫނުތައް ނެތިގެންތަ. ދިވެހިން ހިސާބައްވުރެ ގޮތެއްފޮތެއް ނެތީމާ އެކްސިޑެނޓްތައް ގިނަވަނީ.
އެކްސީޑެންޓް މަދުކުރުމަށް މަސައްކަތް ކުރަނީ ކާކު ؟ ގަވާއިދުންތޯ ދުއްވަނީ ބަލަނީކާކު ؟ގަވާއިދަށް ދުއްވީމަ އެކްސީޑެނޓް ނުހިގާނެ. ޒިގްޒިގް އަށާ އަރިހުރަހަށާ ބާރު ސްޕީޑް ގަ ސައިކަލް ދުއްވުން ނުހުއްޓުވޭނަމަ އެކްސިޑެންޓް ހިގާނެ.