ސްރީލަންކާ އިން ހައްޔަރު ކޮށްފައިވާ އެމްޑީޕީގެ އިސް ދެ އެކްޓިވިސްޓުން ކަމަށްވާ ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކުގެ ޝަރީއަތް ފަށަން ތާވަލް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަަން މަނިކުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އަންނަ އަންގާރަ ދުވަހު އޮންނާނެއެވެ. އެމީހުންގެ ބަންދަށް އެންމެ ފަހުން އިތުރު ކުރި ތިން ދުވަހުގެ މުއްދަތު ވެސް އަންގާރަ ދުވަހު ހަމަވާނެއެވެ.
ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަަން މަނިކު ހައްޔަރުކުރީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި ފޮތެއް އެ މީހުން އުޅުނު ގެއިން ފެނުމުންނެވެ. ނަމަވެސް ދެމީހުންގެ ފަރާތުން ވެސް ބުނެފައި ވަނީ އެފޮތަކީ އެމީހުންނާއި ގުޅުން އޮތް ފޮތެއް ނޫން ކަމަށެވެ.
އައިއެސްގެ ފޮތަކީ ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަަން މަނިކު ދިރިއުޅުނު ގޭގައި ކިޔަވަން އުޅުނު މީހަކު ގެންގުޅުނު ފޮތެއް ކަމަށް ވެއެވެ. ފުލުހުން އެގެ ފާސްކުރި އިރު އޭނާ ހުރީ މާލޭގައެވެ.
ސްރީލަންކާގައި މިދިޔަ މަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ސަލާމަތީ ބާރުތަކުން ފަށާފައިވާ އޮޕަރޭޝަންގައި އިތުރު ބައެއް ދިވެހިން ވެސް ހައްޔަރު ކުރި އެވެ. ނަމަވެސް އެމީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.
ބޮމުގެ ހަމަލާ އަށް ފަހު ލަންކާ އަދި ވެސް އާއްމު ހާލަތަކަށް ނާދެއެވެ. މިހާރު ވެސް ބައެއް ތަންތަން ފާސްކުރުމުގެ އޮޕަރޭޝަންތައް ސަލާމަތީ ބާރުތަކުން ދަނީ ހިންގަމުންނެވެ.
އެމްޑީޕީ މީހުންގެ ސައިޒް
އަދިވެސް ސަރުކާރުން އައްޖައްހާ......
އެމްޑީޕީގެ އެކްޓިވިސްޓުންނެއް ނޫން. ތީ އެމްޑީޕީގެ ގެރިއްލާ ހަނގުރާމަވެރިން.
ސައިޒުކޮއްލާ އެމްޑީޕީމީހުންނަށް ހީވަނީ ލަންކާއަކީވެސް އެމީހުންގެ އައްޑާއެކޭ! ވަރަށްބަރާބަރު ޖަލަށްވެސްލާތި!
ކީޕް ޑްރީމިންގ ހުކުމެއް ނުކުރާނެ މިނިވަންވާނެ. އެމީހުން އައިސިސްއާ ގުޅުން ހުރިކަމަށް އެއްވެސް ހެއްކެއް ފުލުހުންނަކަށް ނެތް ލިބިފައެއް
އަނހާ މިއުޅެނީވެސް އޭގެ ގޮލައެއް. ކަލޭވެސް ހައްޔަރުކޮށް ޖަލަށް ލާންވީ.
ތީ އެމްޑީޕީގެ މައްސަލައެއްނޫނޭ.. ޢީމާންތެރިކަން ކުޑަވެ ހިސާބައްވުރެ އަމިއްލަ އެދުން ބޮޑުވީ...
ރާއްޖޭގެ ރައްޔިތުންނަށް ދެނެއް ބޭނުންހާ ގޮތްގޮތަކަށް ބޭރުގެ އެއްވެސް ޤައުމެއްގައި ނޫލެވޭނެ. ރާއްޖޭގެ ރައްޔިތުން ބޯންއުލޭ ބޮނޑި މިއޮތީ ބޮއިފައި.
ޜަައްޖެއާ އައި ސިސްއާ ގުޅުން އޮތް ކަމަށް އަޑު ފަތުރާ،،އެމީހުންގެ ޓްރެއިނިންގ މަރުކަޒު މިތަަ ހުއްޓޭ ކިޔާ މި ގައުމު ނުރައްކަލައް ވައްޓާލީ ވެސް ހަމަ އެއްބައެއް.
އެކަން ކުރާ މީހުން އެހެން ގޮވާ އުޅުނީވެސް ދޯ؟
ދިވެހިރާއްޖެ ގަޑުބަޑުކުރާން އުޅުމަށްފަހު މިހާރު އެހެންގައުމުތަކުގައިވެސް ތިބާވަތުގެކަންތައް
ކުރަންފެށިތޯ އާދޭހާއެކުބުނަން ދިވެހިގައުމާ ދިވެހިދަރިންގެނަންޚަރާބުނުކުރުމަށް މިހެންމިބުނީ
އެންމެފަރާތަކުންވެސްކުރާ ތިބާވަތުގެކަމަކުން ދިވެހިގައުމާ ގައުމުގެދަރިފަސްކޮޅަށްމުސްތަކުބަލްގައި
ފޫނުބެއްދޭވަރުގެ ގެއްލުމެއްވެދާނެ ދިވެހިންނަށް ޝައްކެއްނޫން ޔަގީންކުރެވޭހާގާތަށްވެސް ދިވެހި
ގައުމުގައި ވެރިކަންކުރެއްވި ފަރާތަކުންދައްކަވާފައިވޭކިހާދެރަ މިކަންކަމުގެނަތީޖާ މިއަދުމިފެންނަނީ
އެހެންވީމަ ބުނެވެނީ ރަށްކާވެތިބިއްޔާއޭ ދަތުރުލިބޭނީ މިއީ ވިސްނާލަންޖެހޭ ބަހެއް ހުރިހާދިވެހި
ރަށްޔިތުން ހޭއަރުއްވާނީ ކޮންދުވަހަކުންބާ ވަގުތުފާއިތުވުމުގެކުރިން ވިސްނަވާ