ވިލާ ކުންފުނިން އދ. މާމިގިލީގައި ހިންގާ، ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ރަށުން ބޮޑު ސަރަހައްދެއް އިތުރުކޮށްދިނުމަށް ސަރުކާރުން ނިންމުމުން އެނިންމުމަށް މާމިގިލީ ކައުންސިލުން ވެސް ތާއިދު ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ތިން ކައުންސިލަރުން ތިއްބަވާ މާމިގިލީ ކައުންސިލުން ވިދާޅުވީ އެއާޕޯޓަށް އިތުރު ކުރުމަށް ނިންމާފައި ވަނީ އެ ރަށު އިރު ދެކުނުން 34228 އަކަފޫޓްގެ ބިމެއް ކަމަށެވެ.

މާމިގިލިން ބޮޑު ސަރަހައްދެއް ވިލާ ކުންފުންޏަށް ދޭން އިއުތިރާޒު ނުކުރާ ކަމަށް ކައުންސިލުން ނިންމީ ޕްލޭނިން މިނިސްޓްރީން އެ ކައުންސިލްގެ ލަފަޔަށް އެދުމުންނެވެ. ޕްލޭނިން މިނިސްޓްރީން އެ ކައުންސިލްގެ ލަފައެއް ހޯދާފައި ވަނީ އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ޖާގަ ބޭނުން ވެގެން ވިލާ ކުންފުނިން އެދިފައިވާތީ އެވެ.

ގާސިމް އިބްރާހިމްގެ ތާއީދާއި އެކު ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން މާމިގިލީގެ ބޮޑު ސަރަހައްދެއް ވިލާ ކުންފުންޏަށް ދޭން ނިންމާފައި ވާއިރު 2012 ވަނަ އަހަރު ރައީސް ވަހީދުގެ ސަރުކާރުން އެކުލަވާލި ކޯލިޝަންގައި ހުންނަވައިގެން ގާސިމް ވަނީ މާމިގިލީ އެއާޕޯޓްގެ މުއްދަތު 99 އަހަރަށް އިތުރުކޮށްފައެވެ.

މިހާރު ވެސް މާމިގިލީގެ މީހުން ދިރިއުޅޭ ސަރަހައްދަށް ވުރެ ބޮޑު ސަރަހައްދަކީ ވިލާ ކުންފުނިން އެއާޕޯޓް ހިންގުމަށް ހިއްކާފައި އޮތް ސަރަހައްދެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާމާނު

    'މިހާރު ވެސް މާމިގިލީގެ މީހުން ދިރިއުޅޭ ސަރަހައްދަށް ވުރެ ބޮޑު ސަރަހައްދަކީ ވިލާ ކުންފުނިން އެއާޕޯޓް ހިންގުމަށް ހިއްކާފައި އޮތް ސަރަހައްދެވެ.'
    ދެންކޮބާ މައްސަލައަކީ. އަމިއްލަޔަށް ހިއްކައިގެން ބޭނުންކުރަނީ.

    30
    8
  2. މާމިގިލީ މީހާ

    މާމިގިލީ 3 ކައުންސިލަރުން އިސްތިއުފާ ދީ. 3 ކައުންސިލަރުންގެ ތަރިކަ މުދާ ތޯ މިއީ.

    12
    9
  3. ބއްޅަބޭ

    އަމިއްލަޔަށް ހިއްކައިގެން އިންވެސްޓްކުރަންވީ! ފައިދާއޮތީ ދެފަރާތަށްވެސް!