ސިޔާސީ ޕާޓިތަކާއި ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ "އޯލް ޕާޓީ ޓޯކްސް" މާދަމާ ރޭ ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

"ވަގުތު " އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މި ބައްދަލުވުމުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށާއި، އެކި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ކަމާއި ގުޅުންހުރި ފަރާތްތަކަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.

" މާދަމާ ރޭ 09:30 ގައި މަޝްވަރާތައް ފެށުމުގެ ބައްދަލުވުން ކުރިއަށް ދާނެ ބައްދަލުވުމުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށާއި، އެކި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާފައި" އަކްރަމް ވިދާޅުވިއެވެ.

މި ބައްދަލުވުންތަކުގެ ބޭނުމަކަށް ވާނީ ކަމާ ގުޅުންހުރި ޤާނޫނުތަކަށް އިސްލާހު ގެނައުން ކަމަށާއި ސިޔާސީ ޕާޓީތައް ބާރުވެރިކޮށް ޒިންމާދާރު ކުރުވުމަށް ޤާނޫނަށް އިސްލާހު އަންނަން ޖެހޭ ކަންތަތަކާއި މެދު މަޝްވަރާލުރެވޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ހުރިހާ ޕާޓިތަކުން މި މަޝްވަރާ ބައްދަލުވުންތަކުގައި ބަވައިވެރިވުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު