އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މަރްޔަމް ނާޡިމާއެވެ.

ނާޡިމާއަކީ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުންވެސް ގިނަ ތަންތަނުހައި ވަޒީފާ އަދާ ކޮށްފައިވާ ބޭފުޅެކެވެ. އެގޮތުން ބަލާއިރު މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސްގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއީމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމު ހިމެނެއެވެ.

ނާޡިމާ ހިއުމަން ރިސޯސަސް ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓް ގެ ދާއިރާއިން މާސްޓާރސް ހާސިލްކޮށްފައިވަނީ އިންޑިޔާގެ ނިއު ދިއްލީއިންނެވެ. އަދި ވަނީ އޮސްޓްރޭލިއާއިން ބެޗެލަރ އޮފް ކޮމަރސް އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް ވެސް ހާސިލްކުރައްވާފައެވެ.