ފުލުހުންގެ ޔުނިފޯމްގައި އެ ފުލުހެއްގެ ސާވިސް ނަންބަރު ޖަހަން މިއަދު ނިންމައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ފުލުހުންގެ ޒިންމާދާރުކަން އިތުރުކުރުމުގެ ގޮތުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމުގައެވެ.

އަންމުންގެ ގިނަ ބަޔަކު ވަނީ މީގެ ކުރިން ފުލުހުން މުޒާހަރާފަދަ މައިދާންތަކުގައި އެކަށީގެންނުވާ ބާރު ބޭނުންކޮށްފައިވާކަމަށް ބުނެ ގިނަ ގުނަ މައްސަލަތަކެއް ޖައްސާފައެވެ. އެހެން ކަމުން މިހާރު މި ގެނައި ބަދަލާއެކު ވަކި ވަކި ފުލުހުންގެ މައްސަލަތަށް ޖައްސަން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެއެވެ.

" ކޮންމެ ފުލުހަކަށް އިންނާނެ ތަފާތު ވަކި ނަންބަރެއް. އެހެން ކަމުން ޒިންމާދާރު ކަމާއެކު ފުލުހުންގެ ވާޖިބު އަދާކުރުމަށް ކޮންމެ ފުލުހެއްގެވެސް އައިޑެންޓިޓީ ވަރަށް މުހިންމު" ކޮމިޝަނާ ވިދާޅުވިއެވެ.

މީގެ ކުރިން ކޮމިޝަނާ ވިދާޅުވެފައިވަނީ ފުލުހުންގެ މުއައްސަސާ އިން ކުރާ މަސައްކަތް ރައްޔިތުން ބަލައިގަނެ އެ މުއައްސަސާއަށް "ލެޖިޓިމެސީ" ލިބިގެންދާނީ ރައްޔިތުންގެ އިތުބާރު ލިބޭ ތަނަކަށް އެ މުއައްސަސާ ވެގެން ކަމަށެވެެ.

އަދި ވޭތުވެ ދިޔަ އަހަރު ތަކުގައި ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އޮތީ ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށްވެސް ކޮމިޝަނާ ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު