އާސަހަރާގައި މަސައްކަތް ކުރާ އަންހެން ޖަމާޢަތްތެރިންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، މިހާރުވެސް އެކަމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް، މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

މީގެ އެއް އަހަރެއްހާ ދުވަސް ކުރިން، އާސަހަރާގެ އަންހެން ޖަމާޢަތްތެރިން ބޭނުން ކުރަމުން އައި ކޮޓަރީގެ ފާރު ތަޅާލާ، އަންހެނުން ނަމާދު ކުރުމަށް އެބައި ހަމަޖެއްސި ހަމައިން ފެށިގެން، އެތަނުގައި ޑިއުޓީއަށް ތިބޭ އަންހެން ޖަމާޢަތްތެރިން ގެންގުޅޭ އެއްޗެހި ބަހައްޓާލާ، އެމީހުން މަޑުކޮށްލާނެ ތަނެއް މިހާރު ނެތް ކަމަށް އެތަނުގައި މަސައްކަތް ކުރާ ޖަމާޢަތްތެރިން ބުނަމުންދާތީ، އެކަމާއި ގުޅިގެން "ވަގުތު" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޝިފާ ވިދާޅުވީ، އާސަހަރާގެ ކަންކަން ބަލަހައްޓާ ކޮމެޓީގައި އެތަނުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެއްވެސް ޖިންސެއް ތަފާތު ނުކޮށް، ހުރިހާ ޖަމާޢަތްތެރިންނަށްވެސް ޚިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

"އާސަހަރާގެ މަސައްކަތްތައް އަޅުގަނޑުމެން ހަވާލުކޮށްފަ އޮންނާނީ ޖަމްޢިއްޔާ އަކާ. އެމީހުންނާއި ގުޅިގެން ކުރެވުނު މަޝްވަރާތަކުގެ އަލީގައި އަޅުގަނޑުމެން ނިންމީ، އަންހެންވެރިން ނަމާދު ކުރުމަށް ބޭނުންކުރާ ބައިގެ ޖާގަ ދަތިވީމަ، އަންހެން ޖަމާޢަތްތެރިން ބޭނުންކުރާ ބައިވެސް އެބަޔާއި ގުޅުވާލާން. އެއީ އެއްވެސް ހާލެއްގަ އަންހެން ޖަމާޢަތްތެރިން މަގުމަތި ކުރުމެއް ނޫން. މިހާރުވެސް އަޅުގަނޑުމެން މި ދަނީ ވާހަކަ ދައްކަމުން އެތަނުގައި ތިން ބުރީގެ އިމާރާތެއް ހަދަން. ބޭނުމަކީ ޖާގައިގެ ދަތިކަން ހައްލު ކުރުން." ޝިފާ ވިދާޅުވިއެވެ.

އިތުރަށް ޝިފާ ވިދާޅުވީ، ކަށުނަމާދު ކުރަން ދާ އަންހެނުންނަށް އެތަނުގެ ޖާގަ ނެތިގެން، އެކަމުގެ ޝަކުވާ ވެސް ވަރަށް ގިނައިން ސިޓީ ކައުންސިލަށް އަންނަ ކަމަށާއި، އެކަމަކީވެސް ހައްލު ބޭނުންވާ ކަމެއް ކަމަށެވެ.

"ޖާގައިގެ ދަތިކަން ހުރިހާވެސް މައްސަލަ އަކީ. ދެން އެތަނުގަ ކައްކާ ކެވޭ ގޮތަށް އިންތިޒާމު ތައް ހަމަޖެހިފަ ހުރި ނަމަވެސް، އެތަނަކީ މީހުން ހިނަވާ ކަފުންކުރާ ތަނަކަށްވާތީ، އާއްމުންނަށް ފެންނަ ގޮތަށް، ނުވަތަ އެ ކައްކާ އެއްޗެއްގެ ވަސް ދުވާގޮތަށް އެކަން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން. ކައްކާ ކަމަށް ވަންޏާމު އެހެން ގޮތަކަށް އެ އިންތިޒާމުތައް އަޅުގަނޑުމެންނަށް ހަމަޖައްސައި ދެވިދާނެ." ޝިފާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލިލިލއަން♥️

    ޢެބުނީ ހަމަ ތެދޭ... ދެން އަމިއްލަ ގޭގަހެން އޮށޯވެ ނިދާކަށް ނޯވެ ވޭނު. ޢެއަކީ އަދާ ކުރާ ވަޒީފާއެއް ވިއްޔަ. ޙަމަ ނަމާދު ކުރާ ބައިގަވެސް ރެސްޓް ކުރެވޭނެންނު

    2
    14
  2. ޙަމްޒާ

    ބަދިގޭގައި ކޮޅަށް ތިބުމުގެ އިންތިޒާމު ހަމަޖެހިފަކަމަށް ސުޕަވައިޒަރ ބުނަނީ

    11
  3. ގުދޯ ގުދޯ

    ސަހަރާގެ ކޮންމެ އަންހެން ޖަމާޢަތްތެރިޔަކަށް އަންނައުނު ލާފައި ކޮނޑު އެޅުވޭނެ ކަބަޑަކާއި، ލޮކަރެއް ހުރޭ. ޢެމީހުން ބޭނުންކުރާ ސާމާނު ލާނެ ތަނެއް ނުހުންނަ ވާހަކަ އެއީ ކަނޑަ އެޅިގެން ދޮގެއް. މި ރޯދަމަހު އެއަށްވުރެ ބޮޑު ދޮގެއް ހަދާލަން ނޭނގުނީބާ؟ މިހާރު ސަހަރާއަށް އައިސް ބެލިކަމުގައި ވިޔަސް މިކަން ކަށަވަރުވާނެ. ބަދަލްވީ އެންމެ ކަމެއް. ޢެއީ ޑިއުޓީއަށް އައިސް ޑިއުޓީ ނިމެންދެން އޭސީ ޖައްސާލައިގެން، ފިނި ކޮޓަރީގައި ސޯފާމަތީގައި ނިދަން ނުތިބެވޭކަން.

    2
    4
  4. Anonymous

    ކިތަންމެ ވަރަކަށް ކަލޯމެން އެތަން ތަޅަފަ އޮޅުވާލަން އުޅުނަކަސް އެކަން ނުކުރާކަމަކަށް ނުވާނެ. ޓިޔައީ ރަހުމެއް ނެއް ބަޔެއްކަން އެގިގެން ދިޔައީ. ބަލަ އެއީ ނިކަމެތި އަންހެނުން ތަކެއް. ޥަރަށަ ދެރަކަމެއް. ޢިންސާނިއްޔަތު ކަންފުޅެއްވެސް ނެތް. ޝިފާ އަންހެނަކަށްވެ ހުރެ އަންހެނުން ތަކަކަށް އެހާ އިހާނެތިކޮށް ހެދީމަ ވަރަށް ލަދުވެިވަށް

    10
  5. އަހްމަދު

    އަންހެނުންއެތަނުގަ ޑިއުޓީއައްބައިތިއްބާނަމަ އެމީހުންނައް ރައްކާތެރިކަމާއެކު ތިބެވޭނެއިންތިޒާމުހަމަޖެހެންޖެހޭނެ ދެންދުވަސްކޮޅަކުންއަޑުއިވޭނީ އެތަނުގެޑިއުޓީގަހުރި އަންހެނަކައް ގޯނާކުރިވާހަކަ ފިތިހެނުންނާއަންހެނުންތަފާތުވާންޖެހޭނެ

  6. ރޭވުން 0

    އަބަދުވެސް އިވެނީ ކުރާނަން،، ހަމަޖައްސާނަން، ދޭނަން، އެކަން އޮންނާނީ ރާވަފަ، ބަލަމުން މިދަނީ، މާބޮޑުތަން ވެސް ރަގަޅުވާނެ، ކޮން ދުވަހަކުންބާ މިލާވަ ކިޔާނިމޭނީ؟ އާލަވައެއް ނިކަން ކިޔާބަލަ. ކުރާނަމޭ ނުކިޔާ އަޅެ ކޮށްބަލަ. ހަމަޖައްސަދޭނަމޭ ނުކިޔާ އެންމެ ކަމެއް ނަމަވެސް ކޯށްބަލަ.

  7. ސާރާ

    މީހަކު ގެނައީމަ ޑިއުޓީގަ ތިއްބަސް ކަމެއް ކުރަން މި ޖެހެނީ. ޥީއިރު މީހަކު ނެތަސް ތިބެންވީ ކޮޅަށްތަ؟ ޙަމަހޭ ހުރި ބަޔަކު ހިޔެއް ނުވޭ އެހެން ހަދާނެހެން. ޢިންސާނުންވިއްޔާ. ޑިއުޓީގަ ދަންވަރު ތިބޭއިރު ރައްކާތެރިކަން ނެއި މިހާރު. އަންހެނުން ތިބޭނޭ ތަނެއް މިހާރުން މިހާރަށް ހޯއްދަވައި ދެއްވަށަ ފެނޭ. ޢެހެން ނޫނީ ރައްޔިތުން ނުކުންނަށް ޖެހިދާނެ. ޢެމީހުން އެކުރަނީ ވަރަށް އަގުހުރި މާތް މަސައްކަތެއް.

  8. އާދު

    ޝިފާ އަންހެނަކަށްވެ ހުރެ އަނަހެނުނތަކަކަށް ތިހާބޮޑު އަނިޔާތަކެއްވީއިރު އެއްވެސް އެއްޗެއް ހިތަށް ނައަރަނީތަ. ޢެމީހުން ސޯފާގައި ތިބޭތީ ހަޖަމު ނުވި ބަޔަކު ބުނި ގޮތަށް މިފަހަރު ތިޔަހަދާދިނީ. ޜައްޔިތުން ނުކުމެ ހައްލު ކުރަން އުޅުފިނަމަ ނަތީޖާ ރަނގަޅެއްނުވާނެ. ޢެއީ އަންހެނުން ތަކެއް. ވަރަށް ރަނގަޅަށް މަސައްކަތް ކޮށްދީފަވާ ބައެއް. .ރައްޔިތުން ބޭނުންވާގޮތަށް ކަންތައް ކޮށްދޭބައެއް. ޢަގުހުރިބައެއް.ޤައުމީ މަސައްކަތެއް ކުރާބައެއް.

  9. Anonymous

    26 އަހަރާ 16 އަހަރާ ދެމެދު ހިދުމަތުގައި ތިބި ޖަމާޢަތްތެރީން ބޭނުން ކުރާ ކޮޓަރި އިހަކާށްދުވަހު ވަދެ އުޅުނު ބަޔަކު ބުނެގެން ތަޅާސުންނާފތިކޮށްެ ބޭރުކޮށްލާ ކަންތައްތައް ކުރަމުންދާއިރު ހެޔޮޖެހޭ މީހާ އެކަން އިގެންވާނެ. ތިކަމުގައި އަނިޔާ ދިން ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވާށި.

  10. Anonymous

    ޝިފާ މިފެށީ އަނެއްކާ މެގަ ޕްރޮޖެކްޓެއް. ދިވެހިންނަށް ފެންނަ ޕްރޮޖެކްޓަކީ ހަމައެކަނި ފްލެޓް އެޅުމާ އެއަރޕޯޓް ހެދުމާއި، މަގުތަކުގައި ތާރު އެޅުން. އަޅެ ވަޒީފާތަކުން މީހުން ވަކިކުރުމަށްވުރެ ބޮޑު ޕްރޮޖެކްޓެއް ހިނގާނެތަ؟ އަމުދުން، ހިނަވާނެ މީހުން ނެތިއްޔާ ކީއްދޯ؟ މަރުވީމަ ގެންގޮސް ވަޅުގަނޑަކަށް ވައްޓާލަން ސަޕޯޓް ކުރާ ސަރުކާރެއް ވިއްޔާ މިހާރު މިއޮތީ.

  11. ބަރާބަރު

    މަގުމަތީގައި ދޮރުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތަކުގެ މައްސަލަވެސް ހައްލުކޮށްދެއްވާނަމޭ ވިދާޅުވި. މިހާރު އެކަން ހައްލުވެ ޕެލެޓެއް އެއްގޮތަކަށްވެސް ލޮލުގެ ހިމަކޮޅަށްވެސް ނުފެނޭ. ފެންނަ އެއްޗެއްވެސް އެފެންނަނީ އަވާމެންދުރެންހެން. ދެން އޮތީ ތިކަންތައް އަވަހަށް ހައްލުކޮށްދެއްވާ. އައްސަރިބަހާއި ސާބަސް.