ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ބަދަލުތަކަށް މީހުން ހޭލުންތެރިކުރުމަށް ފާހަގަކުރާ "އާތު އަވާ" މިރޭ ފާހަގަ ކުރާނެއެވެ.

މި ހަރަކާތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި އެއް ވަގުތަކު އެއް ގަޑިއިރު ވަންދެން ކަރަންޓު ބޭނުންކުރުން ހުއްޓާލާނެއެވެ. ރާއްޖޭގައި "އާތު އަވާ" ފާހަގަ ކުރާނީ މިރޭ 8:30 އިން 9:30 އަށެވެ.

"އާތު އަވާ" ގެ ރަސްމީ ހަރަކާތްތަށް މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ އައްޑޫ ސިޓީގައެވެ.

އާރތް އަވަރ މޯލްޑިވްސްގެ ކަންޓްރީ ޓީމުން ބުނެފައިވަނީ މި އަހަރުގެ އާރތް އަވަރގެ ތީމްއަކީ " ކަނެކްޓް ޓު އާތް" ކަމަށްވެފައި އިންސާނާއާއި ދިރޭތަކެތީގެ ނަސްލާއި އޮންނަ ގުޅުން އެންމެ ރަނގަޅަށް ދައްކުވައިދޭނެ އެއް މަންޒިލަކީ އައްޑޫ ސިޓީ ކަމަށެވެ.

އަދި މިއީ އައްޑޫ ސިޓީގެ ރީތިކަން ދުނިޔެއަށް އިޝްތިހާރުކޮށްލަން ލިބޭ ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށްވެސް އެ ޓީމުންވަނީ ބުނެފައެވެ.

ރާއްޖޭގައި އާތް އަވަރ ފުރަތަމަ ފާހަގަކުރީ 2009 ވަނަ އަހަރުގައެވެ. އަދި މިއީ ރާއްޖޭގައި އާތު އަވާ ފާހަގަ ކުރާ 10 ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު