ނުރައްކާތެރި ބަލި ފަތުރާ މަދިރި ފަތަ ތަކެތި ނައްތާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ޤަވައިދުގެ ޑްރާފްޓް ވަނީ އެންމެ ފަހު މަރުހަލާގައި ކަމަށާއި އެ ގަވައިދު ވަރަށް އަވަހަށް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށެވެ.

ދައުލަތުގެ އެއްވެސް އިދާރާއަކުން ތައްޔާރު ކުރާ ޤަވައިދެއް ނުވަތަ އުސޫލަކަށް ވެސް އަމަލު ކުރެވޭނީ ބަންޑާރަނައިބުގެ ޤާނޫނީ ލަފާ ހޯދުމަށް ފަހު ގެޒެޓް ކުރުމުންނެވެ.

އެޗްޕީއޭ އިން ވިދާޅުވީ ނުރައްކާތެރި ބަލި ފަތުރާ މަދިރި އާއި އެހެނިހެން ދިރޭ ތަކެތި ނައްތާލުން ނުވަތަ ކޮންޓްރޯލް ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދެއް ޑްރާފްޓްކޮށް، އެ ގަވައިދު ވަރަށް އަވަހަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުއްވާނެ ކަމަށެވެ.

އެ ގަވައިދަކީ އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ހަދަމުން އަންނަ ޤަވައިދެކެވެ.

މަދިރި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކަށް ސަރުކާރުން ޤާނޫނީ ބާރުވެރިކަން ދިނުމުގެ މަސައްކަތް ކުރަމުން ދާއިރު މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބަލިތައް މިއަހަރު ރާއްޖޭގައި ވަނީ އިތުރުވެފައެވެ. މިފަދަ ބަލިތައް ފެތުރުން މިއަހަރު އިތުރުވެފައި ވާއިރު އަދިވެސް ބަލިތައް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

ޑެންގޫ އާއި ޗިކުންގްޔާ މިއަހަރު ހަލުވި ކަމާއި އެކު ފެތުރެމުން ދާއިރު އޭޕްރިލް މަހުގެ ނިޔަލަށް 1912 ޑެންގީ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 539 މައްސަލަ އިތުރު އަދަދެކެވެ. މިއަހަރުގެ މިހާތަނަށް 926 މީހުންނަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކުރި އެވެ.

ޑެންގޫ އާއި ޗިކުންގްޔާ ކޮންޓްރޯލް ނުކުރެވި ފެތުރެމުން ދާއިރު ވެސް ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ މީސް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. Anonymous

  މިގަވާއިދު މަދިރީގެ މައްޗަށް ތަންފީޒު ކުރާގޮތަށް ހަދަންވާނީ! މިސަރުކާރުގެ އަމާޒެއް، މަދިރި ދިރިނޫޅޭ ރާއްޖެއަކަށް ދިވެހިރާއްޖެ ހެދުމަކީ؟

  5
  2
 2. ފފފފ

  ވަރަށް ފައްކާ ކަމެއް. މަދިރި ދިވެހިރާއްޖޭގައި އުޅުން މަނާކުރާ ގަވާއިދެއް ހަދާލަބަލަ. މަދިރިއަކަށް، ދިވެހިރާއްޖެ އެތެރެވެވޭނީ، އިމިގްރޭޝަނުން ހުއްދަދީ، މެޑިކަލް ޓެސްޓް ހަދައިގެންކަމަށް ތިގަވާއިދުގައި ބުނުމަކީ ވަރަށް މުހިންމު ކަމެއް! މެލޭރިޔާ ފެތުރެނީވެސް މަދިރީގެ ސަބަބުން، އެހެންވީމަ، މި ބަލިހުރި މަދިރިއެއްނަމަ، ކަރަންޓީނު ކުރާނެ ފެސިލިޓީއެއްހަދަންވެސް ތިގަވާއިދުގައިބުނަންވާނެ.

 3. ގގގގ

  މި ސަރުކާރަކީ، ވަރަށް ހެއްވާ ގަވާއިދު ހަދާ ބައެއް. ސަރުކާރަކަށްވުރެ ބޮޑަށް ވައްތަރުވަނީ، މޮޔައިންގެ މަރުކަޒަކާ. ކުޅުޖެހުން މަނާކުރާ ގަވާޢިދު، އަދިއެވެސް ބަނގްލަދޭޝްމީހުނަށް. އެމީހުން ކުޅުޖެހިކަން އެނގޭނެ ގޮތެއް ބުނެބަލަ، ކުޅުޓެސްޓްކޮށް ބަންގްލަދޭޝް މީހުންގެ ޑީއެންއޭ ފެނޭތޯބަލާގޮތަށްތަ ތި ގަވާޢިދު ތި ހަދަނީ؟

  • ޙަބީބު

   ކުޅުޖެހުމަކީ ރަނގަޅުކަމެއްނޫން ކުދިދަރިން ގޮވައިގެން މަދަރުސާޔައް ދާއިރު ބަންގާޅިމީހާ ކުރިމައްޗައް ކުޅުޖަހާ ގަވައިދަކުން މިކަންމަނާކުރުމަކީ ވަރައް ރައްކާތެރި ރީތި އަދަބުގެ ތެރެއިން ހިމެނޭ ކަމެއް

 4. ޖ

  ކޮންމެކަމެއްގަވެސް ގަވައިދެއް ނަހަދައި ނުވޭ ގަވައިދުހެދިޔަސްނުވޭ ހައްލެއްނެތް

 5. ބުރޯ

  މިވަރުނަދާނަމަ އަރިދަފުސް ރޯގާ ޖެހުން މަނާކުރާ ގަވާއިދެއްވެސް ހަދާފާނެ.

  7
  1
  • ޙަބީބު

   މަދިރި އުފެދޭ ތަންތަނައް ދޭންޖެހޭނެ ކެމިކަލް ދިނުމަކީ ވަރައް ރަނގަޅުކަމެއް

 6. ބީނޫ

  އަޖައިބެއްނު؟؟ ދިވެހި ރައްޔިތުން ބަލިވުން މަނާކުރާ ގަވާއިދެއް ހަދާބަލަ!!

 7. މާމިގިލީ މީހާ

  ސަރުކާރުން ހަދާ ގަވައިދަކީ ހުރިހާ މަދިރިތަކުގެ ކަށި އުފުރާލަނީ. ކަށި އުފުރާފަ ދަތް ޖަހަނީ.

 8. އިބޫ ހުޅުމާލެ

  އެހެންވީމައި ދެން މަދިރި ބޭނުންހައި ތާކާށް ބިސް އަޅައި ދަރިން ކޮޅު އާލާ ނުކުރެވޭނެތާ، އެމީހުން(މަދިރި) މި ޤަވައިދަށް އަހުލުވެރި ކުރުވާފަ ތަންފީޒް ކުރަންވާނީ، ވަރަށް ފައްކާ

 9. ޢިކުރާމު

  ވަރައް ރަނގަޅު ކުޅިފާޗަސްބިންތައް އެއީމަދިރި އާލާވާ ތަންތަން ކަމައްވާތީ ހަފްތާއަކު އެއްފަހު ފޮގްޖަހާނެ ނުޒާމެއް އެފަދަ ތަންތާ ގާއިމު ކުރުމަކީ އެނޫން ރައްރަށުގަ ފެންހަރުލާގޮތައް ތަކެތި ބަހައްޓާފަވާނަމަ ޖޫރިމަނާކުރާނެ ހަރުކަށި ގާނޫނެއް ފާސްކުރަންވީ ލަންކާގަ ގޭގެޔައް ދާނެ ފުލުހަކާ ސިއްހީލަފާ އަރުވާމީހުން މިގޮތައް ކަންކުރާނެ އެފަރާތްތަކާމެދު

 10. ބޯގޯސް

  މިވާ ބައެއް ޤަވައިދު ހަދަ ހަދާ ތިބުން ހަރާން ކުރާ ކަމެއް!

 11. ޒަބާދުކުޑޭ

  ތިގަވާއިދު މަދިރި ތަކަށް ފެންނާނެހެން ގިނައިން ފެންހެދިފާ ހުންނަ ތަންތަނުގައި ބަހައްޓާތި'