ކުރީގެ ރައިސުލްޖުމުހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފިތުރު ޒަކާތް ދައްކަވައިފިއެވެ.
ފިތުރު ޒަކާތް ދައްކެއްވުމަށް ފަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ނިކަމެންތި މަތިން ހައްދާން ކޮށް ފިތުރު ޒަކާތް ދެއްކެވުމަށް ހަނދުމަކޮށްދެއްވާފައެވެ.
Nikamethin mathin handhumafulhu kuravva. Fitr zakaiy dhakkavaa pic.twitter.com/nSkTgYpMJA
— Mohamed Nasheed (@MohamedNasheed) May 20, 2019
މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ މިމަހު 7 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަދި މާލެއިން ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން މެންދުރު ފަހު 1:00 އަށް އެ މިނިސްޓްރީންނެވެ. އަދި ވިލިމާލެއިން ފިތުރު ޒަކާތް ބަލައިގަންނަމުންދާނީ ސިޓީ ކައުންސިލް ވިލިމާލެ ޔުނިޓުންނެވެ. އަދި ހުޅުމާލެއިން ފިތުރު ޒަކާތް ބަލައިގަންނަމުން ދާނީ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުން ނެވެ.
އިސްލާމިކް މިނިސްޓްރީ ބުނީ، މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި އާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ. މާލޭ ސިޓީ (މާލެ/ހުޅުމާލެ/ވިލިމާލެ) ގައި ދިރިއުޅޭ މީހުން ޒަކާތް ދައްކާނީ އަންނަނިވި އަގުތަކުންނެވެ.
1. އާދައިގެ ހަނޑޫ: 15ރ
2. ތައިލެންޑު ހުދު ހަނޑޫ: 45ރ
3. ބާސްމަތީ ހަނޑު: 95ރ
4. ރަތް ހަނޑު: 75ރ
5. އާދައިގެ ފުށް: 15ރ
6. އާޓާ ފުށު: 60ރ
ފްރެންޑޫ އަހަރެމެންވެސް ދެއްކީމޭ...ތިހާވަރަށް ދެއްކުންތެރި ނުވިޔަސް ވެދާނެ...ފޮޑިއެއް ޖެހިއަސް މީނަ ވާނެ އެންމެންނަށް އެކަން އަންގަން. އެހެންނުވާނީ މީނަމިއީ މާ މޮޅުމީހެއްވިއްޔަ
ކޮންމެ ކަމެއްގަވެސް ދެއް ކުން ތެތިކަން ޕިސް ޕިސް
ދެއްކުން ތެރިކަން ނޫން ދެން ކޮންކަމެއް. މިހާރު އޮންލައިންކޮށް ތިތަނަށް ނުގޮސްވެސް ތިކަން ކޮށްލެވޭ.
ބައްލަވާ އޮންލައިން ކޮށްވެސް ދެއްކޭ އެއްޗެއް ކޮންމެހެން ނޫހަށް ފޮޓޯ އަރުވާފަ ދެއްކެވީ ކީތްކުރައްވަންތޯ.
ދެންކުންތެރި ކަމެއްނޫން.. އެއީ މީގެ ކުރިން ނުދައްކާ އަލަށް ދެއްކީމަ އެކަން އަންގާލީ..
ފުރަތަމަ ފަހަރުވީމާ ނުސްތަކުގައިޖަހާލަނީ ދެއްތޯ
އޭ ބަލަ އަހަރުންވެސް ތިދެއްކީމޭ..އަހަރުންވާހަކަ ނޫސްތަކުގަ ނުޖަހަނީ ކީއްވެ..
ނަސީދު ކޮންމެކަމެއް ކުރުމުންވެސް އެވާހަކަ އެބަދައްކައެވެ ރޯދަ ހިފުނު އަދަދެއް ނުޖެހީ ކީއްވެބާވައެވެ
ތިމާއަކީ މާ ސާދާ މީހެއްކަމަށް އެހެންމީހުންނަށް ދައްކަން ނަޝީދު ވަރަށް އުޅޭނެ. ކުރިން އެދުއްވީ ބައިސްކަލް. މާދަމާ ގެޔަށް މަސްގަންނަން މާރުކޭޓަށްވެސް ހިގާދާނެ. އެމްބެސީއަކަށް ވަދެ ފީކޯތް ކުޅެފާނެ. އެއުޅެނީ އާ މަޖްލިސް ފެށެންވާއިރަށް ޢާންމުން ގެ ސަޕޯޓް ހޯދަން. މަޖްލިސްގެ އެތެރެންނާ ބޭރުންވެސް ނަޝީދުމެން ހުށަހަޅާ ބިލްތަކަށް "ސާބަހޭ ، ސާބަހޭ" ގޮއްވަން. ވަރަށް އަމިއްލަ އެދުން ބޮޑު ކަންތައްތަކެއް ހުށަހަޅާނެ. ރަޢިއްޔަތުންނަށް އެންމެ ފައިދާ ބޮޑީ ބަރުލަމާނީ ނިޒާމޭ މިހާރުވެސް ދޭތެރެދޭތެރެއިން އެބަ ގޮވާ.
ދެން މުދަލު ޒަކާތް ދައްކަން ގޮސްވެސް ފޮޓޯ ޖަހާލައްޗޭ. އެއީ ވަރަށް ގިނަ މީހުން ނުދައްކާ އެއްޗެއް ކަމަށްވަނީ.
ދެއްކުންތެރިކަމުގެ ލާމަސީލު މަސާލެއް ދޮތަ