އުމުރުން އެންމެ ނުވަ އަހަރުގެ އަންހެން ކުއްޖަކަށް އެކުއްޖާގެ އެއްބަނޑު އެއްބަފާ ދެބެއިން ވެގެން ޖިންސީ ގޯނާ ކުރި މައްސަލައިގައި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 71 އަހަރުގެ ފިރިހެނެކެވެ.

ނުވަ އަހަރުގެ ކުއްޖަކަށް އެކުއްޖާގެ ދެ ބޭބެގެ އިތުރުން، ކުއްޖާ މަންމަގެ ލޯބިވެރިޔާ ޖިންސީ ގޯނާކުރާ މައްސަލަ ދަނީ ބަަލަމުންނެވެ.

"ވަގުތު" އާ ވާހަކަ ދެއްކި ބައެއް މީޙުން ބުނެފައިވަނީ ފުރަތަމަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅީވެސް މަންމަގެ ލޯބިވެރިޔާ އެކުއްޖާއަށް ޖިންސީ ގޯނާ ކުރާ މައްސަލަ ކަމަށެވެ. އަދި އެމައްސަލަ ހުށަހެޅުމުން ކުއްޖާ ކަމާބެހޭ އިދާރާތަކަށް ހާޒިރު ކުރުމުން ދެ ބޭބެ ޖިންސީ ގޯނާ ކުރާ ކަމަށް ބުނި ކަމަށެވެ.

މަންމަގެ އުމުރުން ދުވަސްވީ ލޯބިވެރިޔާ، އެކުއްޖާއަށް ޖިންސީ ގޯނާ ކުރާކަން އެނގިފައިވަނީ، އެވާހަކަތައް އެރަށު މީހުންނަށް އެކުއްޖާ ކިޔައިދިނުމުންނެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން އެ ފިރިހެން މީހާއަކީ އެރަށަށް ނިސްބަތްވާ މީހެއް ނަމަވެސް މިހާރު މާލޭ ރައްވެއްސެކެވެ. ކުރިން ސިފައިންގޭގައި އުޅުނު މިފިރިހެން މީހާއަކީ ސިޔާސީ ޕާޓީއެއްގެ ވަރަށް އިސް ބޭފުޅަކާ ގާތް މީހެއް ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަތިފުއް

    އެޖެންޑާ 19 ތަފާތުވާނެ ތަފާތު ކުރާނެވެސްމެ އަދި ހުރިތަފާތުގެ ބޮޑުކަމެއް ފެންނާނީ މިހިނގާ މޭމހުގެ 28 ގެފަހުން ތަފާތުވާނެ

    6
    1
  2. އުއްމީދު

    ރަނގަޅުވާނީ އެޖެންޑާ 19 އިން

    2
    1