ޕީޕީއެމްއިން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ފައިސާގެ ކަންކަން ބަލަހައްޓާފައި ވާތީ، އެޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ޕީޕީއެމް އިން ފައިސާގެ މުއާމަލާތްތައް ބަލަހައްޓާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތާ ހިލާފަށް ކަމަށް ވާތީ އެ ޕާޓީ 20،000 ރުފިޔާއިން ޖޫރިމަނާ ކުރީ ކަމަށް އީސީއިން ބުންޏެވެ.

އަދި އެ ޕާޓީގެ ފައިސާގެ ކަންކަން ބަލަހައްޓަން ހަމަޖައްސާފައިވާ ފަރާތް 5،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް އީސީއިން ބުންޏެވެ.

ޕީޕީއެމްއިން ފައިސާގެ މުއާމަލާތްތައް ކޮށްފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ފާހަގަކޮށްފައި ވަނީ އެ ޕާޓީއިން އީސީއަށް ހުށަހެޅި އޮޑިޓް ރިޕޯޓްގައި އެ ޕާޓީ އޮޑިޓްކުރި އޮޑިޓަރު ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ މިއަދު ބުނެފައެވެ.

އީސީއިން ޕީޕީއެމް ޖޫރިމަނާ ކުރީ މިދަޔަ އަހަރު ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅި 18 މިލިއަން ރުފިޔާގެ ތެރެއިން ދޫނުކޮށް ހިފަހައްޓާފައިވާ އަށް މިލިއަން ރުފިޔާ ޕީޕީއެމް އަށް ދޫކޮަށްފައިވަނިކޮށެވެ.

ޕީޕީއެމްގެ ދަރަނިތަށް ބޮޑުވެ، ބިލްތައް ނުދައްކައިގެން އެ ޕާޓީގެ ރަސްމީ ފޯނު ލައިންތައް ވެސް ވަނީ ކަނޑާލައިފަ އެވެ. ޕީޕީއެމްގެ ދަރަނިތަށް ބޮޑުވެފައިވަނިކޮށް ފައިސާ ދޫނުކޮށް ހިފެހެއްޓުމުން ޕާޓީ ދަރަނިވެފައިވާ ކަމަށްބުނެ، ސިވިލް ކޯޓަށް މައްސަލަވެސް ހުށަހެޅި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. Anonymous

  ޕާރޓީ އަށް ރުފިޔާ ދޫ ނުކޮށް ހިފެހެއްޓީމަ، ދެން ޕާރޓީ ހިންގާ ކަމަށްވާނަމަ ހިންގޭނީ ކޮންމެވެސް ގޮތަކުން ޚަރަދު ކޮށްގެންދޯ. ޖޫރިމަނާ ކުރިއިރު ޕާރޓީއަށް ދިން ހުރިހާ ލާރިއެއް އެއްކޮށް ހަމަވާ ވަރަށް ޖޫރިމަނާ ކުރިނަމަ ރަގަޅު ވީސް ތިވަރު މާ ބޮޑަށް ވެސް މަދު، މިވަރު ވީމަވެސް މީ އަޅެ މުސްލިމުންބާ؟

  6
  1
 2. ބެއްޔާ

  އެމްޑީޕީ ޖުރިމަނާކުރާކަށް ނުކެރޭނެ. ޝަރީފްގެ ވަޒީފާ ގެއްލިދާނެ. އެމީހުން ރުއްސަން ޕީޕީއެމް ޖުރިމަނާކުރީ. ޖުރިމަނާކުރާވރުގެ ކަމެއްނެތް

  10