އުމުރުން ނުވަ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ ދިރިއުޅޭގެ ބަލާ ފާސްކުރުމަށް ކޯޓު އަމުރެއް ނެރެފިއެވެ.

ދެ ބޭބެއެއްގެ އިތުރުން މަންމަގެ ލޯބިވެރިޔާ ވެގެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ބަލަމުންދާ އިރު، އެކަމުގައި އެންމެ ބޮޑަށް ބައިވެރިވެފައިވާ ކަމަށް ގިނަ ބަޔަކު ބުނެފައިވާ މަންމަގެ ލޯބިވެރިޔާ އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ. ކޯޓުން އިއްޔެ އަމުރު ނެރެފައި ވަނީ އޭނާ ކުއްޔަށް ހިފައިގެން އުޅޭ ގެ ބަލާ ފާސްކުރުމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި 71 އަހަރު މީހާކު މިއަދު ހައްޔަރު ކޮށްފައިވާ އިރު، "ވަގުތު"އަށް އެނގިފައިވާ ގޮތުގައި އެ މީހަކީ ކުއްޖާއަށް އަނިޔާކުރި މަންމަގެ ލޯބިވެރިޔާއެވެ.

ފުލުހުން ވިދާޅުވީ ނުވަ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އޭނާގެ 13 އަހަރު އަދި 16 އަހަރުގެ ދެ ބޭބެއެވެ. އެހެން ނަމަވެސް، އެރަށުން މައުލޫމާތު ދިން މީހުން ބުނެފައިވާ ގޮތުގައި، އެ މައްސަލައިގައި ކުއްޖާއަށް ޖިންސީ އަނިޔާކުރުމުގައި އެންމެ ބޮޑަށް ބައިވެރިވީ މަންމަގެ ލޯބިވެރިޔާ ކަމަށެވެ.

"ވަގުތު" އާ ވާހަކަ ދެއްކި ބައެއް މީޙުން ބުނެފައިވަނީ ފުރަތަމަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅީވެސް މަންމަގެ ލޯބިވެރިޔާ އެކުއްޖާއަށް ޖިންސީ ގޯނާ ކުރާ މައްސަލަ ކަމަށެވެ. އަދި އެމައްސަލަ ހުށަހެޅުމުން ކުއްޖާ ކަމާބެހޭ އިދާރާތަކަށް ހާޒިރު ކުރުމުން ދެ ބޭބެ ޖިންސީ ގޯނާ ކުރާ ކަމަށް ބުނި ކަމަށެވެ.

މަންމަގެ އުމުރުން ދުވަސްވީ ލޯބިވެރިޔާ، އެކުއްޖާއަށް ޖިންސީ ގޯނާ ކުރާކަން އެނގިފައިވަނީ، އެވާހަކަތައް އެރަށު މީހުންނަށް އެކުއްޖާ ކިޔައިދިނުމުންނެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން އެ ފިރިހެން މީހާއަކީ އެރަށަށް ނިސްބަތްވާ މީހެއް ނަމަވެސް މިހާރު މާލޭ ރައްވެއްސެކެވެ. ކުރިން ސިފައިންގޭގައި އުޅުނު މިފިރިހެން މީހާއަކީ ސިޔާސީ ޕާޓީއެއްގެ ވަރަށް އިސް ބޭފުޅަކާ ގާތް މީހެއް ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތޯމަރާ

    ރަށެއް ހާމަނުކުރަން ތިއުޅެނީ ތިޔަކަހަލަ ޢަމަލުތައް ހިންގާ މީހުންނަށް ފުރުސަތު ބޮޑުކުރަން ވެގެން ތޯ ؟

  2. ފުއާދު

    އެގެފާސް ކުރަނީ އެގޭގަ އިތުރު ކުދިން އުޅެނީތަ