ދިވެހި ސިފައިންނާއި، ދިވެހި ފުލުހުން ގުޅިގެން ހަތިޔާރުތަޚާއެކު ތިން ދުވަހުގެ ތަމްރީންތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ އިރުއޮއްސި 18:00 ން ބުރާސްފަތި ދުވަހުގެ 6:00 އަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށްދާނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.

އަދި މި ތަމްރީނުތަކުގައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.