ގޭގޭގެ ސެކިއުރިޓީ ވަރުގަދަކޮށް، ފުލުހުންނަށް ހުރަސްއެޅޭގޮތަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިޔާއެކު ހުރިހާ ހިދުމަތެއް ދެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އަހުމަދު ޝާކިރު ވިދާޅުވީ މާލޭގެ ގެތަކުގައި މަސްތުވާތަކެތި ވިއްކުމުގެ ބަދަލުގައި، އެއާ ގުޅުން ހުރި ހުރިހާ ހިދުމަތެއް ދެމުން ދާކަމަށެވެ.

"ފުލުހުން ކުރިއަށް ގެންދިޔަ އޮޮޕަރޭޝަންތަކެއްގައި މާލޭގެ ތިން ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރަމުންދަނިކޮށް ވަނީ އަތުލައިގަނެފައި،" ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވީ ފުލުހުން ރެއިޑްކުރި ތިން ގޭގައި ވެސް އެގޮތަށް ދަގަނޑު ފިލާ ހަރުކޮށް ސެކިއުރިޓީ ވަރުގަދަކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި މަސްތުވާތަކެތި ވިއްކުމަށް ފަހު، އެ ބޭނުންކުރާނެ ގޮތާއި، އެ ބޭނުންކުރާނެ ތަނާއި އެއްޗެހި ތައްޔާރުކޮށް އެ ގެތަކުގެ ތެރޭގައި ހުރިހާ ކަމެއް ކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައި ހުންނަކަން ފާހަގަކުރެވިފައި ވާކަމަށެވެ.

" މާލޭގައި ފުޅާ ދާއިރާއެއްގައި އެ ވިޔަފާރިކުރަމުން ދާއިރު، އެ ގޭގެޔަށް ފުލުހުން ވަނުމަށް ހުރަސް އެޅުމުގެ ގޮތުން، ގޭގޭގެ ދޮރުގައި ބޮޑެތި ދަގަނޑު ފިލާ ހަރުކޮށް، ހުންނަނީ ބަންދުކޮށްފައި " ޝާކިރު ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އިތުރަށް ވިދާޅުވީ މިއަހަރު އަހަރު ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން 22 ގެއެއް ބަލާ ފާސްކޮށްފައިވާކަމަށާއި އަދި 3482 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާކަމަށެވެ.

" މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި 111 މީހަކު ހައްޔަރުކޮށް މަސްތުގެ ހާލުގައި ހުރި 345 މީހަކު ހައްޔަރުކޮށްފައިވާއިރޮފައިވާނެ " ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތިޔަގޮތަން ތިކަން ކުރެވޭނީ ގޭގެ ވެރިންނަށްވެސް އެނގިގެން.. ތިޔަ ބާވަތުގެ ކަންކަން ހިނގާނަމަ ދައުލަތައް އިމާރާތް ނަގާބަލަ.. އޭރުން ޖެހިލުންވާނީ.. ކަންކަން ދޯދިޔާކޮށްލި ކޮއްލީނުން މުޅި ޤައުމުގެ ޒުވާން ޖީލުގެ ބޮޑުބައެއް މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަލާކުވެއްޖެ. މަސްތުވާތަކެތި ބޭނުން ކުރުމަކީ މިހާރު ފެޝަނަކަށް ވެއްޖެ.. ހިތާމައިގެ ކޮޅެއްވެސް ނެތް.

    23
  2. ސައީދު

    ދެން ކޮބާ އެ އެންމެން، ދޫކޮށް ނިންމާލި ދޯ. ފުލުހުންނޯ، ލަދުން ބޯ ހަލާކު

  3. ޙަބީބު

    އުމަރުނަސީރު މަތިން ހަނދާންވަނީ ގޭނގުތައް ފުނޑާލާނެ ވާހަކަޔައް ވަރައްތާއީދުކުރެވޭ

    10
    1