ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދިފާއުގައި އެންމެ ވަރުގަދައަށް މީސް މީޑީއާ މެދުވެރިކޮށް އަޑުއުފުލަމުންދިޔަ ލަޔާލް މަނިކު މީސް މީޑިއާ ބޭނުން ކުރުން ހުއްޓާލައިފިއެވެ.
ލަޔާލް ސިޔާސީ ދާއިރާއާ ދުރަށް ދިއުމަށްފަހު ވަނީ މީސް މީޑިއާގެ ހުރިހާ އެކައުންޓެއް ޑިލިޓްކޮށްފައެވެ. އޭނާ ފޭސްބުކް މެދުވެރިކޮށް ސިޔާސީ ދާއިރާއާ ދުރަށް ދިޔަކަން އެންގުމުގެ ގޮތުން އޭނާ ރައީސް އަބްދުﷲ ޔާމީންއަށް ސިޓީ ލިޔުނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. އަދި މިހާރު އެ އެކައުންޓާއި ޓްވިޓާގައި ލަޔާލް ބޭނުން ކުރަމުންދާ އެކައުންޓްވެސް ވަނީ ޑިލިޓްކޮށްފައެވެ.
ލަޔާލް ސިޔާސީ ދާއިރާއާ އަދި ޕީޕީއެމްގެ އެސްޖީކަމުން ވަކިިވިކަން އިއުލާނުކޮށް ހިއްސާކުރި ސިޓީއާއެކު ފޭސްބުކްގައި ލަަޔާލް ލިޔުނީ، ހުރިހާ އެންމެންގެ ފަރާތުން އޭނާއަށް ލިބެމުންދާ ސަޕޯޓަށް ޝުކުރުވެރިވާ ކަަމަށެވެ.
"މިއަދު އަޅުގަނޑު ސިޔާސީ ދާއިރާ އާއި ހުރިހާ ކަމަކާއި ދުރަށް ދާން ނިންމައިފިން". ލަޔާލްގެ އެ ޕޯސްޓްގައި ވެއެވެ.
ލަޔާލް ސިޔާސީ ދާއިރާ އަދި މީސް މީޑިއާއާ ދުރަށް ދިޔައީ ކީއްވެގެންކަމެއް ކަށަވަރެއް ނޫނެވެ. އޭނާއަކީ ސަންގުޓީވީ އަދި ޗެނަލް13 ގައިވެސް ނޫސްވެރިއެއްގެ ގޮތުގައި އާާއި ޕްރެޒެންޓަރެއްގެ ގޮތުގައި ލަޔާާލްއަކީ ފާާހަގަކޮށްލެވޭ އެކަކެވެ.
ލަޔާ މިހާރު ހުރިހާކަމެއް ހުއްޓާލީ އަހަންނާ ކަެިވެނިކޮއްގެން ރަގަނޅު ދިރިއުޅުމެއް އުޅެވޭތޯ. ދެން ހަބަރުތަކިގައި އެވާހަކަ ޖަހައިގެން އިތުރަށް މައްޝޫރު ނުކޮށއދިނުމަކީ ވަރަށް ބޮޑު އެދުމެއް. ޝުލުރިއްޔާ