ތުއްތު ކުދިން ނޭވާލުމަށް އެހީތެރިވެދޭ އިންކިއުބޭޓަރެއް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ނެތުމުން އެކަށީގެންވާ ފަރުވާ ނުދެވި އުމުރުން އެއް ދުވަސްވީ ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އިންކިއުބޭޓަރެއް ނެތުމުން އެކަށީގެންވާ ފަރުވާ ނުދެވި ނިޔާވެފައިވަނީ ސ.މަރަދޫ ފޭދޫ، މޭރީ ވިއު، ޢާއިޝަތު އީވް އިމްރާނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކުއްޖާ ނިޔާވެފައިވަނީ އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލައި، އައިޖީއެމް ހޮސްޕިޓަލްގެ އެންއައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ދުވަސް ނުފުރާ ވިހެއި މި ކުއްޖާ ވިހެއުމާއި އެކު، އެ ކުއްޖާގެ ނޭވާލުމުގެ މައްސަލަތަކެއް ހުރުމުން އެ ކުއްޖާއަށް ބޭބީ އިންކިއުބޭޓަރެއްގައި ފަރުވާދޭން ޖެހުނެވެ. ނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އިންކިއުބޭޓަރެއް ނެތުމުން ކުއްޖާއަށް ވަނީ އެކަށީގެންވާ ފަރުވާ އަވަހަށް ނުދެވިފައެވެ.

އިންކިއުބޭޓަރެއް ނެތުމުން އައްޑޫގައި އުފަންވި ކުއްޖަކަށް އަވަހަށް ފަރުވާ ނުދެވި ނިޔާވެފައި ވާއިރު އައްޑޫ ރީޖަނަލް ހޮސްޕިޓަލްގައި ހުރި މައްސަލަތައް ހައްލު ކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

އައްޑޫގައި އަލަށް އިމާރާތް ކުރަމުންދާ ހޮސްޕިޓަލްގެ 95 އިންސައްތަ މަސައްކަތް ކުރީ ސަރުކާރުގައި ނިންމާފައި ވާއިރު އެހޮސްޕިޓަލް ހުޅުވުން ލަސްވާތީ ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖަމްޝީދު

    މީ ވަރަށް ދެރަކަމެއް. މިހާލަތަށް ދިޔައީ އަދުތޯ ނުވަތަ އެތަކެއް އަހަރެއްގެ އިހުމާލުންތޯ؟ ކޮބާތޯ މިސަރުކާރައި ފާއިތުވި ސަރުކާރުތަކުގެ ޒިންމާ؟ ކޮންމެ ސަރުކާރެއްގެވެސް ޒިންމާއެއް އެއީ ރައްޔިތުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނޭ އިންތިޒާމު ހަމަޖައްސައިދިނުން.

  2. ރާޅު ބޯއީ

    ނާގާބިލު ސަރުކާރުގެ ނާގާބިލްކަން ހައްދުން ނެއްޓިފަވާތަން މިފެންނަނީ. އަދިވެސް ހޮސްޕިޓަލް ވަށައިގެން ގޮއް ރީނދޫ ކުލަ އުނގުޅާފަ މުޅި އައްޑޫ ސިޓީ ވާނެ ކިރުގަރުދިޔަ ކުލައިން ޖަރީކޮށް އެ ބޯން. ނިޔާވި ތުއްތު ކުއްޖާއަށް ހެޔޮރަހުމަތް ލައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

    1
    1
  3. ނަޖާ

    ޖަޒީރާ ރާއްޖޭގައި ހޮސްޕިޓަލްތަކާއި ޑޮކްޓަރުން ނުތިބޭނެ. ތިބޭނީ ފަންޑިތަވެެރިންނާ ސިހުރު ހަދާ މީހުން. މުޅި ރާއްޖޭގެ ސިއްހީ ނިޒާމު މި މީހުން ފުނޑާލައިފި. މިވަރު ވެގެންދާއިރު އޮޕޮޒިޝަން ވެސް އޮތީ ވަރަ ބިންދާލާފަ.

    3
    1
  4. މަރީ

    މަތިމައްޗަށް މަޤާމް ދޭން ލާރި ހުރޭ އެވަރު ޒަރޫރީ އެއްޗެއް ގަންނަން ލާރި ނުހުރެ. ޗިކުންގުންޏާ މުޅި ރާއްޖޭގަ ފުމެ އަރަނީ އެކަމު އައިގީއެމްއެސުން ޓެސްޓް ހަދާ އެއްޗެހި ހުސްވެފަ ހުންނަތާ އެތަށް ދުވަހެއް. ސާބަހޭ ސަރުކާރު ސާބަހޭ ހެލްތު މިނިސްޓަރު

  5. ޖ

    މިކަލޭގެ އިސްތިއުފާދޭން ވެއްޖެއެއްނޫން ސިއްހީ ޙިދުމައްމީނަޔަކައް ރަގަޅުނުކުރެވުނެއްނޫން ހުސް ބޭކާރުއަނގަތެޅުންނޫންކަމެއް އެބޮއްތަ

  6. Anonymous

    މިގައުމުގަ ގިނަރައްޔިތުން ބޭނުމެއްނޫން ސިއްހީދާއިރާގެ ތަރައްގީވެސް އަދި އެހެނިހެން ތަރައްގީއެއްވިޔަސް، ޚާއްސަކޮށް އައްޑޫގެ ރައްޔިތުން ބޭނުމެއްނުވާނެ، އަހަރުމެން ރައްޔިތުން ބޭނުންވަނީ ވަކި ޕާޓީއެއްގެ ބޭކަލެކޭ ރައީސަކީ އަދި ވަކި ޕާޓީއަކުންނޭ ގައުމު ހިންގަނީ މިހެން ބުނަން، ދެން އެނިމުނީ، ކިތައްންމެވަރަކަށްވެސް ކަރުބުޑުގަ ހިތިރަހަ އެބަލާ، މިއީ އަނގަބަހުން ގައުމުހިންގާ ސަރުކާރެއް، އޯކޭ ދޮތަ؟؟

  7. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތީ މިސަރުކާރުގެ ކަމަކަށްނުވާނެ. ތިވާނީ ޔާމީނު ސަރުކާރުގެ ކަމަކަށް. އެހެންނޫނަސް ތީގެ ޒިންމާ ނަގަންޖެހޭނީ ހެލްތު މިނިސްޓަރެއްނު. އެއީ ޖޭޕީ މީހެއް. މި ރައީސް ޒިންމާވާކަށްނުޖެހޭ. ޔާމީނު ސަރުކާރުގަ ނަމަ ޒިންމާނަގަންޖެހެނީ ޔާމީނު. މީ މިމީހުން ވެރިކަމަށް އަންނަން ޖެއްސި ސްޓަންޓް.

    5
    1
  8. ޣަވަރުނަރު

    އަދިވެސް ދަރިފުޅާ ތަންތާތިބޭ ގަމާރުންހޮވާ އަދިއަހުރެމެން ނޯށުން ރޯންޖެހޭ ދުވަސް ވެސް އަންނާނެކަން ޔަގީން

  9. Anonymous

    އިންކިއުބޭޓަރެއް ކުރިން ހުރި