ސްރީލަންކާ އިން ހައްޔަރު ކޮށްފައިވާ އެމްޑީޕީގެ އިސް ދެ އެކްޓިވިސްޓުން ކަމަށްވާ ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކު ބަންދުން ދޫކޮށްލަން ސްރީލަންކާގެ ކޯޓަކުން މިއަދު އަމުރު ކޮށްފިއެވެ.

ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކު ހައްޔަރު ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ހައްޔަރު ކުރިތާ މަހެއްހާ ދުވަސް ވާން ކައިރިވެފައި ވަނިކޮށް ދެމީހުން މިއަދު ދޫކޮށްލިއިރު އެމީހުންގެ މައްޗަށް ދައުވާ އެއް އުފުލާފައެއް ނުވެއެވެ.

ނަމަވެސް ކުރިން ބެލެވިފައި އޮތީ މިއަދު އެމީހުންގެ މައްޗަށް ދައުވާ އުފުލާނެ ކަމަށެވެ.

ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކު ދޫކޮށްލުމުން ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އޮފިޝަލުން މިހާރު ވަނީ އެމީހުންނާއި ބައްދަލު ކޮށްފައެވެ.

ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަަން މަނިކު ހައްޔަރުކުރީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި ފޮތެއް އެ މީހުން އުޅުނު ގެއިން ފެނުމުންނެވެ. ނަމަވެސް ދެމީހުންގެ ފަރާތުން ވެސް ބުނެފައި ވަނީ އެފޮތަކީ އެމީހުންނާއި ގުޅުން އޮތް ފޮތެއް ނޫން ކަމަށެވެ. އަ

އިއެސްގެ ފޮތަކީ ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަަން މަނިކު ދިރިއުޅުނު ގޭގައި ކިޔަވަން އުޅުނު މީހަކު ގެންގުޅުނު ފޮތެއް ކަމަށް ވެއެވެ. ފުލުހުން އެގެ ފާސްކުރި އިރު އޭނާ ހުރީ މާލޭގައެވެ.

ސްރީލަންކާގައި މިދިޔަ މަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ސަލާމަތީ ބާރުތަކުން ފަށާފައިވާ އޮޕަރޭޝަންގައި އިތުރު ބައެއް ދިވެހިން ވެސް ހައްޔަރު ކުރި އެވެ. ނަމަވެސް އެމީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

ބޮމުގެ ހަމަލާ އަށް ފަހު ލަންކާ އަދި ވެސް އާއްމު ހާލަތަކަށް ނާދެއެވެ. މިހާރު ވެސް ބައެއް ތަންތަން ފާސްކުރުމުގެ އޮޕަރޭޝަންތައް ސަލާމަތީ ބާރުތަކުން ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަމިޔޮކާކަ

    މިޤައުމުގަ ލަންކާ މީހުން ދިރިއުޅޭ ގެތައް ފާސް ކޮށްފިނަމަ ޖަލައްދާންޖެހޭ މީހުން ގިނަވާނީ އެޢީ ޤާނޫނާ ޚިލާފް އެތައް ކަމެއް ފެންނާނެތީ.

    18
    2
  2. ދފދ

    ތި ދެމީހުން ޕާޓީން ވަކިކުރޭ.
    ތިކަހަލަ ވިޔާނުދާ ނަން ޕާޓީ ބޮލުގައި އެޅޭ ގޮތަށް އުޅޭ މީހުންނަށް ޕާޓީން ފުރުސަތެއް ދީގެން ނުވާނެ.
    ހޯރަ އިއްބެވެސް ވަކިކުރޭ !!

    10
    7
  3. ޓަކި

    ނިކަމެތި ފަރުދެެެށްނަމަަަ އަދިވެސް އިންނާނީ ޖަލްގަ

    24
  4. އައްޓަމަސް

    މަމިޔޮކާކައަށްބުނަން ލަންކާއަސް އެހެންތަނަކަސް ގާނޫނުއެއް އޮންނާނެ އެގާނޫނުފުނޑުއަރުވާލީމައި ދެން އޭގެދުއްޕާންޖެހޭނެ ރަނގަޅަށް އުޅޭމީހުންނަސްވެސް! އަބުދުﷲ ޝާހިދު ފަޔަށްހިނި އަރައިގެން އުޅުނީ އެމްޑީޕީގެ 2 އެކުޓިވިސްޓުން ހައްޔަރުގައިތިބީމައި، ކޮންމެހެން ދިވެހިން- ތަކެއްހައްޔަރުވެފައި ތިބީމައިއެއްނޫން! އޭގެހެއްކަކީ ދެންހައްޔަރުވީމީހުން ދޫކޮއްލީމައި އެމްބަސީގެއިސްމީހަކުގޮސް އެބަޔަކާ- އެކީސެލްފީނަގައިފައި ފޭސްބުކުއަކަށްނުލާ، މިދެމީހުންހީވަނީ 2ހީރޯއިން ހެން

  5. އޖޑ 19

    އިޒް އިޓް ފެއާރ...