1440 ވަނަ އަހަރު މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް ނުދިން މައްސަލަ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ހައްޖަން މީހުން ގެންދިއުމަށް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ސިސިލްފަރުން ވަނީ ކޯޓަށްވެސް މައްސަލަ ހުށަހަޅާފައެވެ. އެ ގުރޫޕުން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އިވެލުވޭޝަންގެ ކަންކަން ގޮސްފަ އޮތީ ގޯސްކޮށްކަމަށް ބުނެއެވެ.

އެ ގްރޫޕް ތަމްސީލް ކުރާ ގާނޫނީ ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ، ހައްޖު ކޯޓާ އިވެލުއޭޓް ކުރި މައްސަލަ ސިސިލްފަރުން އޭސީސީއަށް ހުށަހަޅާފައިވާކަމަށާއި، އަދި އޭސީސީން އިސްލާމިކް މިނިސްޓްރީގައި ހުރި ޑޮކިއުމެންޓްތައް ގެންގޮސްފައިވާކަމަށެވެ.

ހައްޖަށް މީހުން ގެންދަން ކުރިމަތިލި ގުރޫޕުތައް އިވެލުއޭޓް ކުރީ ރަނގަޅަށް ނޫން ކަމަށް ސިސިލްފަރުން ބުނިނަމަވެސް، އިސްލާމިކް މިނިސްޓްރީން ވަނީ، ހައްޖަށް މީހުން ފޮނުވުމުގެ ކަންކަން ކޮށްފައިވާނީ ދެފުށް ފެންނަ ގޮތެއްގެ މަތިންކަމަށް ވިދާޅުވެފައެވެ.

1440 ވަނަ އަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ދިނީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް, ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް, މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް, އެކްރޯ ޕްރައިވެޓް ލިމިޓެޑް, އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދާލަތު

    ސިސިލްފަރު ޙައްޖު ގުރޫޕަކީ، އެ ގުރޫޕުން ޙައްޖަށްދާމީހުންގެ މެޖޯރިޓީ ވަރަށް ތާއީދުކުރާ ގުރޫޕެއް. ޚިދުމަތްތަކާއި، އަޅާލުމަށް ޙައްޖާޖީން މަރުޙަބާކިޔާ ގުރޫޕެއް. ކީއްވެތޯ؟އެ ގުރޫޕަށް ހުއްދަ ނުދޭންވީ. ވަރަށްބޮޑަށް ކޮރަޕްޝަން ވަދެ ތިއޮތީ ސަލާމަތް ނުވާވަރުވެފައި.