ތުއްތު ކުދިން ނޭވާލުމަށް އެހީތެރިވެދޭ އިންކިއުބޭޓަރެއް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ނެތުމުން އެކަށީގެންވާ ފަރުވާ ނުދެވި އުމުރުން އެއް ދުވަސްވީ ތުއްތު ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީ އިން ބަލަން ފަށައިފިއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ތުއްތު ކުއްޖާ ނިޔާވުމުގައި ހޮއްޕިޓަލްގެ އެއްވެސް އިހުމާލެއްވޭތޯ ބަލަމުން އަންނަކަމަށެވެ. އެ މައްސަލަ ހެލްތު މިނިސްޓްރީ އިން ބަލަމުން އަންނަނީ އެއްވެސް ފަރާތަކުން ހުށައަޅައިގެން ނޫންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އިންކިއުބޭޓަރެއް ނެތުމުން އެކަށީގެންވާ ފަރުވާ ދިނުން ލަސްވެގެން ނިޔާވެފައިވަނީ ސ.މަރަދޫ ފޭދޫ، މޭރީ ވިއު، ޢާއިޝަތު އީވް އިމްރާނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކުއްޖާ ނިޔާވެފައިވަނީ އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލައި، އައިޖީއެމް ހޮސްޕިޓަލްގެ އެންއައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

އިންކިއުބޭޓަރެއް ނެތުމުން އައްޑޫގައި އުފަންވި ކުއްޖަކަށް އަވަހަށް ފަރުވާ ނުދެވި ނިޔާވެފައި ވާއިރު އައްޑޫ ރީޖަނަލް ހޮސްޕިޓަލްގައި ހުރި މައްސަލަތައް ހައްލު ކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

އައްޑޫގައި އަލަށް އިމާރާތް ކުރަމުންދާ ހޮސްޕިޓަލްގެ 95 އިންސައްތަ މަސައްކަތް ކުރީ ސަރުކާރުގައި ނިންމާފައި ވާއިރު އެހޮސްޕިޓަލް ހުޅުވުން ލަސްވާތީ ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސަންފަ

    ޒިންމާ ނަގަން ޖެހެނީ މޯލްޑިވިއަން އެހާލަތުގަ ކުއްޖާ ސަވައިވް ނުވާނެކަން އިނގޭ އިރު ބޯޓަށް އަރުވަން ޖެހުނީ ކޮން ބައެއްގެ އިހުމާލުންތޯ ބަލަން ޖެހެނީ. އައޖީއެމެއެޗް ގަ ހުރި މެޝިނެއް ގެންގޮސްގެން މިކަހަލަ ހާލަތްތަކުގެ ފަރުވާ ދިނުން ބުއްދިވެރި. ކުއްޖާ މަތިންތާބޯޓެއްގަ ޓްރެވެލް ކުރަން ހުއްދަ ދިނީ ކޮން ޑޮކްޓަރެއްތޯވެސް ބަލަން ޖެހެ.

    8
    5
  2. ބޯގަންވިލާ އަހުމަދު ބެ

    އަދި ވެސް ތިއްބްވާ އައި ޖީ އެމް ހިސްޕިޓަލް އައް ބޭކާރު ހަރަދުކޮއްލަ ކޮއްލާ

  3. އަލްޖިބްރާ

    ހޮސްޕިޓަލެއްވެސް ޑޮކްޓަރެއްވެސް ކުއްވެރިއެއްނުވާނެ ! ކުށްވެރިވާނީ އެކުއްޖާގެ ބެލެނިވެރިން ! ހޮސްޕިޓަލެކޭ ކިޔާއިރު އިންކުބޭޓަރެއް ނެތުމަކީ ހޮސްޕިޓަލުގެ މެޏޭޖްމަންޓްގެ ދޯދިޔާކަން ނޫން ދެން ކޮން ކަމެއްބާ ؟

  4. ސަންތިމަރިޔަބު

    މަމެން ދެކޭ ޖަޒީރާރާއްޖޭގާއި އިންކިއުބޭޓަރެއް ނުހުންނާނެ ހުންނާނީ މުޅޯށި ކެތްތެރިވެލައްވާ މުޅިން ޖަޒީރާވެ ނިމޭއިރު ހުންނާނީ ފަރުވާދިނުމަށް ޓަކާއި ތައްޔާރު ކުރެވިފާއިވާ ސަންދޯއްތަކެއް

  5. ޙަބީބު

    މަރަކީ ހިފެހެއްޓޭނެ އެއްޗެއްނޫން ކަމެއްވާއިރައް ހޮސްޕިޓާ ތަކުގަ ތިބޭމީހުންނާ ދިމާލައް ފުންމަފުންމައިގެން ދާކައް ތިޔަމޮޅެތި މީހުން އައިސްބަލަ މިކަންކުރަން ނުވީދި

    7
    1
    • ބަޑިބޭސް

      6ބީބޫ، ކަލޭގެ އާއިލާމީހަކު ބަލި އެނދުގަ އޮއްނަ ދުވަހަކުވެސް އަޅާނުލާ ބާއްވާތި، މަރެއް ނުހިފެހެއްޓޭނެޔޭ ކިޔާފަ! އާން، މަރު އެނދުގަ އޮތީކަމަށް ހިތާ މީނާ ބަލިމީހާ އަށް އަޅާނުލާނީހެން ހީވަނީ! ބަލަ، މީހުންނަށް ކުރެވޭނެކަމެއް އެއްމެ ފަހުވަގުތާ ޖެހެންދެންވެސް ޖެހޭނެ ކުރަން. ވީމާ، ކުރެވެން ހުރި ކަމއެއް ކޮއްފައިވޭތޯ ބެލުމަކީ އޮތް ކަމެއްދޯ! 6ބީބު މިކަމާ ވިސްނާލާނެ ކަމައް ހީކުރަން. ވ ސަލާން.

  6. ޯހޫނު

    ފުރާނަ އަކީﷲ ގެ މިލްކެ ސުކުރު ކުރޭ

  7. ޒާހިދު

    ފަރުވާ ދިނުމަށް ބޭނުންވާ އިންކިއުބޭޓަރު ނެތް ކަން އެބަ އިނގޭ. ދެން ކޮން މައްސަލައެއްތޯ އިތުރަށް ތިޔަ ބަލަނީ؟ ތިޔަ ބަލަނީ އިންކިއުބޭޓަރު އަމިއްލައަށް ދެފައި ޖަހާފަ އެތަނަށް ނުދިޔަ މައްސަލަތޯ ނުވަތަ ހޮސްޕިޓަލްގެ ޑޮކްޓަރުން އަމިއްލައަށް އިންކިއުބޭޓަރެއް ގަނެގެން ފަރުވާ ނުދިން މައްސަލަތޯ ނުވަތަ ކުއްޖާ ވިހޭއިރު ކުއްޖާއާއި އެކު މައިމީހާގެ ބަނޑުން އިންކިއުބޭޓަރެއް އުފަން ނުވި މައްސަލަތޯ؟

  8. ސަމާ

    މީގެ ކުރީން ޔާމީންގެ ސަރުކާރުގައި މިކަހަލަ ކަމެއްވެއްޖެއްޔާ އެގޯސްވާނީ ޔާމީން .މީހަކު ޠަބީޢީމަރަކުން މަރުވިޔަސް ޔާމީން އަށް އެއްޗެތި ގޮވަމުން ދިޔަމީހުން މީހާރު މިސަރުކާރު ވީމަ އޯކޭ.މިހާރު ހުރިހާކަމެއްވެސް ދަނީ ރަނަގަޅަށް ބަރާބަރަށް އޯކޭ.އެމްޑީޕީއަށް ވީފަހުން ކިތައްމަރު ކިތައް ގޮށްނޭގޭ މަރު .އޭރުގަ އޮތް ސަރުކާރަށް ދުއްޕާން ކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ހެދި މީހުން މިހާރު ކޮބާ؟