އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ދިވެހި ނަރުހުން ހޯދަން އިއުލާނުކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ބިދޭސީ ރެޖިސްޓަރޑް ނަރުހުންގެ ބަދަލުގައި ދިވެހި ރެޖިސްޓަރޑް ނަރުހުން ހޯދުމަށް ބޭނުންވާ ކަމަަށެވެ. އެ ހޮސްޕިޓަލުން އިއުލާނުކޮށްފައި ވަނީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާނެ 37 ރެޖިސްޓަރޑް ނަރުހުން ހޯދުމަށެވެ.

އެގޮތުން ރެޖިސްޓަރޑް ނަރސް / ސީނިއަރ ރެޖިސްޓަރޑް ނަރސް / ކްލިނިކަލް ނަރސް މި ތިން މަގާމަށް ނަރުހުން ބޭނުންވާކަމާށް އެ އިއުލާނުގައި ވެއެވެ.

އެ ހޮސްޕިޓަލުން ބުނީ، މިކަމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ކަމަށެވެ. އަދި މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 ޖޫން އާއި 20 ޖޫން އާ ދެމެދު އެ ހޮސްޕިޓަލުގައިކަމަށްވެސް އެ އިއުލާނުގައި ވެއެވެ.