ބަދަލުތަކާއެކު މި ރޯދަ މަހަށް ހުޅުވަން ނިންމި އާޓިފިޝަލް ބީޗް ތަރައްގީ ކުރުން ލަސްވަނީ ސަރުކާރުގެ ހުއްދަތައް ނުލިބިގެންކަމަށް ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ސީއެންއެމް" އިން ބުނެފިއެވެ.

އެ ނޫހު ބުނެފައި ވަނީ އާޓިފިޝަލް ބީޗުގެ މަސައްކަތް ލަސްވަނީ ސަރުކާރުގެ ބައެއް ވުޒާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނުލިބިގެން ކަމަށެވެ. އެގޮތުން އެތަނުގެ މަސައްތަކަށް ޕްލޭނިން މިނިސްޓްރީގެ ހުއްދަތަކެއް ބޭނުންވެއެވެ. އަދި އެތަނުގައި ހުރި ރުއްތައް ނެގުމަށް އީއައިއޭ ހަދާ، އީޕީއޭގެ ހުއްދަ ބޭނުންވާކަމަށްވެސް އެ ނޫހުގައި ވެއެވެ.

އާޓިފިޝަލް ބީޗު ޕާކެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަސް ތެރޭގައެވެ. އެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީއިންނެވެ.

އާޓިފިޝަލް ބީޗް ޕާކެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވަން ނިންމީ ރޯދަ މަހުގެ ފުރަތަމަ ދުވަހުއެވެ. އެ ދުވަހަށް އެތަން ނިންމުމަށް ބާރު ސްޕީޑްގައި މަސައްކަތް ކުރެވުނު ނަމަވެސް، ރޯދަ މަސް ދެބައިވެގެން ދިޔުމުން އެތަނުގެ މަސައްކަތް ނުނިމިފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އާޓިފިޝަލް ބީޗު ސަރަހައްދު ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އެ ވައުދު ނުފުދި އެކަން ކުރުމަށް ދިން މުއްދަތުވެސް ވަނީ ހަމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޣޮތު

  ތިކަމަކާއި ހުރެ މަގޭ މަންމަ މިހާރު އެނދުން ވެސް ތެދުވެވޭ ވަރެއްނޫން. މީގެ ކުރިން މޫދަށް އެރި ކަސްރަތުކޮށް ހަދާލުމުން ވަރަށް ފަސޭހަވޭ. ސަރުކާރަށް،ނޭނގެނީތަ ރައްޔަތުން މޫދަށް އެރި އެކަމުން އެމީހުންގެ ބައްޔަށް ލުއިލިބޭކަން

 2. ޖިލް

  މަޝްރޫއުތަކަކީ އެހެން ބުނެލާހާ އަވަހަށް ނިންމޭނެ ކަންކަމެއްނޫން. ސިޓީ ކައުންސިލުން އެއްވެސް ބެލުމެއް ނެތި މިތަން ނިމޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނީ އެއްވެސް ތަފްސީލީ މައުލޫމާތެއްވެސް ކަމެއް ކުރާނެ ގޮތެއްވެސް އެނގިގެންނެއްނޫން. މިހާރު އޮތީ ސިޓީ ކައުންސިލަށް ޖެއްސުންކުރާ ސަރުކާރެއްނޫން. މިކަހަލަ ކަންކަން ލަސްވާނެކަން ނޭނގުނީ ކަމެއް ހިންގާނެގޮތުގެ ހަމަ އެއްވެސް މައުލޫމާތެއް ނޭނގޭތީ. މައްސަލައަކީ ހިސާބަށްވުރެ އަނގަ ފޮނި ގިނަވުން.

 3. މޯޑް

  ބަލަގަ މީކޮންބައެއް ސަރިކާރެއްތަ؟

 4. މާމަ

  ތީ ރޯޛިޔައް ނިންމަން ބުނި ތަން ދެއްތޯ މިސަރުކާޜުން މޮޅުވާހަކަ ދައްކަން އެގޭނީ ވ ސލާން