އައްޑޫ ސިޓީގައި ބެޑްމިންޓަން ކޮމްޕްލެކްސް އެއް އަޅަން އައްޑު ޕީޕަލްސް ކޯޕަރޭޓް ސޮސައިޓީ (އޭޕީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫހު ކުރިއަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލް އާއި ޔޫތު މިނިސްޓްރީ ގުޅިގެންނެވެ. މި އެއްބަސްވުމުގައި އައްޑޫ ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައިވަނީ މޭޔަރ އަބްދުﷲ ސޯދިގެވެ. އަދި އޭޕީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ ޝަމާ އަބްދުﷲ އެވެ.

އޭޕީސީއަކީ ކައުންސިލްގެ 51 ޕަސަންޓް ހިއްސާ އާއި އައްޑޫ ރައްޔިތުން 49 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް 2016 ގައި އުފެއްދި ކޯޕަރޭޓިވެކެވެ.

ކައުންސިލުން ބުނެފައިވަނީ ހިތަދޫ ޔޫތު ސެންޓަރު އިމާރާތް ހުރި ބިމުގައި ހަދާ ބެޑްމިންޓަން ކޮމްޕްލެކްސްއަކީ 4 ބެޑްމިންޓަން ކޯޓް އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް އިތުރު ވަސީލަތްތައް ހިމެނޭ ގޮތަށް ދެ ބުރި އަށް ހަދާ ތަނެއް ކަމަށެވެ.

މި މަޝްރޫއަށް ފަށާތާ 120 ދުވަސް ތެރޭގައި ނިންމަންޖެހޭއިރު މަޝްރޫއު އަށް 6،061،191.4ރ. ހަރަދުވާނެއެވެ.

މި ނިންމުން ނިންމާފައިވާއިރު ފާހަގަކޮށްލެވެނީ އައްޑޫއަކީ ގައުމީ ފެންވަރުގައި ބެޑްމިންޓަނުން ކާމިޔާބީތަކެއް ވެސް ހޯދަމުން އަންނަ އަދި ދެ ޖިންސުގެ ވަރަށް ގިނަ ބަޔަކު ކުޅެމުން އަންނަ ކުޅިވަރެށް ކަމެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނާ

    އައްޑޫ ކައުންސިލުން އަދި ކިރިޔާ ކަންތައްތައް މިފެންނަނީ ބިން ވިއްކައި ހުސް ކުރަނީ ސޯބެއާއި ޔަސްރިފްއަށް ބައި ނުލިބޭ އެއްވެސް ކޮންޓްރެކްޓެއް އެބަ ހަދާ ބާ ސައުދީ ހުންނަނީ މިކަމުގެ އަޑީގައި ވަގުންނަށް ގޮވި މީހުން ކަންތައް ވަގުންގެ ވަގުންނަށް ވެ ނިމެނީ އައްޑޫ ކައުންސިލަށް ހަމައެކަނި ދޭންވީ ހަމައެކަނި ގަބުރުސްތާން ބެލެހެއްޓުން ޔަސްރިފްއަކީ ކައުންސިލުގައި ހުރި އެންމެ ބޮޑޫ ކަރަޕްޓް މިހާ ވަރަށް ސަލާމް އައްޑޫ މީހުން ހޭލަބަލަ

    1
    1
  2. މަލް

    އައްޑު އަށް މިކޯ އެންމެ ބޭނުންވެނީ ބެޑްމިންޓަން ކޮމްޕްލެކްސްއަށް މެއި!