ރޯދަ މަޙުގެ ރޭތައް އިޙްޔާ ކުރުމަށްޓަކައި މައުމޫން ފައުންޑޭޝަނުން ބާއްވާ އިޙްޔާ ފޯރަމްގެ މިރޭގެ ޖަލްސާ ސަލާމަތީ ސަބަބުތަކަށްޓަކައި ކެންސަލް ކޮށްފި އެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ޖަލްސާ ކެންސަލް ކޮށްފައިވަނީ އެގޮތަށް އަމަލު ކުރުމަށް ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތަކުން އެންގުމުންނެވެ. ރައީސް މައުމޫންގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދަނީ އެމްއެންޑީއެފް އިންނެވެ.

އެނގިފައިވާ ގޮތުން ޖަލްސާ ކެންސަލް ކުރަން އަންގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ކެންސަލްކޮށްފައިވާ ވާހަކަވަނީ ހާމަކޮށްފައެވެ. ނަމަވެސް ކެންސަލް ކޮށްފައިވާ ސަބަބެއް ހާމައެއް ނުކުރެއެވެ. ޓްވީޓްގައި އިތުރަށް ވިދާޅުވީ ދެން އިޙްޔާ ޖަލްސާއެއް އޮންނާނީ މިމަހު 28 ވާ އަންގާރަ ދުވަހުގެ ރޭ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަސްވެރިޔާ

    ކޮން ސަލާމަތަކަށްޓަކާތޯ، ނޭގު، ރ. މައުމޫނުގެ ސަރުކާރު ވައްޓާލާ އޭނާ ހަވަރަށްދޭން 3 ނޮވެމްބަރ 1988 ގައި އިސްނެގި މާލިމީންގެ އޮޑީ އެއްކޮޔަޅަކީ މިއަދު ރ. މައުމޫނު ނުންތޯ. 19 ދިވެހިން ގަތުލުކޮށް ކަޑަށް އުކާލި ބަޔަކު ގެނައި ސަރުކާރެއްގައި ރ މައުމޫނަށް ފުރިހަމަ ހިމާޔަތްދޭނެ. އެހެން ނޫނަސް ރައްޔިތުން ރ.މައުމޫނަށް ގެއްލުމެއް ނުދޭނެ.

    51
    4
  2. މައުމޫން

    ހެ ހެ މީހުން ނުދާތީ

  3. ގ

    ކޮން ސަލާމަތަކަށްޓަކާތޯ، ނޭގުނު

  4. ރަސީދު

    މައުމޫނު މީޑިޔާގެ ސަމާލު ކަން ހޯފަން ވެގެން

  5. އަޖައިބު

    ދީނީ ކަމެއް ކުރަން އުޅެފަ އަމިއްލަ ނަފްސު ހިމާޔަތްކުރަން ދީނީ ކަމެއް ހުއްޓާލީމަ ވަރަށް ބައިވަރު އެއްޗެހި ހީވޭ. މިގައުމުގައި ތިޔަ ބުނާވަރުގެ ނާމާންކަމެއް އޮތްހެނެއް ހިއެއްނުވޭ. ދީން ކުރިއަރުވަން، ދީނީ ނަސޭހަތް ދޭން އުޅޭ މީހަކު ތިޔަފަދަ ކަމަކާ ބިރުގަތުމަކީ ދީނާ ތަންކޮޅެއް ނުގުޅޭ ކަމެއްހެން ހީވޭ. އަޑުއަހާ އުޅެނީ މިއުޒިކް ޝޯ އެއްޗެހި ތިހެން ކެންސަލްކުރާ ވާހަކަ. ދީނީ ކިތައް އިލްމުވެެރިން ތިޔަ ގޮތަށް ދަރުސް ކެންސަލްކުރިބާ، "ސަލާމަތީ ސަބަބުތަކަށްޓަކައި"؟