ސަލާމަތީ ބާރުތަކުން މިއަދު ފެށި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫންކަމަށާއި އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް އެންގެވުމަށް ރާއްޖޭގެ ގައުމީ ދިފާޢީ ބާރު އެމްއެންޑީއެފް އިން އިލްތިމާސް ކުރައްވައިފިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅެ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފް އިން އެދެއެވެ.

އެމްއެންޑީއެފް އިން މިރޭ ނެރުނު ބަޔާނުގައި ވިދާޅުވީ މިދިޔަ އެޕްރީލް މަހު 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާ އާ ގުޅިގެން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ފަރިތަކުރުންތައް ފަށާފައިވަނީ 05 މެއި 2019 ގައި ކަމަށެވެ. އަދި މިއަދު މި ފެށުނީ މި ސިލްސިލާގެ ދެވަނަ ތަމްރީންތައް ކަމަށް ވިދާޅުވިއެވެ.

"މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫންކަމުގައި ދަންނަވަމެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ފުލުހުންނާއި ސިފައިން މިއަދު ފެށި ތަމްރީންތައް ތިން ދުވަސް ވަންދެން ކުރިއަށް ގެންދާނެއެވެ. މިތަމްރީނުތައް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އަވައްޓެރި ސްރީލަންކާގައި މިދިޔަ މަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ބަލަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ. އެހަމަލާ އަށް ފަހު ރާއްޖޭގެ އެއާޕޯޓްތަކާއި ބައެއް އެހެނިހެން ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Aneesa

    Can’t believe something is happening

    52
    5
  2. ސަމާ މާލެ

    ރާއްޖޭގައި ވެސް ބޮން ގޮއްވާން އުޅޭކަން ސިފައިންނައް އެގިގެން ކުރާކަމެއް ތީ. ބޮން ގޮއްވީޔާ ގޮއްވާނީ މާލޭގަ. ރާއްޖޭގައި ތިބި ހަރުކަށި ދީނީ ފަތުވާދޭ މީހުން ހިފާ ހައްޔަރު ކުރާންޖެހޭ. ރާއްޖޭގައި ބޮން ގޮއްވުމުގެ ކުރިން. ކުރިންވެސް މާލޭގައި ބޮމެއް ގޮއްވީ މި މީހުން.

    2
    1
  3. bon

    vegen ulhey gotheh aanmunnah kuru gothakah vx angaalain ulhuneema dhw amilla rakaatheri kamuge fiyavalu alhan aaanmunnah vx ingeynee

    30
  4. ބައޮކަލޯ

    ކޮންމެވެސް ކަމެއް އެބަ ހިނގާ. ސަލާމަތީ ސަބަބުތަކަށްޓަކައި މައުމޫންގެ ދަރުސް ވެސް ލަސްކޮށްލީ. ދެން ކުއްލިއަކަށް ސިފައިން ހަރަކާތް ހިންގަނީ. ކިހިނެއްމިވަނީ......

    35
    3
  5. ހަމަ

    ކޮންކަމަކާބާ ޝައްކުވާންވީ

    14
    3
  6. އަސެފް ބިން ބަރްގީ

    ވެގެން އުޅޭގޮތް ނުބުނަންޏާ ހުރިހާ އާންމުން އެބަޖެހޭ ކޮންމެ މީހަކު ލައިފްޖެކެޓް އަކާއި ހެލްމެޓެއް އަޅައިގެން މެނުވީ ހިނގާ ބިނާ ނޫޅެން މާލެ މަގުމަތީގަ.. މިއީ ދެން އެހެން ނޫނަސް އާންމު ކަމަކައް ހަދަންވީކަމެއް. ޚާއްސަކޮއް ބަސް ޑުރައިވަރުން މަގުމަތީގައި އުޅޭ ގަޑިތަކުގައި ޕޭވްމަންޓުން ހިނގާމީހުން ސަމާލުވާންޖެހޭ..

    6
    1
  7. ނުރަބޯ

    މިއީ ސަރުކާރުން ޖަހާ ރޮކެޓެއް. ބޭނުމަކީ އިންޑިއާ ސިފައިން މިގައުމަށް އަރުވަން ބަހަނާއެއް ހޯދުން.

    15
    3
  8. ތޯތާ

    ޝައްކުވިޔަސް އަދި އެންގިޔަސް ކަލޭމެންނަށް ކުރެވޭނެ ކަމެއް އޮންނާނެބާ.....؟؟

    11
    2
  9. އައްޓަމަސް

    ގަވްމީސަލާމަތަށްނުރައްކާވޭ ބަންގާޅީންގެ ސަބަބުން

    3
    1
  10. މުހަންމަދު

    ރާްްްއްޖެ ހަލަބޯލި ވެދާނެތީ ސަލާމަތީ ބާރު ތަކުން މައުލޫމާތު ހާމަ ނުކުރުމަކީ ވަރައް ހިތާމަ ހުރި ކަމެއް ލަންކާ ސަލާމަތީ ބާރުތަކުން މައުލޫމާތު ހާމަ ނުކުރުމުް އެތައް ބަޔަކު މަރުވެގެން އެ ދިޔައީ

  11. ގަމްބީރު

    ވަރަށްބޮޑަށް ކަމަކާ ޝައްކުވެގެން މި ކޮމެންޓް ކުރަނީ. ރާއްޖޭގެ ރިޒާވްގައި ހުރި ލާރިކޮޅުން 100 މިލިއަން ޑޮލަރު ރިޒާވް ބޭންކު އޮފް އިންޑިއާއަށް ދޭން ޖެހުނީ ކީއްވެގެންތައޭ. އެއީ ކޮންކަމަކަށް ކޮންއިރަކު ނެގި އެއްޗެއްތައޭ. އެ ފައިސާ ބޭނުންކުރީ ކޮން ކަމަކަށްހޭ. އޭގެ ހިސާބު ރަނުން ރަނަށް ކިޔާދޭން ފިނޭންސް މިނިސްޓަރަށް ކެރޭނެހޭ. އެއީ އިންތިޚާބު ތަކުގައި ރިޝްވަތު އަޅަން ނެގި އެއްޗެއް ވެއްޖެއްޔާ މަމެންގެ ރިޒާވް ލާރިކޮޅުންހޭ އެ ދައްކަނީ. ބަލަ އެފައިސާ ދައްކާނީ ކޯޅިސަނުން ނޫންތޭ.

    6
    1