ސީރިއާގައި ހަރަކާތްތެރިވާ ދިވެހި ހަނގުރާމަވެރިޔަކު ޖާނުން ފިދާވެގެން ސީރިއާގައި ކާރު ބޮމުގެ ހަމަލާއެއް ދީފިކަމަށް ސީރިއާގެ ނޫސްތަކުން ބުނެފިއެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިންނާއި ހަވާލާދީ ސީރިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މިހަމަލާ ދީފައި ވަނީ ސީރިއާގެ ހުޅަނގު އުތުރުގައި އޮންނަ ހަމާ ޕްރޮވިންސްގައެވެ. ދިވެއްސަކު ބޮމެއް ގޮއްވާލައިގެން ހަމަލާ އެއް ދިނުމުގެ އިތުރުން އެޕްރޮވިންސްގެ އަވަށަކަށް ވަންނަން ހަނގުރާމަވެރިންތަކެއް ވަނީ މަސައްކަތް ކޮށްފައެވެ.

ހަމަލާ ދިނީ ސީރިއާ އަށް ދިޔަ ގިނަ ދިވެހިން އުޅުނު ކަމަށް ބެލެވޭ ތަހްރީރް އަލް-ޝާމް ޖަމާޢަތަކާއި ނޭޝަނަލް ލިބަރޭޝަން ފްރަންޓް ޖަމާޢަތުންނެވެ.

އެމީހުން ހަމަލާ ދިނީ ކަފްރް ނަބުދާހް ނަމަކަށް ކިޔާ އަވަށަކަށެވެ.

ސީރިއާ ސިފައިން ބުނާ ގޮތުގައި ސީރިއާގައި ހަރަކާތްތެރިވާ ދިވެއްސެއް ކަމަށްވާ އަބޫ ސަރަހް ނަމަކަށް ކިޔާ ހަނގުރާމަވެރިޔަކު ވަނީ ބޮން ހަރުކޮށްފައި އޮތް ކާރެއްގައި ކަފްރް ނަބުދާހް އަވަށަށް ވަންނަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ސިފައިންނަށް އޭނާ ދުއްވަން އިން ކާރާއި މެދު ޝައްކު އުފެދުމުން ކާރު ހުއްޓުވަން މަސައްކަތް ކުރިއެވެ. ކާރު ހުއްޓުވަން މަސައްކަތް ކުރަން ފެށުމުން އަމާޒަށް ދެވުމުގެ ކުރިން އަބޫ ސަރަހް ވަނީ ކާރު ގޮއްވާލާފައެވެ.

މިހަމަލާގައި އޭނާގެ އިތުރުން އިތުރު މީހަކު މަރުވި ކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އޭގެ ފަހުން ހަނގުރާމަވެރިންތަކެއް އެއަވަށަށް ވަންނަން މަސައްކަތް ކުރުމުން ސިފައިން ވަނީ ހުރަސް އަޅާފައެވެ. ސިފައިން ހުރަސް އެޅުމުން ބަދަލު ކުރި ހަމަލާތަކުގައި ހަނގުރާމަވެރިންގެ ދިހަ މީހަކު މަރުވި ކަމަށް ސީރިއާ އިން ބުނެއެވެ.

މަރުވި މީހުންގެ ތެރޭގައި ސީރިއާ ނޫން ގައުމުތަކަށް ނިސްބަތްވާ މީހުން ވެސް ހިމެނެއެވެ. ނަމަވެސް އެމީހުންގެ ގައުމުތަކުގެ ތަފްސީލެއް މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ރަމަޟާން މަހުގެ 2 ވަނަ ދުވަހު ވެސް ސީރިއާގައި ދިވެއްސަކު މަރުވެފައި ވެއެވެ. އެއީ ވެސް ބިލާދުއްޝާމް ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދޯ

    އެ ނިމުނީނު އެކަން.

    20
    2
  2. ޣާދިރު

    ދީނީ އިލުމުވެރިއަކު ވިދާޅުވެ ދެއްވަބައްލަވާ މިގޮތައް މަރުވާ މީހުންގެ ހުކުމަކީ ކޮބައިކަން.. މީން ކޮންމެ މީހެއްގެ ނަމުގެ ކުރިއައް އަބޫ ކިޔާފަ ފަހަތައް މާލްދީފު ކިޔައިގެން ތިބެ ހަށިގަޑު ގޮއްވާލަނީ.. ދެން ނޫސްތަކުގަ ގޮވާނެ މީނާގެ އަނބިދަރިން ރާއްޖެ ގެންނަން..

    36
    6
  3. ބަނީ

    މި ބައިގަނޑަށް ހެޔޮވިސްނުން ދެށްވާނދެ. ޢާމީން.

    30
    4
  4. ދިވެހި

    ރޯދަމަހު ކޮށްލަން އެންމެ ހެޔޮކަންތައް؟

    19
    4
  5. ސީރިޔާ

    ދިވެހިން ޖާނުން ފިދާވާން ސީރިޔާ ކިޔާ ފަޅުރަށެއް ހަމަޖައްސަންވީނު؟ އެހެން މީހުންގެ ފުރާނަޔަށް ނުރައްކާ ކުޑަވާނެއެއްނު އޭރުން

    38
    2
  6. ޢައިބާ

    މިފަދަ ބަޔަކު ރާއްޖެ ގެންނަން މަސައްކަތް އެބަކުރޭދޯ ، ދިވެއްސަކަށް ވިއަސް މިމީހުންނަކީ ނުރައްކާ ބައެއް

    47
    4
  7. ޏ

    ސީރިއާއަށް ދިޔަ ދިވެހި ބައިގަނޑު އަނބުރާ ދިވެހިރާއްޖެއަށް ގެންނާނެކަމެއް ނެތް

    44
    6
  8. Anonymous

    ސީރިޔާއަށް ދިވެހިން ފޮނުވާ ދީނީޖަމުއްޔާއާއި މެދު ފިޔަވަޅު އަޅާ

    40
    3
  9. ދިވެހި

    އަސްލު ކޮންމެ ދިވެއްސަކީވެސް އެހާ ހިސާބަށް ދެވިދާނެ މީހެއް. ޖެހޭނީ ކުޑަކޮށް ސިކުނޑިއާ ކުޅެލަން.

    23
    9
    • ހާބީ

      އާދޭ މަގޭ ގާތަށް ކަލޭގެ ސިކުނޑި ފައިންޓިއުން ކޮށްދޭނަން.

  10. ނަސީދު

    ތީގެން އެއްވެސް މިހާކު ދެންރާއްޖެއައް އަރުވައިގެންނުވާނެ އަރުވައިފިއްޔާ މުޅި ގައުމް އެކަމާ ފަހުން ހިިތާމަކުރާ ތިބައިގަނޑަކީ ސިކުޑި ހަމަޖެހޭބައެއް ނޫން

    10
    3
  11. ަމާލް

    ރާއްޖެ ގެނެސް މަރާލަން ޖެހޭނީ ،ނޫނީ އުމުރައް ޖަލު

    3
    2
  12. މީން

    ޖާނު ގޮއްވާލައިގެން...

    1
    1
  13. ނޫރު

    ދީނީ ހޭލުންތެރިކަން އިތުރުކުރަންވީ، މިއީ އެއްވެސް ގޮތަކަށް ޖިހާދެއްނޫން. މިއީ ކުފުރުމަރު. ދިވެހިންގެ ބުރައިން ވޯޝް ނުކުރެވޭނެ، ނަމަވެސް ބައެއް އަބޫމެން ރޯނު އެދުރުހެދި އިންޓަނެޓް ޝައިޚުންނަށްވެގެން މިދަނީ ހަގުރާމަށޯ. ސީރިއާ ނުވަތަ އެހެންވެސް ގައުމެއްގެ ދާޚިލީ ހަގުރާމައަށް ގޮސްފަ ރާއްޖެއަށް އަންނާނެކަމެއްނެތް. ކޮންމެވެސް އަރަބި ވާދީއެއްގަ ތިބެލާ.

    6
    3
  14. ޒާހިރު

    މިމީހުން ރާއްޖެ ނުގެނެވިގެން ހިމަނިދި ނުލިބިގެން އުޅޭ މީހުން ވެސް އެބަ އުޅޭ

    8
    3
    • ތހހގ

      ތި މީހުންނެއް ނޫނޭ ރާއްޖެ އަންނަން ބޭނުންވެގެން އުޅެނީ. ކޭމްޕްގައި ތިބި އަންހެނުންނާ ކުޑަ ކުދީން. ދެ ޖަމާއަތެއްގެ 2 ބައެއްތީ