އއ.އުކުޅަހުގައި ދުނިޔޭގެ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.
ފޮރިން މިނިސްޓްރީ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ އިން ދީފައިވާ 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން އުކުޅަހުގައި ބައިނަލްއަގުވާމީ ކޮންވެންޝަން ސެންޓަރެއް އެޅުމަށް 7.8 މިލިއަން ރުފިޔާގެ ހިލޭ އެހީއެެއް ދީފައިވާ ކަމަށެވެ.
އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް ގަައިމު ކުރުމުގެ މަޤްސަދަކީ އެ ރަށު ކައުންސިލާއި، އެ ރަށުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރިއާއިި ތަފާތު އެހެނިހެން ކަންކަން ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ހޯދައިދިނުން ކަމަށް ސަރުކާރުން ބުނެއެވެ.
އަދި މީގެ އިތުރުން މި ކޮންވެސްޝަން ސެންޓަރު ފަރުމާކުރެވޭނީ ބައިނަލްއަޤްވާމީ ފެންފަރުގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތައް ކަމަށް ވެސް ސަރުކާރުން ވިދާޅުވެއެވެ. މިފަދަ ކޮންވެންޝަންތައް ސެންޓަރުތައް ރާއްޖޭގެ އަތޮޅުތަކުގައި މިހާރު މަދުކަމަށް އެ ބަޔާނުގައި ފާހަގަކޮއްފައިވެއެވެ.
100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އިންޑިއާ އިން އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
ބަލަހައްޓަން ކިތަށް ސިފައިން ލާ ގޮތަށް؟