ފުލުހުން ތަމްރީނު ކުރުމަށް ދ.ވާނީގައި ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދެެއްވައިފިއެވެ.
ތަފާތު ޕްރޮޖެކްޓްތަކެއް ހިންގުމަށް އިންޑިއާ ސަރުކާރުން ދ. ވާނީގައި ފުލުހުން ތަމްރީނުކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލަށް 7 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީއެއް ވަނީ ދީފައެވެ.
މި އެހީ އަކީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ދެއްވި އެހީތެރިކަމެކެވެ. 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވަނީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސްޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
އައްޑޫގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސްކޫލްގައި ބަޔަކު ހުޅުޖަހާ އަންދާލުމާ ގުޅިގެން ދ. ވާނީގައި ގާއިމު ކުރި މި ޓްރެނިންގ ސެންޓަރުގެ މަޤްސަދަކީ ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އިތުރުކުރުމެވެ.
އިންޑިއާ، އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ މުޅިއޮޑީގައި ހަސަނުގެ 2 ފައި