ހަތަރު ރަށެއްގައި ތާރު އެޅުމަށް މިއަދު އެމްޓީސީސީން ސޮއިކޮށްފައިވާ 118 މިލިއަން ރުފިޔާގެ ޕްރޮޖެކްޓާ މެދު ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.

ޕްލޭނިންގް މިނިސްޓްރީން މިއަދު ވަނީ ރ. އުނގޫފާރާއި ދުވާފަރާއި، ހދ. ހަނިމާދޫގެ އިތުރުން ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފައެވެ. މި ޕްރޮޖެކްޓް ތަކާއި މެދު ސުވާލު ތަކެއް އުފައްދައި މުއިއްޒު ވިދާޅުވެފައިވަނީ މިއީ އާ މަޝްރޫއެއް ނޫންކަމަށާއި މިދިޔަ ސަރުކާރުގައި ފަށައި ބޮޑުބައި ނިމިފައިވާ ޕްރޮޖެކްޓެއް ކަމުގައެވެ.

މީގެ ތެރެއިން އެމްއާރުޑީސީ އާއި 2015 ވަނަ އަހަރު ވަނީ ލ. ފޮނަދޫ އަދި ރ. އުނގޫފާރުގެ ތާރުއެޅުން ހަވާލުކޮށްފައެވެ. އަދި ހަނިމާދޫގެ މަގުތަށް ތާރު އެޅުމުގެ ގޮތުން 2014 ވަނަ އަހަރުގެ ފެބްރުއަރީގައި ވަނީ އެމްއާރުޑީސީ އާއި ހަވާލުކޮށްފައެވެ. އެހެން ނަމަވެސް ފަހުން އެމްއާރުޑީސީ އުވާލައި އެ ހުރިހާ މަޝްރޫއެއް ހަވާލު ކޮއްފައިވަނީ ޕަބްލިކް ވާކްސް އަށް 2018 ގައެވެ. އަދި މި ބަދަލު ކުރުމަށް ފަހު ބާރު މިނެއްގައި ހުރިހާ ރަށެއްގެ ވެސް މަސައްކަތް ދިޔައީ ވެރިކަން ބަދަލު ވުމުގެ ކުރިން ކުރަމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ދެންނެވި ރަށް ތަކުގެ ތެރެއިން އެންމެ ކުރިންވެސް ދުވާފަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕަބްލިކް ވާކްސް އާއި ކަންވެސް މުއިއްޒު ފާހަގަ ކުރިއެވެ.

މުއިއްޒު ވަނީ ތާރު އެޅުމުގެ ޕްރޮޖެކްޓް އެމްޓީސީސީއާއި ހަވާލު ކުރި އިރު ރަށް ތަކުގެ މަސައްކަތް ނިމިފައިވާ މިންވަރު ހިއްސާކޮށްފައެވެ. އެގޮތުން ހދ. ހަނިމާދޫ 36 ޕަސެންޓް، ރ. ދުވާފަރު 60 ޕަސެންޓް، ރ. އުނގޫފާރު 75 ޕަސެންޓް، ބ. އޭދަފުށި 75 ޕަސެންޓް، ލ. ފޮނަދޫ 78 ޕަސެންޓް، ޏ. ފުވައްމުލަށް 60 ޕަސެންޓް އަދި ތ. މަޑިފުށި 50 ޕަސެންޓް ވަނީ ނިމިފައެވެ. އެހެން ކަމުން މި މަސައްކަތް އަލުން އެ ކުންފުންޏާ ހަވާލު ކުރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ އެތަށް ރަށެއްގެ މަގުހެދުމުގެ މަސައްކަތް 100 ޕަސެންޓް ނިމި ވަނީ ރަަސްމީކޮށް ހުޅުވާ ބޭނުން ކުރަން ފަށާފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރައްޔިތުންގެ ފަރާތުން

    މުއިއްޒޫ ބުނާކަސް އެމީހުންނަށް ކްރެޑިޓެއް ނެގެން އޮތް ދިމާލަކުން ނެގޭތޯ ބަލާނެ މިދަނޑިވަޅުގަ! އެމީހުން އަމިއްލައަށް ލާރިއެއް ހޯދައިގެން ޕްރޮޖެކްޓެއް ފަށާނި ގޮތެއް ނެތިގެން އަބުދުﷲ ޝާހިދުމެން މިއޮށްފަދަ ރޯދަމަހުވެސް އެއް ކާފަރުފަހަތުން އަނެއް ކާފަރަކު ފަހަތުން ނާށިގނަޑު ހިފައިގެން ދުވެ ނަގާތަން އަހަރެމެން މިތިބެނީ ބަލަން ހަމަ. ކަމެއް ނުވީމަ ރައްޔިތުންނަށް އޮޅުވާލަން ނޫސްތަކުގެ ފަލަ ސުރުހީ ޖަހާލަންވެގެން މިކުރާކަމަކީ ކުރީ ސަރުކާރުން ފަށައިފަ މަސައްކަތް ނިމެން ކައިރިވެފަ ހުރި ޕްރޮޖެކްޓްތައް އަނެއްކަ އެމްޓީސީސީ އަށާއި އެހެނިހެން ކުންފުނިތަކަށް ހަވާލުކުރަނި! ކަމެއް ކުރަން ނޭނގެންޔާ އިސްތިއުފާދީފަ ތަރައްގީގެ ބާނީއަށް ގައުމު ހަވާލުކޮށްބަލަ!

    27
    2
  2. ޢަދުރޭ

    އަނެއްކާވެސް ބަޔަކައް ލާރިގަނޑެއްދޭންބޭނުންވީދޯ ސާބަސް ކާންދީފަބަހައްޓާ

    24
    2
  3. ދޮންބެ

    މިސަރުކާރުން ކުރާ ކަމަކީ ކުރީ ސަރުކާރުން ފަށާފަ ހުރިކަންތައްތައް ހުއްޓުވާފަ އަލުން ފަށަނީ އާކަމެއްގެ ގޮތުގަ. މިހާރު ނިމެން ކައިރިވެފަ ހުރި ފްލެޓްތަކާއި ބޭނުންކުރަމުންދާ ބްރިޖްގެ ބިންގާވެސް ކޮނެގެން ނަގާ އަލުން ބިންގާ އަޅާނެ ވަރަށް އަވަހަށް. 25 ބުރީ ގެ ހޮސްޕިޓަލްވެސް އާ ބިންގަލެއް އަޅާ މަތީކޮޅު ތިރިޔަށް ވާގޮތަށް އަނބުރާލާފަ އާ ބިންގާ މައްޗަށް ބޯކޮޅު ވަތަށް ބަހައްޓާފަ އާނަމެއް ކިޔާފަ ހުޅުވޭނެ ގޮތެއް އޮތްތޯ މަޝްވަރާ ކުރެވެމުން ދަނީ.

    23
    2
  4. އަލްޖިބްރާ

    ތިޔަތިބީ ވޯޓުން ތަޅާ ބަލިކޮށްފަ ! ދެން އަގަނުގަޅާ ތިބޭ ! ތެޅުނުވަރަކަށް ވާނީ ބޭޒާރު ! އެޗް.ޑީ.ސީ ، ފެންފޮދެއްވެސް ނުލާ ހަޖަމުކޮށްލި ގޮތް ހަދާން އެބަހުރިތަ ؟

    6
    29
    • Anonymous

      ވޯޓުން ވައްކަން ކޮށްފައޭ ބުނަންވީނު. މާ ތާހިރު ވާނެ. އެ ބަލާނެ އީސީ އެއްވެސް ކޯޓެއް ވެސް ނުވިއެއްނު. އަދިވެސް ކަރަށް ބާރުލާ ހަޅޭއްފަޅޭއް ލެވޭތޯ ބަލާތި.

      6
      1
  5. ހ.ހ

    ތިވާހަކަތައް އަޑުއަހާނެ މީހަކުނެތް

    6
    16
  6. ބުރޯ

    ވަރަށް ރަނގަޅަށް ބަލަން މުއިއްޒުމެން ތިބެންވާނެ . އައްޑޫ ހިތަދޫގެ މަގުތައް ސިފައިންލައްވާ ހެދުމަށްފަހު ކުންފުންޏެއްގެ ނަމުގަ ބިލް ހަދާ ފައިސާނެގި ވާހަކަ ހަވީރު ނޫހުން ދުށް ހަނދާންވޭ . ތިޔަރަށްރަށުގެ މަގުތައް މިސަރކާރުން 100 ޕަސެންޓް ހެދިކަމަށް ކަުދާހު ކުންފުނީގެ ނަމުގާ ވެސް ފައިސާނަގާފާނެ . މިއުޅެނީ މީހާއަށް ނާންގާ ލޮލުގާ ހުންނަ އަނދުން ޖކޮޅުވެސް ކަހާލާ ވަރުގެ ބައެއް ވީމާ ހޭލާ ތިބެންވާނެ .ހުރިހާކަމަކަށް ވަގުތުން ޖަވާބުދޭންވާނެ ދަވްލަތަށް ލިބިގެންދާ ގެއްލުމަށް ދައުވާކުރަންވެސް ތައްޔާރަށް ތިބެންވާނެ

    16
    2
  7. ނާޒިމާ

    މި ސަރުކާރުން ކުރާ ކަމަކީ ފަތްޖެހިފޮތި ފަތްޖެހުން! ނިމިފައިހުރިކަންތައް ނިންމުން.

  8. މިގޭ

    ވައްކަންކޮށްގެއައީވެސް ދެންކުރާނީވެސް ވައްކަން. އެހެން ގޮތެއްނެތިއަޔާ އަމިއްލައަށްގޭގައި ކުރާކަންކަމުންވެސް ކުރާނީ ވައްކަން.

  9. ޒަމީކް

    ކަންނުވެ ނަންވާން އުޅޭ އެމްޑީޕީ ފަޅާއަރައިފި..ކެކެކެކެ