ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންދާ އިރު، އަނެއްކާވެސް ބައެއް ހިސާބުތަކަށް އެލާޓް ނެރެފިއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ހުދު އެލާޓް ނެރެފައި ވަނީ ނިލަންދު އަތޮޅުން ހުވަދު އަތޮޅު އުތުރާ ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

މެޓުން މިރޭ ނެރެފައިވާ އެލާޓް ނެރެފައި ވަނީ މިރޭ 10:00 އިން 2:00 އަށެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖޭގައި ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބައްލަވާ އަންނަ ވިލާގަނޑުތަކަށް ސަމާލުކަން ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު