ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެންނަން އެންމަ އެކަށީގެންވާ މެމްބަރަކީ ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވާ އިރު، މަޖިލިސް ރައީސް ކަމަށް އަފީފް ގެންނަން ރައީސް ލޮބީ ކުރައްވާ ކަމަށް މީގެކުރިންވެސް ވަނީ އަޑުތައް ފެތުރިފައެވެ.

އެމްޑީޕީން މަޖިލީހުގެ ސުޕަ މެޖޯރީޓީ ނަގާފައިވާ އިރު، އެޕާޓީން ދަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ގެންނާނެ މެމްބަރަކާ މެދު ވާހަކަ ދައްކަމުންނެވެ. އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރިން ވިދާޅުވެފައި ވަނީ މަޖިލިސް ރައީސަކަށް އެމަނިކުފާނު ތާއިދު ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްގެ ރައީސް ގާސިމް ހިބްރާހިމް މަޖިލިސްގެ ކުރީގެ މެންބަރުންނަށާއި އަދި މިހާރުގެ މެންބަރުންނަށް ދެއްވި ހާއްސަ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށޭނެ ބޭފުޅާއަކީ ހަސަން އަފީފު ކަމަށާއި އެމަނިކުފާނު ތާއީދު ކުރައްވަނީ އަފީފަށް ކަމަށެވެ.

"ހަސަން އަފީފު މަޖިލީހުގައި މަސައްކަތް ކުރެއްވި ތަން އަޅުގަނޑަށް ގާތުން ފެނުނު, ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމާއެކު ވެސް މަސައްކަތް ކުރެވުނު އެ ދެ ތަޖުރިބާއަށް ބައްލަވައި ހަސަން އަފީފަކީ މަޖިލިސް ރައީސް ކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ" ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ކަމަށް އެންމެ ރަނގަޅީ އަފީފް ކަމަށް ރައީސް ޞާލިހް ވިިދާޅުވިއިރު އެބައްދަލުވުމުގައި ރައީސް ނަޝީދު ވެސް އިންނެވިއެވެ.

އަފީފާއި އަސްލަމްގެ އިތުރުން ވެސް ބައެއް ބޭފުޅުން ވަނީ މަޖިލިސް ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެ މެންބަރުންނަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

މަޖިލިސް ރައީސް އިންތިޚާބު ކުރުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު މަޖިލިސް މެންބަރުން ހުވާ ކުރަން ބާއްވާ ޖަލްސާގައެވެ. މަޖިލިސް ރައީސް އަކު އިންތިޚާބު ކުރާނީ މެންބަރުންގެ ސިއްރު ވޯޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދޮންބެ

    މިހާ ގާބިލު 25 އަހަރު މަޖިލީހުގަ ވާހަކަ ނުދައްކާ ކުޑަމިނުން އަމިއްލަ ރަށައް ވެސް ކަމެއް ނުކޮއްދެވުން ރައީސް

    40
    2
  2. ދިސްވޭ

    މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް އެކަން އެގޮތަށް މަމެން ތާއީދެއް ނުކުރަމޭ މަޖްލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވަނީ ކެނެރީގެ ނަޝީދުއޭ 19 ވަނަ ރައްޔިތުންގެ މަޖްލީހަށް ކަން މިހެން ހުރުމުން މަމެން އުއްމީދު ކުރަމޭ ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް އެއިރުންނޭ ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ފަސޭހައިން ބަދަލު ކުރެވޭނީ އަދި ޝަރުއީ ދާއިރާ ވެސް އިސްލާހު ކުރެވޭނީ ވެސް...

    7
    19
  3. ގައިސު

    ކޮބާހޭ ޖަޒީރާ ޝާފިޢު ފެނޭތޯ ފެނޭތޯ. އައްޑޫ ގޫބައްޑާމެން ނަށް ޖެހޭނީ ފަރުދާގެ ފުރަގަހުގަ ތިބެން. ކަލޭމެން ބޭނުންވާނީ ހަމައެކަނި ވޯޓް ހޯދަން. ބޯ ބްރާންތި ތަކާ އަދިވެސް ބާރަށް ހަތަރެސްފައިޖަހާ.

    40
    30
    • ޒިން

      ތިހެން އަދި ފިތުނަ އުފައްދާނަމޭ ހިތާ ޖަހާ ގޭސް ފޮޑިއަކުން މި އައޑޫ ދަރިންގެ ބޮލަކަށް ޗިޕެއް ނުޖެހޭނެ.. މި ސަރުކާރުގެ އެންމެ މަތި ފަޑީގަވެސް އައްޑޫ ދަރިން ތިބޭނެ.. މިރާއްޖޭގެ އުއްތަމަ ފަނޑިޔާރަކަށް ރައީސް އިބޫ އައްޔަނު ކުރާނި ހަމަ މި އައްޑޫގެ ދަރިއެއް.. މަޖިލިސް ރައީސްކަމްކީ އަދި މާ މުހިންމު ކަމެއް ނޫން ބަހިސެއް ނުކުރެވޭ ވޯޓެއް ނުލެވޭ..

      3
      15
  4. އަސްލަމޫ

    ކޮބާ ކޮބާ ރާކަނިމަސް ރަހަލާތަ.

    13
    1
  5. ސޯލޭ

    އައްޑޫ މީހަކަށްވީތީ އަސްލަމު ކަމުނުދިޔައީ . އަދި ނަޝީދު އެވާހަކަ ދެއްކީތީ . ތިޔައި ސޯލިހުއާ ގާސިމުއާ ރިޔާޒުއާ ދެންވެސް އެއްކަލަ މީހުން ގުޅިގެން ރާވައިގެން ހިންގާ ކަމެއް.

    10
    1
  6. ލީނޯ

    އަފީފް އަށް ތާއީދުކުރަން، 24 ގަޑިއިރު ބޮއެގެން ހުންނަ މީހަކަށް މަޖިލިސް ރައީސްކަން ކުރެވޭނެކަމަކަށް ޤަބޫލެއް ނުކުރެވޭ.

    7
    1
  7. ޅައިލާ

    ޙެހެ..ނަޝީދުވެސް އިންނަވަނިކޮށް އިބޫ މިނިންމުން ނިންމީ.އޭނަވެސް ހަނު...ހަހަހަ

    11
    2
  8. ޑރ. ރާމީ މ.ވައިނުޖެހޭގެއާގެ

    މަޖްލިސް ގެ ރައީސް އަކަށް ހުންނަން ފެންނަނީ މިވެނި ބޭފުޅެކޭ ބުނުމުގެ ހައްގެއް ގައުމުގެ ރައީސް އަކަށް އެއްވެސް ހާލަތެއްގައި ލިބިގެނެއް ނުވޭ. މިއީ އިބޫ ކުރި ގާނޫނީ ވަރަށް ބޮޑު ކުށެއް. މިއީ އިބޫ އާއި އައްނި ޖައްސާ ފިތިބާރު ކުރުވަން ގާސިމް އާއި އަބްﷲ ރިޔާޒު މެން އަޑީގައި ތިބެގެން އިބޫ ލައްވާ ހާވާ ހަޑި.

    4
    1