އިނގިރޭސިވިލާތުން އަތްގަދަ ކޮށްފައި އޮންނަ ރަށެއް އިންޑިއާ ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ ޗާގޯސް އައިލެންޑް މޮރިޝަސް އަށް ދޫކޮށްލަން އދ.ގެ އާއްމު މަޖިލީހުގައި މިރޭ ނެގި ވޯޓެއްގައި ރާއްޖެ އިން އެހުށަހެޅުމާއި ދެކޮޅަށް ވޯޓް ދީފިއެވެ.

ރާއްޖެ އިން ވޯޓް ދިނީ އިނގިރޭސިވިލާތާއި އެމެރިކާ އަދި އިސްރާއީލާއި އެކު ޗާގޯސް އައިލެންޑް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ބާއްވަންށެވެ. ޗާގޯސް އައިލެންޑް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ބާއްވަން ވޯޓް ދިނީ އެންމެ ހަ ގައުމުންނެވެ.

އެއީ ދިވެހިރާއްޖޭގެ އިތުރުން އިނގިރޭސިވިލާތް، އެމެރިކާ، އިސްރާއީލް، އޮސްޓްރޭލިޔާ އާއި ހަންގަރޭ އެވެ.. ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ މިލްކުވެރިކަން ހިނގާ ރަށެއް ކަމަށް ކަނޑައަޅަން 116 ގައުމުން ވޯޓް ދިނެވެ.

މިރޭ އާއްމު މަޖިލީހުގައި ނެގި ވޯޓަކީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޗާގޯސް އައިލެންޑްސްގެ މައްސަލައިގައި ނެރެފައިވާ އެޑްވަައިޒަރީ އޮޕީނިއަން ތަންފީޒުކުރުމާއި ބެހޭގޮތުން ނެގި ވޯޓެކެވެ. މި ވޯޓްގައި ޖުމްލަ 57 ގައުމަކުން ބައިވެރިވެއެވެ.

އައިސީޖޭއިން 25 ފެބުރުއަރީ 2019 ގައި ނެރުނު އެޑްވައިޒަރީ އޮޕީނިއަން އޮތީ މި މައްސަލައިގައި ޗާގޯސް އައިލެންޑްގެ މިލްކުވެރިއަކީ މޮރިޝަސް ކަމަށެވެ.

އެހެންކަމުން މިރޭ ރާއްޖެ އިން މިވަނީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުމަކާއި ވަރަށް ފާޅުގައި ދެކޮޅު ހަދާފައެވެ. އާއްމުގޮތެއްގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާއި މީގެ ކުރިން ދެކޮޅު ހަދަނީ އިސްރާއީލުންނެވެ.

2010 ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމިޝަން އޮންދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރިޝަސްއިން ވަނީ އެމައްސަލަ އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅާފައެވެ.

މޮރިޝަސްއިން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހުށަހެޅުމުގައި ޗާގޯސްގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށޫއަރާ ކަމަށް ބުނެއެވެ.

ރާއްޖެއިން ބުނެފައި ވަނީ މި ވޯޓަކީ އިނގިރޭސިވިލާތާއި، އެމެރިކާއާ އެއްކޮޅަށް ދީފައިވާ ވޯޓެއް ނޫން ކަމަށެެވެ. މިއީ މޮރިޝަސްއާ ދެކޮޅަށް ދިން ވޯޓެއް ވެސް ނޫން ކަމަށާއި މިއީ ރާއްޖޭގެ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރަން ދިން ވޯޓެއް ކަމަށް ރާއްޖެ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އޖޑ 19

    ރިޝްވަތު ލިބޭނެތާ... ހަރާން ފައިސާ

    44
    3
  2. ކޮރަލް

    ވޯޓް ދިނީ ކާކު ކަމެއް ނޭގުނެވެ. ވޯޓް ދޭނޒި ންމެވެސް މީހެކެވެ. ނޫނީ ކޮންމެވެސް ބައެކެވެ. އެއީ ކޮންބައެއް ތޯއެވެ.؟

    24
    2
  3. ޑެއިލް

    ސަރުކާރުގެ އިސް ސަފުގައިހުރީ ލާދީނީ މީހެއް.އެއީ އެތަނުން ކިޔެވި އެމީހުން އުޅޭގިތަށް އުޅުނީމަ ކާމިޔާބުވާނެކަމަށް ބުނިމީހާ. ތީހައިރާންވާންޖެހޭ ކަމެއްނޫން.

    44
    2
  4. Anonymous

    މިމީހުންގެ އަސްލު ކުލަ ފެންނަންފެށީ. މިގަެުމުގެ ވެރިކަމުގަެި މިތިބީ އިޒްރޭލުގެ އެޖެންޓެއް.

    44
    4
  5. ެިއިއްޒަތްތެރި މެމްބަރު އަފީފް

    ދެން ކީއްކުރާނީ. ކުުރިޔަށް ހުރިކަންތައް ސާފު ވީމަ ރައްޔިތުން ބޯނުގޮވާތި. ޢޮންނާނީ ވޯޓް ގަނެފަ.

    13
    1
  6. އައްޔު

    ރާއްޖޭގެ ދައުލަތުގެ އެންމެ މަތީ މަސްލަހަތުޔޯ.. ޔޫގައިސް ބައިދިސް ނޮންސަންސް

    12
    1
  7. ރާބެ

    ޔަހޫދީން ދޭނީ ޔަހޫދީން ބޭނުންވާ ގޮތައް

    10
    1
  8. ދިންބެ

    މިހާރު ވެރިކަމުގާ ހުރީ ނާގާބިލު މީހެއް މީނާޔަކައް ނޭގެނެ ވާނުވާއެއް

    12
    1
  9. ޙަސަން

    ވޯޓް ދިންތަ އިޒްރޭލްވެސް.

    4
    1
  10. ސީނު

    އެއްވެސް ސިފައެއްގައި އިޒްރޭލް ހިތްހަމަ ނުޖެއްސުން ދޯ މުސްލިމް އުންމަތް އެދެންވާނީ. އެްކޮޅަން ވިޔަސް ދެކޮޅަށްވިޔަަސް. ދެން ވީޓް ދިން މީހެއް އިނގެން ބޭނުން އަހަރުމެން.

    11
    1
  11. މޮހަނު

    މިކަމުން ވެސް މި ޤައުމު މި ދުނިޔޭގައި އޮތް އެންމެ އަނިޔާ ވެރި ޤައުމު ތަކުގެ އަތް ދަށު ވެފައިވާ މިންވަރު ވަޒަން ކުރެވޭނެ

    18
    1
  12. އަލީ އަހުމަދު

    އަދި ކިރިޔާ މި ފެޝެނީ ތިޔައީ ހަމަ ލާދީނީ ނަޝީދުގެ ބަހައް ކުރި ކަމެއްކަން ޔަގީން....

    22
    1
  13. ޖިންނި

    އެހެންވެ މި ބުނަނީ މި ސަރުކާރަކީ ރަތްލާޖެހި ޔަހޫދީ ސަރުކާރެކޭ

    20
    1
  14. ނުރަބޯ

    މިއީ ހައިރާންވާންވީ ކަމެއްނޫނެވެ. މީގެކުރިން އައި ކެރަފާ ނަޝީދުގެ ސަރުކާރުންވެސް އިސްރާއީލަށް މަދަޙަ އާއި ސަނާކިޔާ، ފަލަސްޠީނު ނިކަމެތި ކުރިއެވެ. މިކަމުންވެސް އެނގިގެންދަނީ ބޭރުގެ ނުރަގަޅު ނުފޫޒުގައި ރީނދޫ ޕާޓީ އާއި ސަރުކާރު ޖެހިފައިވާ މިންވަރެވެ.

    4
    1
  15. ހެޔޮބަސް

    އިޒްރޭލްއަކީ އަބަދުވެސް މުސްލިމުންނާ ދެކޮޅުގައުމުތަކުގެ ބާރުގައި މުސްލިމްބިންތަކަށް އަތްގަދަކޮށްގެންއުޅޭ ވަރަށްއަނިޔާވެރިބައެއް ޚާއްސަކޮށްފާހަގަކޮށްލެވޭ އެމެރިކާއާ،އިގިރޭސިން ވީމާ،އިޒްރޭލްއާ ،އެމެރިކާއަދި އިގިރޭސިން ރުހޭގޮތަށް ވޯޓްދިނުމަކީ ފިރުވައުނުއަކީ ކަލެއްކަމަށްގަބޫލްކުރުންފަދަކަމެއް ވީމާ މިއީ މުސްލިމް އަދި މުސްލިމުންދިރިއުޅޭ ގައުމަކުންކުރެއްވުން ރަގަޅުކަމެއްނޫންފަރަންޖީންރުއްސަން ދިވެހިގައުމުގައިވެސް ތިކަމަށް ތާއީދުކުރާ ފަރާތްތަކެއްތިބެދާނެ މިކަމުގެހެއްކެއް ތިވޯޓުންވެސްއެގުނީ ކޮބާތޯ ތިކަމާދެކޮޅު ދިވެހިފަރާތްތަކުގެ ހައްގުތައް މިއީވަރަށްގިނަދިވެހިން ނުރުހޭނެކަމެއް އެންމެހާދިވެހިރަށްޔިތުންނޭ އެޅިހާބަތަކަށް ރިހަކަމަށްނުބައްލަވާ މިހެންމިބުނީ އަމިއްލައެދުމެއްފުއްދަން ދިވެހިގައުމަކީ އިގެރޭސިންގެތަނެއްކަމަށްނިންމެވުމަކީކަށީގެންވާކަމެއްމަޒީއަށްބަލާއިރުއިގިރޭސިންދިވެހިރާއްޖެބޭނުންވެފައިވާވަރާގައުމުބައިބައިކުރުމާއަޅުވެތިކުރުމަށްކޮށްފައިވާމަސައްކަތުންމިކަންއެގެންއެބަހުރިވީމާ،ވަގުތުފާއިތުވުމުގެކުރިންއެންމެހާދިވެހިންމިކަމަށްވިސްނެވުމަށްއާދޭހާއެކުމުސްލިމް،ދިވެހިރަށްޔިތެއްގެހައިސިއްޔަތުން އެދެން

    3
    1
  16. އަހުމަދު

    ދިވެހި ރައްޔިތުން ލަދުގަންނަންޖެހޭ ވަރު ކަމެއް މީ އެމެރިކާއިން މުޅި ދުނިޔެ އަށް ބިރު ދެއްކި ފަލަސްތީނު ވޯޓް 2018 ގައި ޔާމިން ސަރުކާރުން ކެރިގެން ސްޕޮންސަރ ކޮށް ވޯޓް ދިން އެމެރިކާއަށް ކުރެވުނު އެއް ކަމެއް ވެސް ނެތް މި އޮތް ކުޑަ ކުޑަ ރާއްޖޭން އެފަހަރު ދެއްކީ ކިހާ ގަދަ ހިތްވަރު... މިފަހަރު ގައުމުގެ މަސްލަހަތޭ ކިޔަނީ ކޮން މަސްލަހަތެއް އޮވެގެން ތޯ އަދިވެސް އަޅުގަންޑުމެން އިނގިރޭސިން އަތުން މިނިވަން ނުވަނީ ތޯ ... މިއީ ކެރަފާ ނަސީމް މެންގެ އުނދަގޫ އޭނާ އެންމެ ފުރަތަމަ އިޒްރޭލް ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރި ވޯޓް ދިނީވެސް ނަސީމް އޭނާ ދަމާ ހަލާ ޔޫ އެން އިން ނާސިރު ގެނައީ އެމައްސަލާގައި މިހާރު އެންމެ ފަހުން 2008 ގައި އެމް ޑީ ޕީ ސަރުކާރު އައިސް ފަލަސްތީނާ ދެކޮޅަށް ނެގި ވޯޓް ދިނުމުގައި ވެސް ހަމަ ހުރީ ނަސީމް . މިފަހަރު ރައީސް އޮފީހުގައި ހުރެގެން ވެސް ހަމަ އެކަން އެކުރަނީ ޝާހިދާ ގުޅިގެން ކީއްކުރާނީ...

    6
    1