ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ގެނައުމަށް ވިލުފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ހަސަން އަފީފަށް ތާޢީދު ކުރުމަށް، ޕީޕީއެމް އާއި ޕީއެންސީ އިން ނިންމައިފިއެވެ.

މިކަން އިޢުލާން ކޮށްފައިވަނީ އެ ދެ ޕާޓީ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޕީއެންސީގެ ނައިބު ރައީސް އަޙުމަދު ނިހާނު ވިދާޅުވީ، ކުރިއަށް އޮތް ދަޢުރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ގެނައުމަށް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުއާއި، ރައީސް ނަޝީދުވެސް ތާޢީދު ކުރައްވާފައިވާ، ވިލުފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ހަސަން އަފީފަށް ތާޢީދު ކުރުމަށް ނިންމާފައިވާ ކަމަށާއި، އެކަން ކުރުމަށް ނިންމީ، ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެން ދެ ޕާޓީންވެސް ތާޢީދު ކުރުމަށް މި ނިންމަނީ، ޙަސަން ޢަފީފަށް. އަޅުގަނޑުމެންވެސް ބޭނުންވޭ މި ސަރުކާރަށް އެއްބާރުލުން ދޭން. ރައްޔިތުންނާއި ގުޅޭ ވަރަށް ގިނަ ވަޢުދުތަކެއް ވަމުން މި ސަރުކާރު ވެރިކަމަށް އައީ." ނިހާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް ގެ ނައިބު ރައީސް އަޙުމަދު ޝިޔާމު ވިދާޅުވީ، ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ވަކި ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ގެންނަން މަސައްކަތް ކުރިކަމުގައިވިޔަސް، މަޖިލީހުގެ މެޖޯރިޓީ އޮތް ގޮތުން އެކަން ކާމިޔާބު ނުވާނެ ކަމަށާއި، އެހެން ކަމުން ބޭނުންވަނީ މި ސަރުކާރަށް އެއްބާރުލުން ދީގެން ކުރިއަށްދާން ކަމަށެވެ.

އަފީފާއި އަސްލަމްގެ އިތުރުން ވެސް ބައެއް ބޭފުޅުން ވަނީ މަޖިލިސް ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެ މެންބަރުންނަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

މަޖިލިސް ރައީސް އިންތިޚާބު ކުރުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު މަޖިލިސް މެންބަރުން ހުވާ ކުރަން ބާއްވާ ޖަލްސާގައެވެ. މަޖިލިސް ރައީސް އަކު އިންތިޚާބު ކުރާނީ މެންބަރުންގެ ސިއްރު ވޯޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޞާއީ

    އަސްލަމް އަކީ އަބަދު ގޮސް ލަންކާގައި އުޅޭ މީހެއް އަދި އުޅޭގިތްވެސް އަހަރުމެންނަށް ކައިރިން ފެނިފައިވޭ.
    ޢައްޑޫ ބާއީ ޝާހިދު މައުމޫނުގެ ވެރިކަމުގައި ސަލާމަތްވި ގޮތްވެސް އިނގޭ. އެއީ އޭނާގެ ޅިޔަނެއް.

    3
    1
  2. އަބްދުﷲ

    ތިޕާރޓީ ތަކުގެ ސައިޒުގައި ތިބުމަށް ގޮވާލަން.

    2
    4
  3. ައަނަމް

    ދެން ވޯޓުލާނެ ކަމެއް ނެތެއްނު މަޖިލ/ިހުގެ ރައީސް އަށް ހޮވިފައޭ ތިހުރީ.