ކ. ދިއްފުށީ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވެ އަދަމުންދާ ކަމަށް އެމްއެންޑީއެފް ވިދާޅުވެއްޖެއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބައެއް ފަރާތްތަކުން ބުނެފައިވަނީ ލޯންޗްގައި ރޯކޮށްލާފައިވަނީ ގަސްދުގައި ކަމަށް ބެލެވޭ ކަމަށެވެ.

އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވެފައިވަނީ މި ހާދިސާ ހިނގިކަމުގެ ރިޕޯޓް އެފަރާތްތަކަށް ލިބިފައިވަނީ މިރޭ 01:18 ގައި ކަމަށެވެ. އަދި ހާދިސާގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އެނގިފައެއް ނުވެއެވެ.