ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް މިރޭ ދަންވަރު ކުއްލި ގޮތަކަށް އާ ރަށަށް ވަޑައިގެންފިއެވެ.

ރައީސް އާ ރަަށަށް ވަޑައިގެންފައިވަނީ މިރޭ 12:35 ހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމަނިކުފާނު އާ ރަށަށް ވަޑައިގެންނެވިއިރު ޖުމްހުރީ މައިދާނާއި ގުޅިފައި ހުރި ހުރިހާ މަގެއް އޮތީ ބަންދުކޮށްފައެވެ.

މަންޒަރު ދުށް މީހަކު ބުނީ ރައީސް މުލިޔާ ގެއިން ނިކުމެ ވަޑައިގެންނެވި ފަހުން މުލިޔާ ގޭގައި ހުރި ހުރިހާ ވެހިކަލްތަކެއް ބޭރަށް ނެރުނު މަންޒަރު ފެނުނު ކަމަށެވެ. އަދި އެވަގުތު އެ ސަރަހައްދުގައި މީހަކު ހުއްޓަސް، ހަތިޔާރު އެޅި ސިފައިން އެމީހަކު ފާސްކުރި ކަމަށެވެ.

"އަޅުގަނޑު ގެ ކައިރީގައި ހުއްޓާ ފަހަތުން އައިސް ގޮވާފަ ބުނީ ކަލޭ ކޮންތާކަށްހޭ ތި ދަނީ. ހަމަ މިހާރު ދާށޭ، ވަރަށް ގޯސް ވެގެންނޭ މިއުޅުނީ." ވަގުތު އަށް މަޢުލޫމާތު ދިން ފަރާތުން ބުންޏެވެ.

ރޭ އިރު އޮއްސުނުއިރުން ފެށިގެން ފުލުހުންނާއި ސިފައިން ދަނީ ޚާއްސަ ތަމްރީންތަކެއް ހަދަމުންނެވެ. މިތަމްރީންތަކަކީ ދުރާލާ އެއްވެސް އިންޒާރެއް ލިބިގެން ކުރިޔަށްދާ ތަމްރީންތަކެއް ނޫން ކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

 1. ރޯނުއެދުރު

  ސާބަސް!އެ ވަޑައިގެންނެވީ ކުއްލި ގޮތަކައް ހާރު ކާން!

  160
  16
 2. ޞަފާ

  ލަހެއްނުވިތާ އެއްކަލަ ގަނޑުވަރުގެ ބޭނުން ޖެހުނުލެއް ރަގަޅުފެން ވަރަކަށް ހަދާފަ ހުރި ކަންވެސް ރަގަޅެއް ނު ހަމަޖެހިލައިގެންނިދާލެ ވޭނެވިއްޔަ ، ކުއްލި އަކަށް ވަޑައިގަތުން ވެސް ވާނީ ތަމްރީނު ގެ ބަޔަކަށް ތޯއްޗެ

  87
  7
 3. ރައީސް އަފީފް

  އެއީ ޓްރެއިނިންގ ގެ ބައެއް. ރައީސް ވެސް ޖެހޭނެ ބައިވެރިވެ ވަޑައިގަންނަވަން.

  83
  6
 4. ޝަލަފު

  މި ސަރުކާރު ވެއްޓޭކައް ދެން މާގިނަދުވަހެއް ނެތް. ވެއްޓެނީ ވެއްޓެނީ ވެއްޓެނީ....

  83
  44
 5. ދުންތަނަ ދުންތަނަ

  ކިހިނެތް ވާންބާ މި އުޅެނީ

  145
  7
 6. ސަޓޯ

  ރައީސް ޔާމިން ބޮޑީގާޑުން ގެންގުޅޭތީވެ މަލާމަތް ކުރި އެމްޑީޕީ ބައިގަނޑުގެ ބޮޑު ބޯ ގެ ހާލުމާދެރަ..... އެކަމަކު އެމްޑީޕީ ބައިގަނޑައް މިހާރު އޯކޭ.... ލޮލް

  139
  12
 7. ށަކުނު

  ޜަގަޅު ވާހަކައެއް ނޫން. ސިފައިންގެ ތަމްރީނެއް ކުރިއަށް ދިޔައީ.

  32
  20
 8. ޒަމާން

  މިޔަށްކިޔަނީ ޕޮލިޓިކްސް... ސަރުކާރުތަކުން އާންމުކޮށް ބޮޑުކަމެއް ހިންގާލަންވީމަ ސީންއެއްކުޅެލާނީ.. އޭގަ އެކިފަހަރު ބޭނުންކުރަނީ އެކި ޒާތުގެމީހުން.. ދެން ބަލާނީ ރައްޔިތުންގެ ރިއެކްޝަން... ދެން އެއަށްފަހު ސަރުކާރުން އެކުރާކަމެއް ކޮށް ނިންމާލާނެ ރައްޔިތުންތައް މިބުނާ ސީންގެތެރޭ ބިޒީކޮށް ތިއްބާ

  50
  6
  • ހެހެހެ

   ރައްޔިތުންނަށް ޖެއްސުން ކުރަނީއޭތަ ތިބުނީ.

   6
   2
 9. ޢަލީ ޒިޔާދު އަދި އަމީން އިބުރާހިމް. ހޯރަފުށި.

  ޔަގީނުންވެސް ނުރަށްކަލެއް އެބަ އުޅޭ. ރައްއިތުންނަށް ސާފު މައުލޫމާތު ދިނުމަށް ސަރުކާރަށް ގޮވާލަން.

  67
  6
 10. އަފްލާ

  އެމީހުން ގޮވި ގޮވެލި އެމީހުންނާ އަރާ ހަމަކުރަނީ

  65
  5
 11. އައްޔު

  ކަލޯ ޔާމީނުގެ ހިމާޔަތުގައި ބަޑިހިފައިގެން މުޅިމާލޭގައި ސިފައިން

  39
  7
  • ކކކކ

   ހެހެހެ ދޮގެއް ނޫން

   5
   2
 12. ޢަބްދުﷲ

  އަނިޔާވެރިކަން އިތުރުވެ ވެރިމީހާއާއި ހަމައަށްވެސް އަނިޔާވެރިކަން ފޯރަނީ،

  47
  4
 13. މާރިޔާ

  އަންނި ގެ ނުބައި ރޭވުމެއްގެ ނުރައްކަލެއް އިޅެނީބާ..؟ އަޑިނުބައި....!

  72
  7
 14. ޜަސީދު

  ކޮމެޓީ އެއް ހަދާފަ ސެލްފީއެްް ނަގަން

  63
  3
 15. ހަމަ

  އެވެސް ހަމަ ޓުރޭނިންގެ ބަޔެކޭ މިކަހަލަ ހަބަރު ޖަހާކައްވެސްނުވާނެ އެންނު

  34
  8
 16. މަރީ

  ސިފައިން ހަދާނީ ހުސް ދޮގު

  34
  5
 17. ބޯހަލާކު

  ޢާ ރަށަކީ ރައީސް ޗުއްޓީ ހަދާ ރެސްޓް ކުރާ ރަށެއް ދެން ކޮބާ މައްސަލަ އެއް ޖަހާނެ ހަބަރެއް ނެތިއްޔާ މާރުކޭޓައް ގޮސް އެތާ ތަކެތީގެ އަގުތައް ޖަހާބަލަ

  27
  60
 18. ކާލި

  ކާލި ލާރިގަނޑު ގިނަވީމަ މީޑިއާ ސަމާލުކަން އެހެންދިމާއަކަށް އަބުރާ ލަނީނޫންބާ؟

  48
  3
 19. ސަޓޯ

  ވެއްޓެނީ ވެއްޓެނީ

  52
  8
 20. ރަދީފް

  "އަޅުގަނޑު ގެ ކައިރީގައި ހުއްޓާ ފަހަތުން އައިސް ގޮވާފަ ބުނީ ކަލޭ ކޮންތާކަށްހޭ ތި ދަނީ. ހަމަ މިހާރު ދާށޭ، ވަރަށް ގޯސް ވެގެންނޭ މިއުޅުނީ." މީތި ސަޅި

  50
  4
 21. އައިސްތު

  ވެގެން އުޅޭ ގޮތެއްވެސް ރައްޔިތުން ކައިރީގަ ބުނީމަ ދޯ އިނގޭނީ !

  45
  1
 22. އަބޫބަކުރި

  ސިކިއުރިޓީއާ ބެހޭ ހުރިހާ އިދާރާއަކުންވެސް ބުނަނީ އާދަޔާ ޚީލާފުކަމެއް ނެތްކަމަށް ދެންމިވަނީ ކީއްތަ ދޮގުހެދިޔަސް ތިވަރުބޮޑު

  54
  1
 23. ބޮލި މުލައް

  ނަސީބެއްނު އާރަށުގާ ޔާމީނު ގަނޑުވަރެއް އަޅައިދިންކަން.
  ކޮބާ މަހުލޫފު އިބޫ ގަނޑުވަރުތެރޭއުޅޭމަންޒަރު ފެންނަ ވީޑިއޯއެއް ޢާއްމުކޮށްބަލަ.

  107
  6
 24. Anonymous

  ތިޔަށް ކިޔާ އުޅެނީ ޕޮލިޓިކްސް

  13
  3
 25. ހަހަހަހ

  މިވެސް ހަބަރެއް ދޯ ގަދަ!!!!

  13
  2
 26. ނާޑުވާ

  ވަގުތުން މީހުންގެ ތެރޭ ނަފްރަތާ، ޝައްކާ ވަހުމް އުފައްދަން ތި ކުރާ ކަންކަން ހުއްޓާލަންޖެހޭ. އަދި މީ ރަމަޞާން މަސްކަން ދަނެ ދޮގު ހެދުންވެސް ހުއްޓާލަންޖެހޭ.

  7
  36
 27. އިންސާނާ

  ވަކިބަޔަކު ނޭނގޭ ބަޔަކުވަނީ ދެދުވަހެއްގެތެރޭ ރާއްޖޭގެ މީހުން އުޅޭރަށެއްގަ ނޫނީ ރިސޯޓެއްގަ ގޮއްވާލުމެއް ގޮއްވާލާނެކަމުގެ އިންޒާރުދީފަ އެހެންވެ އެކަމާ ރާއްޖޭގެ ސަލާމަތީ ބާރުތައް ތެޅިފޮޅެނީ

  28
  3
 28. މނ

  މަހުލޫފު މިހާރު އާރަށު ގަނޑުވަރު އޯކޭ ދޯ؟

  41
  3
 29. މަހޭ

  ރައީސް ޔާމީން ގަޑުވަރު އެޅުއްވީމަ ރަގަޅުވީ އިބޫ އަކަށްނު،،،، މިހާރު އެއޮތީ ގަޑުވަރުގަ،،،،،،،ވިސްނުންތެރިން ރޭވިގެން ކަންކުރާނީ އެމްޑީޕ÷ބައިގަޑަކައް ނޭގޭނެ ކަމެއްކުރާކައް ލާރިކާން ނޫނީ

  41
  3
 30. ރައްޔިތުން

  ތިޔައީ ތެދެއް ކަމުގައިވާނަމަ ވެދާނެ އާދަޔާ ޚިލާފު ގޮތް ނޭގޭ ގޮތަށް ހިނގާފައިވާ ކަންކަމުގެ ހޭލެ މޭލަ ވާ ކަމެއް އެރަށުގައި ފެނިގެން އެތަން ބައްލަވަން ކުރައްވާ އާދަޔާޚިލާފު ދަތުރެެއްކަމުގައިވެސް. ނޫނީ ބޮޑު ކަމެއް ދިމާވާން އުޅެނީ ކަމަށްވެސް

  15
  2
 31. އަޒާ

  މިހާރު މިއުޅެނީ ގޭމެއް ޖައްސަން، ތިތަ ކުރަން އުޅޭ ކަމަކީ އިންޑިއާގެ މިލިޓަރީ ދިވެހި ފަސްގަނޑުގައި ޑިޕްލޮއިކުރަން ޖައްސައިގެން އުޅޭ ގޭމެއް. ވަރަށް އަވަހަށް ދިވެހިންނަށް ފެނިފެންދާނެ މި ބުނި މަންޒަރު..

  29
  1
 32. އަފީ

  އިބޫ ރޭ ކުއްލިއަކަށް އާރަށަށް ދިޔައީ ރައީސް ޔާމީން އާރަށުގައި ހަދާފައި ހުރި ގަނޑުވަރަށް ބޮޑުކަމުގައި ގޮސްލަންވެގެން! ވެރިކަމަކީ ކީހާވަރެއްގެ ކަމެއް ކަން އެގުނީމާ ހަމަ ގުޅާ ގުޅާ ކޮށް ބޮޑުކަމު ދެވެނީ!

  22
  1
 33. މަބުނީ

  "އަޅުގަނޑު ގެ ކައިރީގައި ހުއްޓާ ފަހަތުން އައިސް ގޮވާފަ ބުނީ ކަލޭ ކޮންތާކަށްހޭ ތި ދަނީ. ހަމަ މިހާރު ދާށޭ، ވަރަށް ގޯސް ވެގެންނޭ މިއުޅުނީ."

  މީހަމަ ތެދެއްތަ؟

  18
  2
 34. ށަވިޔަނި

  ހުސް ގޭމް

  13
  1
 35. ޕީޕީއެމް

  ޙަޖަމުނުވެގެން އުޅޭ ވައްތަރު ހާދަޖަހައޭ.. .....

  6
  2
 36. މިހިރީ

  ކޮބާތަ ތިއުލެނީބިރުން ރަޖާލާން ދެން އޮވޭ 6 ފަރާތުން ރައިފަލް ހިފާފަ ބިއްލޫރިކޮށީގަ ހުންްއައިސްގެން

  14
  1
 37. ކޫބެ

  ރައީސް ވެސް ޖަހާނެ މިކަހަލަ ސަކަރާތް !! އަޅެ ދޮގެއްތޭ ؟؟

  11
  1
 38. ދދދދދދ

  ފަރުވާ ހޯދަމުންދާ ސިކުނޑީގެ ބައްޔަށް ފަރުވާ ލިބޭ ތަނެއް އާރަށުގައި ހުންނަނީބާ

  16
  4