މި ސަރުކާރުން ނުޤަވާއިދުން ވަޒީފާއިން ވަކިކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލާ، އެ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށް، ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވެއްޖެ އެވެ.

މި ކަމާއި ގުޅޭ ގޮތުން، މިރޭ އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޕީއެންސީ ގެ ނައިބު ރައީސް އިބްރާޙިމް ޝުޖާޢު ވިދާޅުވީ، ވަޒީފާއިން ވަކިކުރާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމުގެ ގޮތުން އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމެއް މިހާރު ތައްޔާރުކޮށްފައިވާ ކަމަށާއި، އެ ފޯމު ޕީޕީއެމްގެ އޮފީހުން ލިބެން ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ތައްޔާރުކޮށްފިން ފޯމެއް. އެ ފޯމަކީ މި ސަރުކާރުން ނުޤައިވާއިދުން ވަޒީފާއިން ވަކިކުރާ މީހުންގެ މަޢުލޫމާތު ނެގުމަށް ތައްޔާރުކޮށްފައިވާ ފޯމެއް. އެ ފޯމުގަ ވަކި ޚާއްޞަ ސީރިއަލް ނަމްބަރެއް އިންނާނެ. އެ ފޯމު އަޅުގަނޑުމެންގެ އޮފީހުން ލިބޭނެ." ޝުޖާޢު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝުޖާޢު ވިދާޅުވީ، ﷲ ގެ ރަޙްމަތްފުޅާއި އެކު، 2023 ވަނަ އަހަރު އެ ކޯލިޝަނުން ވެރިކަމާއި ހަވާލުވާނެ ކަމަށާއި، ހަވާލުވުމަށްފަހު 48 ގަޑި އިރުގެ ތެރޭގައި، މި ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް، އެމީހުންނަށް ގެއްލިފައިވާ ޖުމްލަ މުސާރައިގެ އަދަދާއި އެކު، ވަޒީފާ އިއާދަކޮށްދޭނެ ކަމަށެވެ.

"މި ކަންބޮޑުވުމަކީ އަޅުގަނޑުމެންނަށް ހުށަހަޅާ އެންމެ ބޮޑު ކަންބޮޑުވުން. ވަރަށް ގިނަ ރަށްރަށުން އެބަ ހުށަހަޅާ. އަޅުގަނޑުމެންގެ ޤާނޫނީ ޓީމުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެމީހުންނަށް އެމީހުންގެ ހައްޤު ހޯދައިދޭނަން." ޝުޖާޢު ވިދާޅުވިއެވެ.

މި ސަރުކާރަށް މިވީ ގާތްގަނޑަކަށް ހައެއްކަ މަސް ދުވަސް ތެރޭގައި ސަރުކާރުގެ އެތައް ކުންފުނިތަކުން ވަނީ ގިނަ އަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ވަކިކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަޤުޞަދަކަށް އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ވައުދު އެތައް ފަހަރަކު ތަކުރާރު ކުރެއްވުމަށް ފަހުއެވެ.

ފާއިތުވި ދެތިން މަސް ތެރޭގައި ފެނަކަ ވަޒީފާ އިން ވަކިކުރި މީހުންގެ އަދަދު 100 އަށް ވުރެ ވެސް ގިނަ ވާނެ ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ. އަދި އެޗްޑީސީންވެސް ވަނީ 149 މުވައްފަޒުން މަދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދެބޯގެރި

    ތީ ތިޔަ ބުނާ މީހުންގެ ވެރިކަމުގަވެސ ހިނގި ޖަރީމާ ސިޔާސީ ފަރާޓްތަކައް ވަޒީފާ ދިނީ ކުންފުނިތަކުން ބެލުމެއްނެތި ިންތިހާބާކަިރިވީވަރަކަށް ކުންފުނިތަކުގެ ދަފްތަރު ދިޔައީ ބޮޑުވަމުން ކުންފުންޏަށް ކެއްނުވާވަރަށް މުވައްޒަފުން ވެއްދި އަދި އަނެއްކޮޅުން ހިޔާލުތަފާތު މުވައްޒަފުން ވަކިކުރަމުން ޖެއްސުންކުރުމައް އެހެންތަންތަނަށް ބަދަލްކޮށް މިހުރިހާ ޖަރީމާއެއްހިންގި ވަކިބަޔަކު އިސްތިސްނާއެއްނުވޭ ތހިޔަ ކޯލިޝަނަށް ވެރިކަން ލިބުނަސް ހިންގާނީ ހަމަ މި ޖަރީމާ ދެން މި ޤައުމަކު ވަޒީފާގެ ޔަޤީންކަމެއް ނޯންނާނެ ހުރިހާކަމެއް މިއޮތީ ސިޔާސީވެފަ ކޮންމެ ބަޔަކުވެސް މޮޅުވާހަކަ ދައްކަނީ ޢަދުލު އިންސާފު އޮތީ އޮތަނެއްގަ ޙައްޤުތައް އޮތީ ލިޔެފަ އޮތްގޮތަށް އެއަށް ޢަމަލްކުރާ މީހަކުނެތް

    6
    10
  2. އައްޔު

    ރައީސް ޔާމީން އެކަނި ސިޔާސީ ބޭނުމަށް މީހުން ވަޒީފާތަކުން ވަކިކުރީ، ސޯލިހެއް ސިޔާސީ ބޭނުމަށް މީހުން ވަޒީފާތަކުން ކަނޑާނުލާނެޔޯ.... ތިޔަދަފްތަރެއް އެކުލަވާލުމަށް ވެވެންއޮތް އެހީތެރިކަމެއް ވާނަން

    14
    4
  3. ހހހހހ

    ގާނޫނީވަކީލުންގެ އެތަށްހާސް ބައެއް އެބަތިބި. މިގޮތަށް ސަރުކާރުން އަނިޔާވެރިވަމުންދާއިރު، މިމީހުންގެ ހައްޤުގައި، ޓްރައިބިލުނަލްއަށާއި، ކޯޓަށް ގޮސްދިނުމަކީ، އިންސާނިއްޔަތަށްކޮށްދޭ ވަރަށްބޮޑު ހެޔޮކަމަކަށްވާނީ.

    20
  4. މާލީ ލޯވަޅު

    ސިޔާސީ ބޭނުމުގައި އާއި ޕާޓީ މީހުންނަށް ދިން ވަޒީފާ ތަކަށް ގެއްލިފައިވާ މުސާރަ ދޭންވާނީ ޕާޓީގެ އަމިއްލަ ފައިސާ އިން. ކޮންމެ ވެރިކަމެއްގަ އަންނަ ބަޔަކު މިވެނި މީހަކު ވަކިކުރީ ސިޔާސީ ބޭނުމެއްގައޭ ކިޔާ މިލިޔަނުންނާއި ލައްކައިން ފައިސާ ދެނީ ދައުލަތުގެ ބައިތުލްމާލުން. މިއުޅެނީ ފައިސާ ގިނަވެގެންތަ! މިހާރުވެސް މާލިއްޔާގައި އޮތީ ދަރަނި ރައްޔިތުން ޒިންމާވާންޖެހޭ. ވަކިކުރި މީހުންގެ އެއްވެސް ޚިދުމަތެއް ދައުލަތަށް ނުލިބި ބޮޑު ތަކުލީފެއް އުފުލަންޖެހެނީ ކީއްވެ؟

  5. ރައްދު

    ވަޒީފާއިން ވަކިކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ
    އާއި އިނާޔަތްތައް މޑޕގެ އެކައުންޓުން އުނި
    ކުރުމަށް ގޮވާލަމެވެ ދައުލަތުން މޑޕ އަށްދޭ
    ފައިސާ ދުކުރަންވާނީ މިފައިސާ އުނިކުރުމަށް ފަހު
    އެވެ.

  6. ނުނނު

    އެއްކަލަ އެބުނާ 95000 ވަޒީފާ ދޯ....

  7. ފަތިފުއް

    ކޮބާ ރަށްޔިތުންގެ ޙައްޤުގައި އުފެއްދި ޙަސީނުގެ އެމްޑީޕީ ޖޮއިންޓުޕާޓީ
    ވަކިކުރަނީ ވަކިކުރަނީ