ރޭ މެންދަމު ކ.އަތޮޅު ދިއްފުށީގައި އަލިފާން ރޯކޮށް އަންދާލީ އެރަށުގައި ވައްކަން ކުރަން އުޅޭ ގްރޫޕްގެ މީހުން ބޭނުން ކުރަމުން އައި ޑިންގީއެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރޭ މެންދަމު 01:00 ހާއިރު ރޯކޮށްލި ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ދިއްފުށިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އަލިފާން ރޯކޮށް އަންދާލި ޑިންގީ އަކީ ރަށުގައި ކުރާ ހުރިހާ ކުށްތަކެއްގައި ބައިވެރިވާ މީހުން އެކި ކަންކަމަށް ބޭނުން ކުރަމުން އައި ޑިންގީއެއް ކަމަށެވެ.

ވައްކަން ކޮށްގެން ނަގާ ތިޖޫރިތައް ވެސް ޑިންގީއަށް ލައިގެން ތުލުސްދުއާއި ދިއްފުއްޓާއި ދެމެދު އޮންނަ ފަޅުރަށަކަށް ގެންދާ ކަމަށް އެރަށު މީހުން ތުހުމަތު ކުރެއެވެ. އަދި މަސްތުވާތަކެތި އެތެރެ ކުރަން ވެސް އެމީހުން އެޑިންގީ ބޭނުން ކުރެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހާ ބުނީ ޑިންގީގެ ވެރި ފަރާތަކީ ވެސް ކުށްތައް ކުރުމުގައި ބައިވެރިވާ މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ދިއްފުށީގައި ވައްކަން އިންތިހާއަށް އިތުރުވެ، ރައްޔިތުން އެކަމުގެ ޝަކުވާ ކުރާތާ އެތައް ދުވަހެއް ވީއިރު ވެސް ފުލުހުން އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުން ދިއްފުށީ ރައްޔިތުން ވަނީ ރޭ ވަގުންނަށް ހަމަލާ ދީފައެވެ. ވަގުންނާއި ދިއްފުށީ އާއްމު ރައްޔިތުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ފަސް މީހަކަށް އަނިޔާ ވިއެވެ.

ރޭ ދިއްފުށީގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން އަދި އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދާގަބާ

    ތޮއްޑޫގައިވެސް މިކަހަލަ ގުރޫޕްތައް އެބައުޅޭ.. ރޯދަ އަށް ހެއްދި ކަރާ ދަނޑުތަކުންނާ، އެނޫންވެސް ދަނޑުވެރިން ހައްދާ ދަނޑުތަކުން ބޭނުންވަރަކަށް ވަގަށް ތަކެތި ބިނދެގެންކަނީ، ވަގަށް ބިނދެގެން ދަތުރަށްވެސް ހަދަނީ... ރޯމާ ދުވާލު ރޯދަވެސް ނުހިފައި ބޮޑެތި ކަރާ ފަޅާލައިގެން ކާންތިއްބާ އެބަފެނޭ... އެކަމަކު މިމީހުން ދެކެ ގަންނަ ބިރަކާހެދި ނުކެރޭ ރިޕޯޓުކުރާކަށްވެސް އަދި ރިޕޯޓެއް ކުރިޔަސް ހަރާން ވާކަމެއް ބޮޑުވަރަކަށް ހަފުތާއެއްހާ ދުވަހު ބަންދެއްގައި ހުރެދާނެ... ދެން ދޫވެގެން އައިސް އެއްކަލަ ރިޕޯޓުކުރިމީހާގެ ހުރިހާ ދިރޭ މުދަލެއް މުލުން ލުހެލާތަން ފެންނާނީ... މިމީސްމީހުންގެ ކިބައިން ނިކަމެތި ރައްޔިތުން ސަލާމަތްކޮށްދޭނެ ބާރެއް ނެތީބާ؟؟

    96
    • ކޮށިބެ

      ވަގުން އަދި ކުށްވެރިންގެ މަށްޗަށް ގާނޫނު އޮތީ " ވާވެފަ ". ރައްޔިތުންގެ ޙައްގު ހޯދަން ރައްޔިތުން ނިކުތުން ބުއްދިވެރީ. ޑިމޮކްރަސީގެވެސް އަސާސަކީ ޙައްގު ހޯދަން ޙައްގުވެރިން ނިކުތުން.

      49
  2. އަހުމަދު

    މުދަލަށް ގެއްލުން ނުދީ އެކަމަކު ކޮންމެ މީހެއްކަމަށް ވިޔަސް

    7
    23
  3. ކޮރަލް

    ކައުންސިލް އިން ޖެޓީ ކައިރީ ޗެކް ޕޮއިންޓް ހަދާ ސީސީޓީވީ ކެމެރާ ހަރު ކުރަން ވީއެވެ. ރަށްރަށުގަ މިކަން ފަށަން ވީއެވެ.

    23
    1
  4. އިމްރާން

    ރާއްޖޭގެ ޑުރަގް މަށްސަލަ ހައްލުނުވެދާނަމަ ކުރިއަށްއޮތް 5 ވަރަކަށް އަހަހަރުތެރޭ ރާއްޖޭގެ މީހުން އުޅެންދަތިވާނެ ވަގުންގެ ސަބަބުން.
    ކޮންމެ ރަށެއްގެ ކައުންސިލްގަ ބަޖެޓްގައި 4 ސިކިއުރިޓީ އޮފިސަރުން ހިމަނާ އެމީހުންނަށް ފުލުހުން ތަމްރީނުދީ، ބިޑިއާއި އެހެން ސަލާމަތީ ސާމާނު ދިނީމަ އެރަށެއްގެ ކަންތައް އެރަށަކުން ބެލޭނެ، ދިވެހި ފުލުހުންގެ މަސައްކަތް ހުރިހާ ރަށެއްގަ ހިންގުމީ ވ ޚަރަދުބޮޑް އަދި އުދަގޫކަމެއް. ރާއްޖެކަހަލަ ޖަޒީރާ ޤައުމެެއްގައި މިފަދަ ކޮންމެވެސް އުސޫލެއްގެ ތެރެއިން ސިކިއުރިޓީ ބެލެގެއްޓެންހެހޭ. ވަޒީފާގެ ދަތިކަމުންނާއި ޒުވާނުން މަގުމަތިވާތީ އެމީހުން މިވަނީ މިފަދަ ޖަރީމާތައް ހިންގާ ބަޔަކަށްވެފަ، ޤައުމުގެ މުސްތަގްބަލް ވަރަށް އަދިރި.

  5. ބަފާބެާ

    ހުރިހާ ބާރެއް މިހާރު ބޭނުންކުރަން ޖެހފައޮތީ އިބޫ އައްނި ސަލާމަތްކުރަން. ބާކީ ތިބި ބާރުްޮތީ މާރިޔާގެ ހިމާޔަތުގައި! ދެން އިތުރު ބާރެއްނެތް!

    39
    2
  6. ބުރޯ

    އަނއްކާ މީގ ދުވަސްކޮލެއްކުރިން ރެސޯޓްތަކުން ވައްކަންކުރީ ކޮންބައެއްބާ ؟

    15
    1
  7. ބުރޯ

    ފުލުހުން ކުރާނެކަމެއްނެތް ފުލުހުން ގެ ބުރަމަސައްކަތުން ކަންކަން ހޯދާ ކޯޓްށް ފޮނުވީމަ ސާބިތެއްނުވޭ . އެއީ ކޯޓްގެ މައްސަލަޔަކުން ނޫން . ސާބިތު ނުވަނީ ގާނޫނުއަސާސީގެ 52 ގެ ސަބަބުން. މިމާއްދާ އިސްލާހުކޮށް ފުލުހުންގެ ބަޔާނަށް ބާރު ދޭކަށް ނުވޭތަ ؟

    33
    2
  8. ކާފަދ

    ތީ ދިއްފުށި. ބޭނުންހާ ގޮތަކަށް ނޫޅެވޭނެ. ކޮންމެ ގޯސް ކަމަކާ ދެކޮޅަށް ހުރިހާ ރައްޔިތުން އެކަތިގަނޑަކަށް ވާނެ. މީރު ރިސޯރޓުން އެއްބަސްވެފައިވާ ގޮތަށް މަސްގަތުން ހުއްޓާލުމުން ވީގޮތް ހަދާން އެބަހުރި

  9. ނަމަނަމަ

    މިސަރުކާރަށް އިންސާފު ގާއިމުނުކުރެވިގެން ގައުމު މިއޮތް ހަލާކުވަނީ

    8
    2
  10. ޕޮފުބާ

    ހުސްވަގުން

    8
    1
  11. ގާދިރު

    ރައްޔިތުން ނިކުމެ އިސްލާމީ ސަރިއަތް ތަންފީޒްކުރިނަމަދޯ ވަގުންގެ ތަތްތައއ ބުރިކޮށްލާ ހުކުންތަންފީޒް ކުރިނަމަ ވަރަށްފުރިހަމަ ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނަށް ގޮވައިލަން އެރަށެއްގަތިބި ވަގުންނާފަތްބޯ އާލަތްގަނޑުގެ އަތުގެ ކުޑަހުޅުން ބުރިކޮށް އިސްލާމީ ސަރީތް ގައިމކުރަން މީ ﷲ ހައްޓަކާ މިގައުމު ކުރަންޖެހިއޖެ ކަމެއް ނޫނީ މިގައުމު ސަލާމަތެއް ނެއް މިސަރުކާރަކަށް ނުވާނެ މީ ޢައިރު މުސއލިމުންގެ ޕަޕެޓު ސަރުކާރެއް

    16
    1
  12. ކަރާ

    ކޮޅުފުށީ ގައިވެސް ވައްކަންކުރާމީހުން އުޅޭ .ވައްކަމުގެ އެކި އެކިސީޒން އަންނަނީ. އަނބު ސީޒަން ރޯދަމަހު ކަރާ ސީޒަން، އަދި ކާށި ރުކުއަޅާފަ ދެން ބަލައިލާއިރު ކާށިކޮޅު އެހެލައިގެން ގެންގޮސް ވިއްކައިލައިފި. ޗިޗަންޑާ19 ވީމަ. ކުރެވޭނެ ކަމެއްނެތް. ބޯމީހުން ގަނޑު ގިނަވީމާ ދެން ހަކުރު ގިނަވޭ.