އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރައްވާ، މިހާރުވެސް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބޮޑު ވަޒީރުކަން ދިފާއުކުރައްވާފައިވުމާއެކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅވީ އިންތިހާބުގައި މޯދީ ހޯއްދެވި ތާރީހީ ކާމިޔާބީއަށް މަރުހަބާ ކިޔާ ކަމަށާއި، ނަތީޖާއިން ދައްކައިދިނީ މޯދީގެ ސަރުކާރާއި ބީޖޭޕީއާ ދެމެދު އޮތް އިތުބާރު ކަމަށެވެ. އަދި މިހާރުވެސް ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ހަރުދަނާ ކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ދިގު ދެމިގެން ދިޔަ އިންޑިއާގެ އާއްމު އިންތިޚާބަށް ފަހު މިއަދު ވޯޓް ގުނަން ފަށާފައި ވާއިރު މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީ އިން ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރާނެކަން ކަށަވަރުވެފައިވެއެވެ.

އަދި އެއްވެސް ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާން ނުކުރި ނަމަވެސް "ސީއެންއެން" އިން ބުނާ ގޮތުގައި 291 ދާއިރާ އަކުން ބީޖޭޕީ އޮތީ ކުރީގައެވެ. އިދިކޮޅު ކޮންގްރެސް ޕާޓީ ހިމެނޭ ކޯލިޝަނަށް ކުރި ލިބެނީ އެންމެ 50 ދާއިރާ އަކުންނެވެ.

އެހެންކަމުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 272 ގޮނޑި މޯދީގެ ބީޖޭޕީ އިން ހޯދާނެ ކަން މިހާރު ވެސް ވަނީ ކަށަވަރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟިރާރު

    ވޯޓް މެޝިންގައި ވަކި ގޮތަކައް ޕްރޮގްރާމް ކޮއް ވޯޓް އޮޅުވާލައިގެން މި ފަހަރު މޯދީ ހޮވުނީ އަދި ހަމަ އެގޮތައް އެމްޑީޕީ 65 ގޮނޑި ލިބުނީ ވޯޓްގައި މަކަރު ހަދައިގެން