ރޯދަ މަޙުގެ ރޭތައް އިޙްޔާ ކުރުމަށްޓަކައި މައުމޫން ފައުންޑޭޝަނުން ބާއްވާ އިޙްޔާ ފޯރަމްގެ މި ހަފްތާގެ ޖަލްސާ ކެންސަލް ކުރީ އެއްވެސް ފަރާތަކުން އަންގައިގެން ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ޖަލްސާ ކެންސަލް ކޮށްފައިވަނީ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތަކުން އެންގުމުންނެވެ. ރައީސް މައުމޫންގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދަނީ އެމްއެންޑީއެފް އިންނެވެ.

އެހެން ނަމަވެސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެއި 21 ވަނަ ދުވަހު ރޭ މައުމޫން ފައުންޑޭޝަންގެ އިހްޔާ ޖަލްސާ ނުބޭއްްވީ އެއްވެސް ފަރާތަކުން އަންގައިގެން ނޫން ކަމަށެވެ.

"އަޅުގަނޑަށް ދަތިވެގެން. އިރާދަކުރެއްވިއްޔާ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ޖަލްސާ އޮންނާނެ. ވަޑައިގެންދެއްވުން އެދެން". މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އިހްޔާ ފޯރަމްއަކީ އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޖަލްސާތަކެވެ. މީގެ އަަހަރުތަކެއް ކުރިން ފަށައިގެން ކުރިއަށްގެންދާ މި ޖަލްސާތަކުގައި އާއްމުކޮށް ތަގްރީރު ކުރައްވަނީ ރައީސް މައުމޫންއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުބާދު

    މައުމޫން ހެޔޮނުވާނެ މި ރޯދަމަހުވެސް ދޮގެއް ނޫން އެއްޗެއް ނަހަދާތި. ދެންބުނޭ ގައުމީ މަސްލަހަތުގަ ދޮގު ހެދުން ހުއްދައޭ. ފަހު ދިހައިގެ އޮނަހިރި ރެއެއްގަ ތިވާހަކަ ދައްކަން އިހަށް މަޑުކޮށްލަން ފެނޭ.

    27
  2. ނާނި

    އަނބިމީހާޔާ ، ދަރިންގެ އައުރަ ނިވާކޮށްފަ އިހްޔާ ފޯރަމަށް އަރާބަލަ،