މި ސަރުކާރުން މިހާތަނަށް އައިއިރު ރައްޔިތުންނަށް ފައިދާވާނެ މާގިނަ ކަންތައްތަކެއް ކޮށްފައިނުވާ ކަމަށާއި، އެތައް ދާއިރާ ތަކަކުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ފޯރުކޮށްނުދެވި، މި ސަރުކާރު ފެއިލް ވެފައިވާ ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް، އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ޕޮރޮގްރެސިވް ކޯލިޝަންގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މި ސަރުކާރުގެ ކޮންމެ ދިމާލަކަށް ބަލާއި ކަމުގަ ވިޔަސް އަޅުގަނޑުމެންނަށް މި ފެންނަނީ ފެއިލް ވެފައިވާ ކަން. ސިއްޙީ ހާތަލަތަށް ބެލިކަމުގަ ވިޔަސް އެދެވޭ ގޮތެއްގައި ފަރުވާ ފޯރުކޮށްދެވޭނެ ވަރުގެ ހޮސްޕިޓަލްތަކެއް، ޞިއްޙީ މަރުކަޒުތަކެއް ނެތް. އެކި އެކި އެމަޖަންސީ ތަކުގަ ބޭސްފަރުވާ ހޯދަން އަންނަ މީހުންނަށް އެ ޚިދުމަތް ފޯރުނުކޮށްދެވޭ ވާހަކަ އަޅުގަނޑުމެންނަށް އަޑު މި އިވެނީ. އެތަންތަނަށް ބޭނުންވާ މުވައްޒަފުންވެސް ނުލެވި، މުޅި ނިޒާމު ފެއިލް ވެފަ މި ވަނީ." ޝިޔާމު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ކަރަންޓުގެ ހާލަތުވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، އެކަމަށްވެސް ހައްލެއް ގެނެވިފައިވާ ނުވާ ކަމަށެވެ.

"މި ރަމަޟާން މަހާއި ދިމާކޮށް، ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތުވެސް މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ. އެތައް ރައްޔިތުންނެއް ގެންގުޅޭ އަގުބޮޑެތި އެތައް ސާމާނެއް ވަނީ ހަލާކުވެފަ. މި މަައްސަލަ އަށްވެސް ހައްލެއް ގެނެވުނުތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މީގެ އިތުރުން މީހުން ވަޒީފާތަކުން ވަކިކުރުން މި ވަނީ އިންތިހާއަށް އިތުރުވެފަ. އެމީހުންގެ އާއިލާތަކަށް އެ ދެވެނީ ވަރަށް ބޮޑު ނިކަމެތި ކަމެއް. ކުރުގޮތަކަށް ދަންނަވާނަމަ މި ސަރުކާރު މިއޮތީ އައިސީޔޫގަ." ޝިޔާމު ވިދާޅުވިއެވެ.

މިހާރުވެސް ނައިފަރު ދާއިރާގެ މެމްބަރުކަން ކުރައްވަމުންގެންދަވާ ޝިޔާމް ވަނީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް އިންތިޚާބު ވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސ

    ސަރުކާރުންކުރާ އެއްވެސްކަމެއް ނުފެނޭ އެއީހަމަތެދެއް

    23
    3
  2. ނީމް

    މަ އެމްޑީޕީއަށް ކުރި ތާއީދު ޢަނބުރާ ގެންގޮސްފިން، މީހުންނާ އާއިލާތަށް ނިކަމެތިކޮށް ވަޒީފާއިން ވަކިކުރަނީ މިއޮށް ރަމަސާން މަހު

    21
    3
  3. އައިސީޔޫ ޑަކުޓަރު

    ދެން ކީއްކުރާނީދޯ؟ ހުރިހާ އެންމެން ބޭނުންވީ ރާއްޖެއަށް މިފަދަ ސަރުކާރެއް ގެންނަން. މިއީ ހަގީގީ ޖަޒީރާވަންތަކަމަކީ. އެންމެ ރަނގަޅުގޮތަކީ ރާއްޖެއަށް ހެޔޮއެދޭ ރައްޔިތުން ރާއްޖެ ދޫކޮށްލާފައި ބޭރުގައުމުތަކަށް ހިޖުރަކުރުން.

    16
    3
  4. ގލޅ

    އިބޫ ސޯލިހަށް މިސަރުކާރު ދެމެހެއްޓުމަކީ ދަތި
    ކަމަކަށްވާނެއެވެ ސަބަބަކީ ނަޝީދަށް މަޖިލިސް
    ލިބުމެވެ ކަންކަން ގޯހުންގޯހަށް ހުޅުވިގެންދިއައީ
    މަޖިލިސް އަޣްލަބިއްޔަތު ނަޝީދު ނެގުމުންނެވެ
    އެއީ ސަރުކާރަށާއި ރައްޔިތުންނަށް ކުރިމަތިވި
    ބޮޑު ގޮންޖެހުމެކެވެ އެކަމުގެ ގެއްލުމާއި ހަލާކު
    މިހާރުވެސް އެކިސިފަސިފާގައި މިދަނީ ފާޅު
    ވަމުންނެވެ މަކަރުވެރިންނަށް ބާރުލިބުމަކީ ރައްޔިތުން ނަށް މަސްލަހަތު އޮތްކަމެއް ނޫނެވެ.

    21
    3
  5. ކާޅު

    ތަމެންގެ ވެރިކަމުގަ ކުރީ ހުސް ވައްކަން.......
    މިއީ އެންމެނަށް އެގޭ ބޮޑު ސިއްރު...

  6. އެޑްވަޑް ބާމުންޑޭ.

    ސިޔާމޫ، ރައްޔިތުން ވޯޓްދިނީ ޖަޒީރާ ރާއްޖެޔަކަށް، އެހެންވީމަ ޖަޒީރާ ރާއްޖެއަކު ނުހުނަނާނެ ނޫނަތޯ، ފެނެއް ކަރަންޓެއް ސިއްޙީހިދުމަތެއް. މިކަން ކަން ނުވީމަ އެއްވެސް ރަށެއްގެ ރައްޔިތުން ސަރުކާރު ކުއްވެރި ނުކުރުން އެދެން. އެއީ ވޯޓްލެވިފަ މިއޮތީ ޖަޒީރާ ރާއްޖެއަށް ކަމަށްވާތީ.

    1
    1
  7. ހުސޭނުބޭ

    ބަލަގަ ސިޔާމޫ! މި ސަރުކާރު ކިހިނެއް އައިސީޔޫގައި ބާއްވާނީ! އައިޖީއެމްއެޗްގެ އައިސީޔޫގެ އޭސީގަނޑުވެސް އަދިވެސް ރަގަޅެއް ނުކުރެޔޭ! އެންމެ ރަގަޅުވާނީ ސަންދޯއްޖެހިއްޔާ!