ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ރާއްޖޭގެ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭއަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖެއަށް ވިއްސާރާނެ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، ރާއްޖޭގެ ކަނޑުތައް މެދު ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަދައެެވެ. ނަމަވެސް އުތުރުގެ އަތޮޅުތަކަށް ގަދަ ނޫން ކަމަށާއި، ވިލާގަނޑުގައި ގަދަވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާކުރާނެ ކަަމަށް ބަލައި މެޓް އޮފީހުން އަނެއްކާވެސް ވަނީ ހުދު އެލާޓް ނެރެފައެވެ. އެ އެލާޓްގައި ބުނެފައި ވަނީ ހއ. އިން ފެށިގެން މ އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެެވެ.

ކިޔުންތެރިންގެ ހިޔާލު