ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިިންގަމުންދިޔަ އިންޑިއާގެ ޖީއެމްއާރްއިން ޓެކްސް ދައްކަން ނުޖެހޭ ކަމާއި އެ ޓެކްސްއަކީ ސަރުކާރުން ދައްކަން ޖެހޭ ޓެކްސްއެއްކަމަށް ލަފާ ދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޖީއެމްއާރުން މާލެ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އުފެއްދި ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއަޕޯޓު ލިމިޓެޑް (ޖީއެމްއައިއޭއެލް) އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 271 މިލިއަން ޑޮލަރު ރާއްޖެއިން ވަނީ ދައްކާ ޚަލާސްކޮށްފައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު މީރާއިން ވަނީ ޖީއެމްއާރުން ޓެކްސްގެ ގޮތުގައި ދައުލަތަށް 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު (300 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް އަންގައިފައެވެ.

މި މައްސަލައާ ގުޅިގެން ވާހަކަދެކެވެމުން ދަނިކޮށް އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މީރާއިން އެ މައްސަލާގައި ލަފަޔަކަށް އެދުމުން މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެ ލަފާދީފައިވާނެ ކަމަށެވެ. އަދި ލަފާދީފައި ވަނީ، ޖީއެމްއާރްއެލްއަށް ދައްކާފައިވާ އާބިޓްރޭޝަން ފައިސާއަކީ ޓެކްސް ދައްކަންޖެހޭ ފައިސާ ކަމަށް މީރާއިން ނިންމާ ހާލަތެއްގައި ވެސް އެ ޓެކްސް ދެއްކުމަކީ ދިވެހި ސަރުކާރާއި އެމްއޭސީއެލްއިން ކުރަން ޖެހޭ ކަމެއް ކަމަށް ވާތީ ކަމަށް ބަޔާނުގައި ވެއެވެ.

އާބިޓްރޭޝަންގެ ނިންމުން ގަބޫލުކޮށް ސަރުކާރުން ވަނީ އެ ފައިސާ އެއްކޮށް އެ އަހަރުގެ ނޮވެމްބަރު މަހު ދައްކާފައެވެ. އަދި އެ ފައިސާއިން ޓެކްސް ދައްކަން ނުޖެހޭކަމަށް އެމްއޭސީއެލްއިން ޖީއެމްއާރްއަށް ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށް ވެސް ބަންޑާރަ ނައިބު އޮފީހުގެ ބަޔާނުގައި ވެއެވެ.

"އާބިޓްރޭޝަންގެ ފައިނަލް އެވޯޑްގެ ފައިސާއިން އެއްވެސް ޓެކްސް އެއް ދައްކަން ނުޖެހޭނެ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވާތީ އެވޯޑުގެ ފައިސާއާ ގުޅޭގޮތުން އެއްވެސް ޓެކްސްއެއް މީރާއަށް ދައްކަން ނުޖެހޭނެ ކަމުގެ ޔަގީންކަން ދެން،" ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މިކަ

    މިކަހަލަ އެގްރިމެންޓެއް ދުނިޔޭގެ އެއްވެސް ގައުމަކުން ހެދިބާ؟ އެއާޕޯޓުން ލިބޭހުރިހާލާރި ޖީއެމްއާރައް ޓެކްސްދައްކާކައްނުޖެހޭ އެއާޕޯޓްއިން ދައްކަންޖެހޭހުރިހާ ކުއްޔަކާ ޖޫރިމަނާފައިސާއެއް ދައްކަންޖެހެނީ ދިވެހިސަރުކާރުން މީމިހާތަނައް ދުނިޔޭގަ ކޮއްފައޮތް އެންމެ މަޖާ ވިޔަފާރި އެގްރިމެންޓް

    69
  2. ޢަލިތަކުރު

    މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލަން.. ކޮބާތަ އެއްކަލަ އެމްޑީޕީ އެކްޓިވިސްޓުންތައް.. ހަމަ އޯކޭދޯ މިހުރިހާ ކަމެއްވެސް..

    71
  3. އެމަންޖެ

    މިއޮތީ ހިޔަޅު ވެރިކަން..

    15
    • ޥައުދު

      ޓެކްސް ދައްކަން މިޖެހެނީ ޖަޒީރާ މީހުންނަށް އެކަނިތޯ؟
      ޢެހެނީ މަށެއްވެސް ދެނެއް ޓެކްސް އެއް ނުދައްކާނަން!

  4. ދދ

    އޭޖީ އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅު ގޮތެވެ އިތުބާރު ގެއްލުމުން މަގާމުގައި ހުންނެވުމަކީ ސަރުކާރަށާއި ރައްޔިތުންނަށް އޭގެ
    ގެއްލުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފޯރާނެކަމެކެވެ.

    16
  5. އިމްރާން

    މީނާ ބަހައްޓާފަ ހުރީ ރ.ނަޝީދުގެ ބާރުގަ، ރާއްޖޭގެ އިސްތިގްލާލްވިއްކަން މީނަ ފަސްނުޖެހޭނެ. އަމިއްލަޔަށް އިސްތިއުފާދީ. ކޮބާތަ މަގުމަތީ ދުވި ވަކީލުންތައް.... އިންސާފޯ، މިއީތޯ އިންސާފު އޮންނަގޮތީ.

    16
  6. އަސްލު ވަގު

    އަސްލު ވަގުން ފަޅާއަރަނީ މުޅި ޤައުމުގެ ރައުސުލްމާލު ފައިސާ ދޮަންނަނީ އިންޑިއާ އިން

    13
  7. ރޭރު

    ދެ އަނގައިން ވާހަކަދައްކާމީހެއް

    12
  8. އާރު އެމް (މައުމޫން)

    ޖީބަށް ކިހާ ކަޅުފައިސާއެއް ވަންތޯ ވެސް ސާފުވާން ޖެހޭ

    15
  9. ާނަސީދު

    މީޖޯކަރެއްތައް މިވަރުބޯގޯސް މީހުން މިފަދަމާގާމުތަކުގައި ތިބުމުން ހުރިހާގެއލުމެއް ރައްއިތުމީހާޔާއް މީވެސް ގައުމެއް ދޯ

  10. ބަވަނަ

    މެގަމޯލްޑިވްސް ދައްކަން ޖެހޭ ޓެކްސް ފައިސާއަށްވެސް ސަރުކާރުން ހަވާލު ވީތޯ؟

    7
    1
  11. ޑޮކުޓަރު

    ރާއްޖޭގެ ނިކަމެތި ކުންފުނި ތައް ނޮޅަލާފަ ޖީއެމް އާރު ވީމަ ސަރުކާރުން ޓެކުސް ވެސް ދައްކަ ދެނީ؟؟؟

  12. ދދދދދ

    ކަލޭގެ މުދާތަ ކަލޭ ގޮތް ނިންމަން. ކަލޭ ތީ ކާކު ދައުލަތަށް ލިބެންވާ ފައިސާ ނުދޭން އަންގަން