ޓޫރިޒަމް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން އޮޕަރޭޓިން ލައިސަންސް ބާތިލުކުރި ރިސޯޓުތަކަށް އަލުން ލައިސަންސް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ ރިސޯޓުތަކަށް އަލުން ލައިސަންސް ދީފައިވަނީ ޝަރުތުތަކެއް ކަނޑައެޅިފައިވާ އެއްބަސްވުންތަކެއްގައި ސޮއިކުރުވުމަށްފަހު ކަމަށެވެ.

އެ ޝަރުތުތަކުގެ ތެރޭގައި އެ ރިސޯޓުތަކުން ސަރުކާރަށް ނުދައްކައި ހުރި ކުލި ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމާއި، މުވައްޒަފުންނާއި ގުޅުންހުރި ކަންކަން ރަނގަޅު ކުރުމާއި، ދިވެހި މުވައްޒަފުންގެ ރޭޝިއޯ ކަނޑައެޅިފައިވާ މިންގަނޑުގައި ހިފެހެއްޓުމާއި، ރިސޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ކަންކަން އިސްލާހު ކުރުން ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ޓޫރިސްޓް ރިސޯޓުތަކުގައި ގެސްޓުން މަރުވުމާއި، ނުރައްކާތެރި ހާދިސާތައް ގިނަވުމުގެ ސަބަބުން ޓޫރިޒަމް މިނިސްޓްރީން ވަނީ ހާއްސަ އިންސްޕެކްޝަންތަކެއް ހަދާފައެވެ. އެ އިންސްޕެކްޝަންތަކާ ގުޅިގެން ބައެއް ރިސޯޓުތަކުގެ ލައިސަންސް ވަނީ ބާތިލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދެބޯގެރި

    ރަނގަޅަށް އަމިއްލަ ބާލީހަށް ބަންޑާރަ ކަފަލާ ފުރާލާތި ތިޔައީ ވަރަށް ނަޒާހަތްތެރި ބޭފުޅެއްކަން މިޤައުމުގެ އެންމެހާ ރައްޔިތުންނަށް އެނގޭ ބައްޕަ ބޯޓުދަތުކޮށްގެން މައްންމަ ކިއްލި ވިއްކައިގެން ކުޑަކުދިންނަށް ވޮށިފިލާ އަޅާއިދީގެން ހޯދި ފައިސާއިން މާލެއާއި ހުޅުމާލެއިން ބިންގަނެ އިނގިރޭސި ވިލާތުގަ އެތައްދުވަހަކު ނާޗަރަންގީކުލުނީ އެހެންވީމާ މިއަދު ތިއަ އޮތީ ދައުލަތުގެ ބޭތިލްމާލުގެ ރަންބިސްއަޅާ ކުކުޅު ކޮށިގެ ބަނޑޭރިކަން ލިބިފަ ރަނގަޅާށް ކުޅިކުޅެލާތި

  2. އީޖާބޭރާއްޖެ

    ތިޔަބޭފުޅާޔައްވުރެ ނަޒާހައްތެރި ބޭފުޅަކު މިގައުމަގަވެސް ނުހުންނާނެ ދެން ހުރިމީހާ އެހެރީ ނޯވޯކް ބަޓް ޕޭ އިނާޔަތުގައި މުސާރަޔާއިނާޔަތް ލިބިލިބި އެހެންވީމަ ދެރަޔެއްނޫން ލައިސަންސެއްނުން ރަށްތައް ހިބައިންވެސް ދެއްވަންވީ ކޮބަތޯ ތިޔަ ރަށްރަށުން ލައިސަންސާ ރައްރަށުގެ ކުއްޔާ ކުންފުނިތަކަށް ވަންނަ ފައިސާ މުޅިސަރުކާރު މިހިންގަނީ ރަށްޔަތުން އަތުންނަގާ ޖީއެސްޓީ ގެ ނަމުގައި ނަގާ ޖިޒީއިން ދެން ރަށްޔަތުން ކައިރީގައި މިބުނަނީ ސަރުކާރަކުން ވިޔަފާރިއެއް ނުކުރާނޭ އެކަމަކު ފުލެޓްގެ ނަމުގައި ރިޔަލްސްޓޭތް ބިޒްނަޒްސް ވިޔަފާރިއުސޫލުން ވީމާ މިގައުމަށް ވަންނަ ފައިސާވަނީ ހުދުކާފޫރަށްތޯ

  3. ދިސްވޭއޭ

    ރާއްޖޭގެ ރިސޯރޓްސް ތައް ހަދާއިރު ރާއްޖޭގައި އެފަދަ މަަސައްކަތް ކުރާ މީހުންގެ އާއި އަދި އެފަދަ ކަންކަން ކުރާ މީހުންގެ ދަފްތަރެއް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާ އެފަދަ ދަފްތަރެއް ރިސޯރޓްސް ތައް ތަރައްގީ ކުރާ ފަރާތް ތަކާއި އެކު ހިއްސާ ކޮށްފައި ނޯވޭ ނަތީޖާ އަކީ ރިސޯރޓްސް ތައް ހަދަނީ ވެސް މުޅިން ބޭރުމީހުންނަށް މަސައްކަތް ދީގެން މިހާރުގެ ޓްރެންޑަކީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވާފައި މުސާރަ ނުދީ އެމެން އަޅުން ގެންގުޅޭ އުސޫލުންނޭ އެކަން ކުރަނީ ރާއްޖޭގައި ހަދާ ހުރިހާ ރިސޯރޓްސް ތައް ހަދަނީ މިގޮތަށޭ މިކަމަކީ މީ މަޓީގެ ބޮޑުން އަޑީގައި ތިބެގެން ކުރާ ކަމެކޭ ދެން އަނެއް ކޮޅުން ރިސޯރޓް ހުޅުވާއިރު ޖޮބް މޯލްޑިވްސް ގައި ރިސޯރޓްގައި ހުންނަ ހުރިހާ މަގާމް ތައް އިއުލާން ކުރާއިރު ވެސް މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ނުދޭން ވެގެން އެފަދަ މަގާމް ތައް އިއުލާން ވެސް ނުކުރެއޭ އެ ހުރިހާ މަގާމް ތައް ދެނީ ލަންކާ އަދި އިންޑިއާ މީހުންނަށޭ މިސަރުކާރުން ކުރާ ކަމަކީ ކޮބާތޭ އަލީ ވަހީދު ވެސް ބާސާ ކަނޑަމުން ދުވަނީއޭ އެއްވެސް ކަމެއް ހައްލު ވެގެން ދާ ތަން ނުފެނެއޭ ރާއްޖޭގައި ރިސޯރޓްސް ތައް ހަދަނީ ދިވެހިންނަށޭ އެކަމަކު ދިވެހިންނަށް ކުރާ އެއްވެސް ފައިދާ އެއް ނެތޭ މިއަކު ދެން ކިއެއްކުރަން ކުރާ ކަމެއްތޭ މީ...