އިނގިރޭސިވިލާތުން ޗާގޯސް ނުވަތަ ފޯޅަވަހި އަތުލައިގެން އުޅެނީ ގާނޫނާ ހިލާފަށްކަމުގައި އައިޖޭއިން ނިންމާފައިވަނިކޮށް އެކަމާ ދެކޮޅަށް އދ.ގައި ވޯޓުދިނުމުން އެކަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުށްވެރިކޮށްފިއެވެ.

ޕީޕީއެމްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޕާޓީއިން ދެކޭގޮތުގައި، އެއީ ދުނިޔޭގެ މައިކޯޓުގެ ނިންމުމާ ދެކޮޅަށް އަދި މޮރިޝަސްގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލޭ ގޮތުގެ މަތިން ރާއްޖެއިން ކޮށްފައިވާ އަމަލެއް ކަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ ވުޒާރާއިން އެ ނިންމުމަކީ ރާއްޖޭގެ ސަރަހައްދުގެ ބަޔެއް ގެއްލިދާނެތީ ސަރަހައްދު ސަލާމަތްކުރުމަށް ނިންމި ނިންމުމެއްކަމުގައި ބުނެފައިވީ ނަމަވެސް އެއީ އެކަން އޮތްގޮތް ނޫން ކަމަށެވެ. އަދި އެ މައްސަލައިގެ ހަގީގަތް އޮޅުވައިނުލައްވައި ސާފުކޮށްދެއްވައި މިކަމުގައި އަމަލުކޮށްފައިވާ ގޮތާމެދު ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އެޕާޓީން ގޮވާލާކަމަށް ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ، އދ. ގެ އެތައް ސަތޭކަ ގައުމާ އިދިކޮޅަށް އެންމެ ހަ ގައުމު ވޯޓު ދިންއިރު އެ ހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނުކަމީ ދުނިޔޭގެ ތަރައްގީއާ ތަމައްދުނުގެ ވިސްނުންތަކާ ރާއްޖެ ދުރުވެފައިވާ މިންވަރު ދައްކައިދޭ، އިސްތިއުމާރަށް ކުރާ ތާއީދު ހާމަކޮށްދޭ އަމަލެއް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަރުގޮނު

    ދެރަކޮށް ކުރެވުނު ކަމަކާ ، ނުވަތަ އެޅުނު ފިޔަވަޅަކާމެދު ފަހުން އޭގެ ދެރަކަން ވިސްނިގެން ރަޢިއްޔަތުން ގެ ކިބައިން މަޢާފަށް އެދުމަކީ އެއްވެސް ސަރުކާރަކުން ކޮށްފައި އޮތްކަމެއްނޫން. ނިމިގެންދިޔަ ޕ.ީޕީ.އެމް ގެ ސަރުކާރު ގެ ދަވްރުގައިވެސް މަޢާފަށް އެދެން ޖެހޭނެކަމަށް ސިޔާސީ ޕާޓީތަކުންނާ ޢާންމުން ގޮވާލި ކިތަންމެ ކަމެއް ޖެހުނު ކިތަންމެ ފަހަރެއްދިޔަ.

    3
    12
    • ތާޅަފިލި

      ބުނެބަލަ އެއްކަމެއް މާފައް އެދެންޖެހުނު. މީ ފައިސާއިން ވޯޓްޖަހާ ކަމަށް ތުހުމަތު ކުރެވޭ ބައެއް. ޥީއިރު ތިފަދަ ވޯޓެއް މި ބަޔަކު ދީފާނެ ކަމާމެދު ޝައްކު ކުރަންވީ ސަބަބެއް ނެތް

      6
      2
  2. ެއަލިފު

    ދިވެހި ގައުމިއްޔަތާ އިސްތިގުލާލު އޮތްލެއް ބޮޑު ކަމުން ނޫންތޯ ... ޝާހިދު އިންޑިޔާގެ ޓީވީ އެއްގައި އިން އިރު ދިވެހި ގައުމު ހަތިޔާރާ އެކު އަރާ ހިފަން ގޮވަމުން ދިޔަ އިރު ޗުއްޕުވެސް ނުބުނެ ހީނ ލަ ހީނލާ އިނީ ... ގައުމީ ލޯބި އޮތް ވަރުންނޫންތޯ.. މިގައުމަށް ޓޫރިސްޓުން ނާންނަން ގޮވީ... އަދި މިގައުމަކީ ޓެރެރިސްޓުން އުފައްދާ ތަނެކޭ ގޮވީ ... ގައުމީ ލޯބީގައި ނޫންތޯ އިންޑިޔާ ސިފައިން ބޭތިއްބިމުގެ އެއްބަސްވުން އާކޮށް ދައުލަތުގެ ބާރު ނުފޯރާ ގޮތައް އެމީހުން އެތިބީ .... ގައުމީ ލޯބީ ގައި ނޫންތޯ ދިވެހި ދިދަޔާ ބެހޭ ގަވާއިދު އިހަށް ދުވަހު އުވާލީ .. ގައުމީ ލޯބީގައި ނޫންތޯ ގާނުން އަސާސީ އަށް ފައިން އެރީ ވެސް... ދިވެހިންގެ ދީނަށް ފުރައްސާރަ ކޮށް ހަދާއިރު އަޅާނުލާ ހިމޭނުން ތިބެނީ....

    9
    2
  3. ޢިކުރާމު

    އެކަމަކު ލައިންއަޅާއިރު ރާއްޖެޔައް ފައިދާހުރި ގޮތަކީ މިހާރު އޮތްގޮތައް އޮތުން 200 މޭލު ބަހާލާފަ މޮރިސަސް އައް ބޯކިބާގެ ބޮޑުފަޅިދިނީމަ އިންޑިޔާއާ ކަސްމީރު ގޮތައްވާކައްބޭނުމެއްނޫން

    3
    5
  4. ސަރުކާރު.

    ޗަރކޯސް މޮރިޝަސް އަށް ހަވާލުކުރުމަށް ސަރުކާރުން ވޯރޓް ނުދިނީމަ، ރާއްޖޭގެ އަދުލުއިންސާފޭ ކިޔާގެން ހަޅޭއްލަވާމީހުން ނަށް އަދުއިންސާފާ އިންސާނީ ހައްޤުތަކާ އެއްކޮޅަށް ކަމެއް ކުރެވިދާނެ ކަމާމެދު ސުވާލު އުފެދޭ. މި ވޯޓްގެ މައްްސަލާގާ އަބްދުﷲ ޝާހިދު އިސްތިޢުފާދީ. ރައީސްގެ މަޝްވަރާއާއެކު ކުރިކަމެއްނަމަ ރައީސްވެސް އިސްތިޢުފާދީ.

    • ޖޯޖް

      ބުރޯ ކަލެއަށް މީގަ ވާނުވާ ނޭނގޭއިރު ކީކޭތިކިޔަނީ

  5. ނުރަބޯ

    މަޢާފަށް އެދުނަސް ޗާގޯސް އައިލެންޑްގެ ނިކަމެތި ރައްޔިތުންގެ ޙައްގުތަކެއް އަނބުރާ ހޯދައެއް ނުދެވޭނެ. މިކަމުންވެސް އެނގިގެންދަނީ އެމްޑީޕީގެ ޣައިރު ޒިއްމާދާރު ކަމާ ނުބައިނުލަފާ ޖައްބާރުކަން.

  6. ދޮންބެ

    ނުހައްގުން ވަނީއެތައްބަޔަކަށް ފްލެޓްދީފައި ހައްގްވެރީންތިބީ ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ