އެސްޓީއޯ އިން ވިއްކާ ޑީސެލް އާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ.

މި ބަދަލާއެކު މިއަދުން ފެށިގެން އެސްޓީ އޯއިން ޑީސަލް ލީޓަރެއް ވިއްކާނީ 11.97 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަން ހަމަޖެހިފައި ވަނީ 11.39 ރުފިޔާއަށެވެ.

އެސްޓީއޯއިން ޑީސެލް އާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފައި މިވަނީ މި ދެބާވަތުގެ އަގު ބޮޑުކުރިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. މިމަހުގެ ތިންވަނަ ދުވަހު އެސްޓީއޯ އިން އަގަށް ގެނައި ބަދަލާއި އަޅައި ބަލާއިރު މިހާރު ޑީސެލް ލީޓަރަކުން 14 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 10 ލާރި އަގުހެޔޮވާނެއެވެ.

އެސްޓީއޯއިން ޕެޓްރޯލާއި ޑިސަލްގެ އަގަށް ގެނައި ބަދަލު:

ޕެޓްރޯލް (ލީޓަރެއް)

ކުރިން ލިބޭ އަގު: 12.11 ރުފިޔާ
ދަށްކުރި އަދަދު: 0.14 ރުފިޔާ
މިހާރު ލިބޭ އަގު: 11.97 ރުފިޔާ

ޑިސަލް (ލީޓަރެއް)

ކުރިން ލިބޭ އަގު: 11.49 ރުފިޔާ
ދަށްކުރި އަދަދު: 0.10 ރުފިޔާ
މިހާރު ލިބޭ އަގު: 11.39 ރުފިޔާ

އެސްޓީއޯ އިން ޑީސަލް އާއި ޕެޓްރޯލްގެ އަގު ދަށްކޮށްފައި މިވަނީ ބައިނަލްއަޤުވާމި ބާޒާރުގައި މި ދެބާވަތުގެ އަގު އިއްޔެ ދަށްވެފައި ވަނިކޮށެވެ. ބައިނަލް އަޤުވާމި ތެލުގެ ބާޒާރުގައި އިއްޔެ ތެލުގެ އަގު ވަނީ 5 އިންސައްތަ ދަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެބޯގެރި

    ވެރިކަމަށް އައި ފަހުން ކިތައްފަހަރު ތެލުގެ އަގު ބޮޑުކޮށްފިތޯ؟ ހެޔެކުރީ އެންމެ ފަހަރަކު ހެޔޮ ކުރަނީ ބޮޑުކުރާނިސްބަތައްބަލާއިރު ކުޑަމިންވަރެއް އެކަމަކު ބުނާނެ ހެޔޮކުރީއޭ ބޮޑުކިރުިވަރެއް ނުބަލާނެ އެއްމެ ލާރިއެއްވެސް ހެޔޮކޮށްފިއްޔާ ގޮވާނަގާނެ ހެޔޮކުރީއޭ ދުނިޔޭގެ ބާޒާރުގަ ތެލުގެ އަގަށް ބަދަލްނަޔަސް ދިވެހި ސަރުކާރުން ކޮންމެވެސްކަމަކަށް ފައިސާކޮޅެއްބޭނުންވީމާ ތެލުގެ އަގު އުފުލާލާނީ އެއީ ވަގުތުން ފައިސާ ލިބޭ ވިޔަފާރިއަކަށްވެފައި ބިލިޔަނުން ފައިސާލިބޭކަމަކަށްވާތީ ތެލުން ހުރިހާކަމެއް ފޫބައްދަނީ