ދިއްފުށީ ފިހާރައަކުން ތިޖޫރިއެއް ވަގަށް ނެގި މައްސަލައިގައި ވައްކަން ކުރި ކަމަށް ބުނާ ފަރާތްތަކާއި އެރަށުގެ ރައްޔިތުންނާއި ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި، ރޭ އަނިޔާ ކޮށްފައިވާ މީހަކުވެސް އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފަށައިފިއެވެ.

ރޭވެސް ދިއްފުށީގައި، އޭގެ ކުރީ ރޭވެސް ހަމަލާދިން މީހަކަށް އަނިޔާތައް ދީފައިވާ އިރު، މާލެ ގެނައުމުގެ ކުރިން، އޭނާއަށް ވަނީ ރަށުގެ ހެލްތު ސެންޓަރުން ފަރުވާ ދީފައެވެ. އޭނާ މާލެ ގެނެސްފައި ވަނީ ރޭ 2:00 ހާއިރު އެމްއެންޑީއެފް ކޯސްޓް ގާޑުގައެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހަމަލާދީފައިވަނީ، އޭގެ ކުރީ ރޭގެ ހަމަނުޖެހުމުގައި ސިއްޙީ މަރުކަޒުގައި ފަރުވާ ދީފައި ދޫކޮށްލި މީހަކަމަށެވެ. އަދި ރޭ އޭނާ ގޮވަައިގެން ގޮސް ތިޖޫރި ހޯދުމަށްފަހު އޭނާއަށްވަނީ ލަކުޑި ބުރިން ތަޅާ އަނިޔާކޮށްފައެވެ.

އެ އަނިޔާތަކާ ގުޅިގެން ފުލުހުންގެ ފަރާތުން އަދި އިތުރު ތަފްސީލެއް ލިބިފައި ނުވާ އިރު، އޭގެ ކުރިން ރޭ އަނިޔާވި މީހާގެ ހާލުވެސް އަދި ރަނގަޅެއް ނުވެއެވެ. އެގޮތުން އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި ސާޖަރީއެއްވެސް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޕޮފުބާ

    މައްސަލަ ނިންމަން ސަޅިގޮތެއް

    21
    1
  2. ބުހާރީ

    ދިއްފުށީ ރައްޔިތުންނަށް ސާބަސް، އަދުލް އިންސާފް ރައްޔިތުން ނުކުމެ ޤާއިމްކުރާތީ ވަރަށް އުފާވޭ.. ތިރަށުން ވަގުންނާއި، ޕާރޓޭއިން ދެންދުވަހަކުވެސް ވައްކަމެއް ، ކުރަން ނުކެރޭ ވަރު ކޮށްލާތި

    39
    3
  3. ޒަލަފް

    ރަށުން މީދާ ހުސްކުރަން ރައްޔިތުން ނުކުމެ ތި ކުރާ މަސައްކަތަށް އަހަރެމްނެ ފަހުރުވެރިވަން.. ރައްޔިތުންގެ މުދަލަށް ގެއްލުންދޭ މީދާ ތަށް ހިފާ، ތަޅާ މަރާ ރަށުން ބާލާ..

    35
    4
  4. ޢަލީ ހަމީދު

    ޖަންގަލީގެ ގާނޫނު.. މިގައުމުގަ ކަންތައް ހާދަ ދޯހަޅި ހިސާބަކައް މި ދިޔައީ.. އެމްސީ މެން އުޅެނީ އެހެންކަމަކު.. ރައްޔަތުންނާ މުދާ ހިމާޔައް ކުރާތަނެއް ނުފެނެ.. މާރުކޭޓް ސަރަހައްދުގަ ބުލޫސް ބެހެއްޓުމަކުން ނުފެދޭ...

    28
    3
  5. ޣާދިރު

    ކުރީރޭ ތިޔަރަށުގަ އެވަރުގެ ހަމަނުޖެހުމެއް ހިންގީމަ ފުލުހުން ނައްވެސް އެނގެންޖެހެ.. އަދި މިކަން ނުނިމި ދާނެކަން..ރައްބަލަހައްޓަން ވާނެ ކަން.. މިވަރު އެމްސީ މެންނައް ނޭގުމަކީ ވ ހަތާމަހުރި ކަމެއް..ނާގާބިލް މީހުން ތިޔަ ތިބެގެން ފެންނަނީ..

    23
    3
  6. ޢަބޫ ނިއާމް

    ތިޔަކަމަކީ ދިވެހި ފުލުހުންގެ ވެރިޔަކައް މި ވަގުތު ހުރި މީހެއްގެ ނާގާބިލްކަން، އަދި މިއަދު ގެސަރުކާރުވެސް ރައްޔިތުންނައް އިންސާފާ އަމާންކަން ގާއިމު ކޮއްދިނުމުގައި ސަރުކާރު ވަނީ ވަރައްބޮޑައް ފެއިލްވެކަން. އަދި ޕޮލިހުން ތެރޭގައި ކަރަޕްޝަން ފެތުރިފައިވާ މިންވަރު

    21
    3
  7. ބުއްޅަބޭ

    މި ޤައުމުގަ މިހާރު ތިޔަނޫން ގޮތެއްނެތް ބޮޑެތިކުށްކުރާ މީހުން ހޯދައި އެމީހުނަށް ޙައްޤު އަދަބެއް ނުދެވޭ ފުލުހުން މުޅިންވެސް މީޑިޔާގަ ސަޅި ބައިސާ ކަނޑަނީ ވާކަމެއް ހަރާމް މިޤައުމުގަ ފާއިތުވީ10 ވަރަކަށް އަހަރުތެރޭހިނގި އެއްވެސް ޖަރީމާއެއް ހޯދައި ކުށަވެރިންނަށް ޙައްޤު ްަދަބު ނުދެވުނު އެންމެ ފަހުން ރައްޔިޔުން ނުކުމެ ވައްކަންކުރާ މީހުން ހޯދައި ވަގަށްނެގި ތިޖޫރި ހޯދަންޖެހުމަކީ ފުލުހުން ލަދުގަންނަން ޖެހޭކަމެއް ފާއިތުވީ ތަނުގައި މާލޭގައި ހިނގި ވައްކަންތަކަށް ވިސްނިޔަށް ފުލުހުންނަށްކުރެވުނު ކަންކަން ހާމަވާނެ

    9
    1
  8. ޙުސައިން

    ތިކަމުގަ ދެން ކުއްވެރިވާނީ ތެޅި މީހުން. ވައްކަންކުރި މީހުންވާނީ ހުދުކާފޫރަށް. ޝަރުއީ ނިޒާމާއި ތަންފީޒީ ނިޒާމުތަކުގެ ދޯހަޅިކަން މިފެންނަނީ. ކުށްތައް ކުރާ މީހުންނަށް ހައްގު އަދަބުލިބޭނަމަ ރައްޔިތުން މިގޮތަށް ނިކުންނާކަށް ނުޖެހުނީސް.

    11
    2
  9. ޢާދަނު

    ކޯޓުތަކުގަތިބި ފަނޑިޔާރުންނަށް ލާރިއަޅާލީމަ ނިމުނީ ކިތައްމެބޮޑުޖަރީމާއެތް ހިނގިޔަސް ކޯޓުންދޫކޮށްލާނެ

    7
    1
  10. Anonymous

    ސާބަސް ދިއްފުށީ ރައްޔިތުންނަށް

    8
    2